
ރެއާލް މެޑްރިޑަށް ކުޅުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި މިހާރު އެ ހުވަފެނުގައި ކުލަ ޖެހިއްޖެ ކަމަށް އިނގިރޭސި ޑިފެންޑަރު ޓްރެންޓް އެލެގެޒެންޑާ އާނޮލްޑް ބުނެފި އެވެ. ލިވަޕޫލް ދޫކޮށް، ރެއާލް އަށް ބަދަލުވި ކުޅުންތެރިޔާ މިހެން ބުނީ ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ތައާރަފް ކުރުމަށާއި އެގްރީމަންޓްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަމުންނެވެ. ލިވަޕޫލްގައި 20 އަހަރު ހޭދަ ކުރުމަށް ފަހު ރެއާލް އަށް އާނޮލްޑް ބަދަލުވީ އޭނާގެ ކޮންޓްރެކްޓް ހަމަވުމުންނެވެ. ނަމަވެސް ކޮންޓްރެކްޓް ނިމުމުގެ 15 ދުވަސް ކުރިން އޭނާގެ ހިދުމަތް ހޯދުމަށް ރެއާލްއިން ވަނީ 10 މިލިއަން ޔޫރޯ ހޭދަކޮށްފަ އެވެ.
“ހުރިހާ އެންމެނަށް މަރުހަބާ. އަދި ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާއި ރެއާލް މެޑްރިޑްގެ ސަޕޯޓަރުންނަށް މި ފުރުސަތު އަހަރެންނަށް ދިނުމުން ޝުކުރު އަދާކުރަން. ރެއާލް މެޑްރިޑަށް ސޮއި ކުރުމަކީ ކޮންމެ ކޮންމެ ދުވަހަކު ވާނެ ކަމެއް ނޫން. މިއީ ހުވަފެން ހަގީގަތަކަށް ވުން،” އާނޮލްޑް ބުންޏެވެ. އޭނާ އަދި ބުނީ ރެއާލް މެޑްރިޑަށް ކުޅުމަކީ ޝަރަފެއް ނަމަވެސް އެއީ ވަރަށް ބޮޑު ޒިންމާ އެއް ކަމަށެވެ. “މެޑްރިޑުގެ ސަޕޯޓަރުންނަށް އަހަރެން ކުޅޭތަން ދައްކާލަން ވަރަށް ބޭނުން. އެކަމަކު އަހަރެން ހަމަ މިއާއެކު ބުނަން ރެއާލް މެޑްރިޑަށް ކުޅުމަކީ ވަރަށް ބޮޑު ޒިންމާ އެއް. އަހަރެން މި ހުރީ މި ކުލަބަށް އަހަރެންގެ ހުރިހާ ހުނަރެއްގެ ހިދުމަތް ދޭން ތައްޔާރަށް. އަހަރެން މި ކުލަބުގައި ވަރަށް ގިނަ ތަށިތަކެއް ހޯދަން ބޭނުން. އަދި ޗެމްޕިއަނަކަށްވެ، އަހަރެން ވެސް ކުޅުންތެރިއެއްގެ ގޮތުގައި ކުރި އަރަން ބޭނުން،” އާނޮލްޑް ބުންޏެވެ.
އޭނާ އަދި ބުނީ ލިވަޕޫލް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމީ ވަރަށް ގިނަ ސަބަބުތަކާ ހެދި ކަމަށެވެ. އަދި ލިވަޕޫލްގައި 20 އަހަރު ހޭދަކޮށްފައިވުމުން އެ ކުލަބުގެ ސަޕޯޓަރުންނާއި ވަކިވުމަކީ ނަފްސާނީ ގޮތުން ވެސް ދަތިތަކެއް ހުންނާނެ ކަމެއް ކަމަށެވެ. “އަހަރެން ރެއާލްއާ ދެކޮޅަށް ވަރަށް ގިނައިން ކުޅުނިން. މި ކުލަބުގައި ތިބި ކުޅުންތެރިންގެ މޮޅުކަން އަހަރެންނަށް އެނގުނު. މިހެންވެ އެ މީހުންނާ ދެކޮޅަށް ކުޅުމަށްވުރެ އެ މީހުންނާ އެކުގައި ހުރުން ރަނގަޅު ކަމަށް ފެނުނު. އެއީ ކުރިއަރައި ދާން ލިބޭނެ ފުރުސަތެއް. މިހެންވެ އަހަރެން ބޭނުންވީ ފުޓްބޯޅައިގައި އިތުރަށް ކުރި އަށް ދާން. އަހަރެންގެ ހުރިހާ ހިދުމަތެއް ލިވަޕޫލަށް ދިނިން. އަދި އެ ކުލަބުން އަހަރެންނާ މެދު ކަންތައްތައް ކޮށްދިން ގޮތް ވެސް ވަރަށް ރަނގަޅު،” އާނޮލްޑް ބުންޏެވެ. އޭނާ ވަނީ ރެއާލް މެޑްރިޑާ ދެކޮޅަށް ޗެމްޕިއަންސް ލީގު ފައިނަލުގައި ދެ ފަހަރު ކުޅެ ބަލިވެފަ އެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
