
(ފޮޓޯ ކްރެޑިޓްސް: ޙިދުމަތް ޖަމިއްޔާ)
ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ރާއްޖޭގައި މިސްކިތެއް އިމާރާތްކުރުމަށް ބިން ހަމަޖައްސައިދޭނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް މިހެން ވިދާޅުވީ، ޝައިޚް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި މިސްކިތެއް އިމާރާތްކުރުމަށް ޚިދުމަތް ޖަމްޢިއްޔާއިން ނިންމުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވުމާ ގުޅިގެން، އޭނާގެ ހަނދާނުގައި ރާއްޖޭގައި މިސްކިތެއް އިމާރާތްކުރުމަށް ޚިދުމަތް ޖަމްޢިއްޔާއިން ވަނީ ނިންމަވާފައެވެ. އަދި މިކަމަށް ފަންޑު ހޯދުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މި ނިންމުން ނިންމާފައިވަނީ ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް އިމާރާތްކުރުމަށް ހުޅުވާލި ފުރުސަތުގައި، އެންމެ ދުވަހެއްގެ ތެރޭގައި ބޭނުންވާ އަދަދަށްވުރެ އިތުރަށް ފައިސާ ލިބުމާއެކު، ޝެއިޚުގެ ހަދާނުގައި ރާއްޖޭގައިވެސް މިސްކިތެއް އެޅުމަށް ގިނަ މީހުން އެދުމުގެ ސަބަބުންނެވެ.

(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާ)
މިކަމާގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޝެއިޚް ފަރީދުގެ ހަނދާނުގައި ބޭރު ގައުމެއްގައި މިސްކިތެއް ހުރުމަށްވުރެ ރާއްޖޭގައި ހުރުން މާ އައުލާކަން ބޮޑު ކަމަށެވެ. އަދި މިސްކިތް އިމާރާތްކުރަން ވާނީ އިސްލާމީ ޢިލްމުގެ ލައިބްރަރީއަކާއި ޤުރުއާން ކިޔަވައިދެވޭނެ ކްލާސްރޫމްތަކާ އެކު، ޝެއިޚް ކުރެއްވި މަސައްކަތް ދިރުވާ އާލާކުރާނެ ތަނެއްގެ ގޮތުގައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ޝަހީމް ވިދާޅުވީ، މި މަސައްކަތުގައި އެ ވުޒަރާގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ. އޭގެ ތެރޭގައި މިސްކިތް އިމާރާތްކުރާނެ ތަނެއް ހަމަޖެއްސުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
ދިވެހި ރައްޔިތުން ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް، ވަކިން ޚާއްސަކޮށް އިސްލާމްދީނާއި ކީރިތި ރަސޫލާގެ ސުންނަތަށް މީހުންގެ ހޭލުންތެރިކުރުމަށް ތަފާތު ގިނަ ގުނަ ދަރުސްތަކެއް ޝައިޚް ވަނީ ދެއްވާފައެވެ. އެގޮތުން ޝައިޚް ފަރީދުގެ ދަރުސްތަކާއި ހޭލުންތެރިކުރުމުގެ ހަރަކާތްތަކަކީ އެތައް ބައެއްގެ ސަމާލުކަން ލިބުނު އަދި އެދަރުސްތައް ގިނަ ބަޔަކު އަޑުއަހައި އެއަށް އަމަލުކުރި ދަރުސްތަކެއްކެކެވެ.

އުމުރުފުޅުން 53 އަހަރުގެ ޝައިޚް ފަރީދު އަވަހާރަވީ ދީނީ ދަޢުވަތުގެ މަސައްކަތެއްގައި ހޯމަ ދުވަހު މެލޭޝިޔާއަށް ވަޑައިގެން ކުއަލަލަންޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ. ޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާ ބާއްވާފައިވަނީ އިއްޔެ މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ސެލަންގޯގެ ހާޖީ ފީސަބީލިﷲ މިސްކިތުގައެވެ. ޝައިޚް ފަރީދު ފަސްދާނު ލާފައިވަނީ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައެވެ.
ޝައިޚު ފަރީދުގެ އާއިލާއިން ވަނީ ޖަނާޒާގެ ކަންތައްތައް ފުރިހަމަ ކޮށްދެއްވިކަމަށްޓައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށް ޝުކުރު އަދާކޮށްފައެވެ. އަދި މެލޭޝިޔާގެ އެމްބެސަޑަރާއި ހައިކޮމިޝަންގެ ހުރިހާ ސްޓާފުންގެ އިތުރަށް ޖަނާޒާގެ ކަންކަން ފުރިހަމަކޮށްދެއްވުމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށްވެސް އާއިލާއިންވަނީ އިޚުލާސްތެރިކަމާއެކު ވަނީ ޝުކުރުއަދާކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“ރާއްޖެއަކީ ލަންކާގެ އިޤްތިޞާދުގެ މުހިއްމު ބައިވެރިއެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ، ރާއްޖެއަކީ އެޤައުމުގެ އިޤްތިޞާދީ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، ދެޤައުމުގެ ޒަމާންވީ...
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ލަންކާގެ ބޮޑުވަޒީރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ބޮޑުވަޒީރު ޑޮކްޓަރ...
ރައީސް އަރިހަށް ލަންކާގެ މަޖިލީހުގެ ރައީސް ޒިޔާރަތް ކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް...
ރާއްޖެއާއި ލަންކާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރަން ގަސް އިންދުމުގެ ރަސްމިއްޔާތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލަންކާއަށް ކުރައްވާ...
ބަނގުރަލުގެ ހިދުމަތް ދޭން އުޅޭ ވާހަކަ މޯލްޑިވިއަން އިން ދޮގުކޮށްފި
މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބަނގުރާ ދޭން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް އެ އެއާލައިނުން ދޮގުކޮށްފިއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ...
އެޕްރީލް މަހު މިފްކޯއަށް ކިރުވި މަހަށް 78 މިލިޔަން ރުފިޔާ
މިދިޔަ އެޕްރީލް މަހު މިފްކޯއަށް 1068 ދޯންޏަކުން 4414 ޓަނުގެ މަސް ކިރުވައި، އެ މަހަށް 78 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ...
