
ރެއާލް މެޑްރިޑުން ދޫކޮށްލި މިޑްފީލްޑަރު ލޫކާ މޮޑްރިޗް އިޓަލީގެ އޭސީ މިލާނަށް ކުޅެން ނިންމައިފި އެވެ. މިލާނުން އޭނާގެ ސޮއި ހޯދަނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އަދި ތިން އަހަރެއްގައި އޭނާ ލައްވައި ކުޅުވަން ދެ ފަރާތަށް ވެސް ފުރުސަތު ދީފަ އެވެ. އުމުރުން މިހާރު 39 އަހަރުގެ މޮޑްރިޗް މިލާނަށް ކުޅެން ސޮއި ކުރާނީ މާދަމާ ފަށާ ކުލަބު ވޯލްޑް ކަޕަށް ފަހު އެވެ. އެމެރިކާގައި ފަށާ މުބާރާތުގައި އޭނާ އެއްވެސް ޓީމަކަށް ނުކުޅޭނެ އެވެ. ރެއާލް މެޑްރިޑަށް 13 އަހަރު ކުޅެދިނުމަށް ފަހު އެ ކުލަބާ މޮޑްރިޗް ވަކިވީ ހުސްވި ސީޒަނަށް ފަހު އެވެ. ސަޕޯޓަރުންނާ މުހާތަން ކުރަމުން ޓޮޓެންހަމުގެ ކުރީގެ މިޑްފީލްޑަރު ބުނީ ރެއާލް މެޑްރިޑްގެ ސަޕޯޓަރުން ނުރޮއި ހިނިތުން ވެލުމަށެވެ. ރެއާލް އަށް ކުޅެދިން އެންމެ ފަހު މެޗު ކަމަށްވާ ރެއާލް ސޮސިއެޑާޑްއާ ވާދަކުރި މެޗަށް ފަހު ސަޕޯޓަރުންނާ ވާހަކަ ދައްކަމުން ކްރޮއޭޝިޔާގެ މޮޑްރިޗް ބުނީ ރެއާލްގައި ހޭދަކުރި 13 އަހަރަކީ އުފާވެރި ދުވަސްތަކެއް ކަމަށެވެ.
“އެއް ގޮތަކަށް ވެސް ނުރޮއި، ސަބަބަކީ މިކަން (އަހަރެންގެ ވަކިވާނެކަން) މިއޮތީ ނިމިފައި. ދެން ހިނިތުންވެލާ. ސަބަބަކީ މިކަން މިހާރު ނިމިއްޖެ،” މޮޑްރިޗް ބުންޏެވެ. މޮޑްރިޗް ރެއާލް މެޑްރިޑާ ގުޅުނީ 2012 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޓޮޓެންހަމުންނެވެ. އޭގެ ފަހުން އޭނާ ވަނީ ރެއާލް އަށް 394 މެޗު ކުޅެދީ 30 ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ ހުރެގެން ރެއާލް ވަނީ ހަތަރު ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ. ޔޫރަޕިއަން ޗެމްޕިއަންސް ލީގު ހަ ފަހަރު ކާމިޔާބު ކުރި އެވެ. ފީފާ ކުލަބު ވޯލްޑްކަޕް ހަޔަރު ފަހަރު އަދި ކޮޕާ ޑެލްރޭ ތިން ފަހަރު ހޯދި އެވެ. މީގެ އިތުރުން ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށްދޭ ބެލޮންޑީއޯ އެވޯޑް ވެސް ހާސިލްކޮށްފަ އެވެ.
މޮޑްރިޑް ވަކިވުމުގެ ކުރިން ރެއާލްއިން ވަނީ އޭނާގެ ޝަރަފުގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވަން ނިންމައިފަ އެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
