
ލިވަޕޫލް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވި އިނގިރޭސި ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޮލްޑް ބޭނުންވި ޖާޒީ ނަންބަރު އޭނާ އަށް ލިބޭގޮތެއްނުވި އެވެ. އާނޮލްޑް ބޭނުންވީ ލިވަޕޫލްގައި ވެސް އޭނާ ބޭނުންކުރި 66 ނަންބަރެވެ. މި ނަންބަރު އޭނާ އަށް ދިނުމަށް ރެއާލް މެޑްރިޑުގެ އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު މި ކަމަށް ހުރަސް އެޅީ ސްޕެނިޝް ލީގުންނެވެ. އެ ލީގުގެ ގަވާއިދު ބުނާ ގޮތުން ކުޅުންތެރިންނަށް ބޭނުން ކުރެވޭނީ އެކަކުން ފެށިގެން 25 ވަނަ އަދަދާ ހަމައަށެވެ. މިހެންވެ ރެއާލް މެޑްރިޑުގައި އާނޮލްޑް ބޭނުން ކުރާނީ 12 ނަންބަރު ޖާޒީ އެވެ.
މީގެ އިތުރުން ޖާޒީގައި ނަމެއްގައި ގޮތުގައި އޭނާ ބޭނުން ކުރާނީ ޓްރެންޓް އެވެ. މިއީ ވެސް ލިވަޕޫލްގައި ބޭނުންކުރި ނަމާ ތަފާތު ނަމެކެވެ. ލިވަޕޫލްގައި އޭނާ ބޭނުން ކުރި ނަމަކީ އެލެގްޒެންޑާ އާނޮލްޑެވެ. ރެއާލް މެޑްރިޑުން އާނޮލްޑްގެ ސޮއި ހޯދީ ނިމިދިޔަ ސީޒަނުގެ މެދުތެރެއިންނެވެ. ނަމަވެސް އޭނާގެ ކޮންޓްރެކްޓް ނިމޭނީ މި މަހުގެ ނިޔަލަށް ކަމަށްވާތީގެ އޭގެ ކުރިން އޭނާ ލައްވައި ކުޅުވުމަށް ރެއާލް އިން ވަނީ ލިވަޕޫލަށް 10 މިލިއަން ޔޫރޯ ދީފަ އެވެ. އެއީ މާދަމާ އެމެރިކާގައި ފަށާ ކުލަބު ވޯލްޑް ކަޕުގައި އޭނާ ލައްވައި ކުޅުވުމަށްޓަކަ އެވެ.
އާނޮލްޑް ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލުން އޮތީ މިއަދު އެ ކުލަބުގެ ރަސްމީ ދަނޑު ސެންތިއާގޯ ބާނަބައުގަ އެވެ. މި ރަސްމިއްޔާތުގައި އިސްކޮށް ހުންނެވީ ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒެވެ. އާނޮލްޑް ބުނީ ރެއާލް އަށް ކުޅުމަކީ އޭނާގެ ވަރަށް ބޮޑު އުއްމީދެއް ހަގީގަތަކަށްވުން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
