
ކުރިއަށް އޮތް އަހަރުތަކުގެ ޙައްޖުގެ އަޅުކަމަށްވެސް މިއަހަރަށްވުރެ އިންތިޒާމުތައް އިތުރަށް ފުރިހަމަކުރުމަށް އިސްކަންދެއްވާނެކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. ޝަކީލް މިހެން ވިދާޅުވީ، ދިވެހި ޙައްޖުވެރިން، މައްކާއިން މަދީނާއަށް ފުރަތަމަ ފަހަރަށް ހައި ސްޕީޑް ޓްރެއިންގައި ދަތުރުކުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ. ފުރަތަމަ ފަހަރަށް ދިވެހި ޙައްޖާޖީން ހައި ސްޕީޑު ޓްރެއިންގައި މައްކާއިން މަދީނާއަށް ދަތުރުކުރުމުގެ ފުރުޞަތު ފަހިވެގެންދިޔަ ދިއުމަށް އިޝާރާތްކުރައްވައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވީ، މައްކާއިން މަދީނާއަށް ކުރި ދަތުރާމެދު ހުރިހާ ޙާޖީންވެސް ހިތްހަމަޖެހިފައި ތިބިކަމަށެވެ. މައްކާއިން މަދީނާއަށް ކުރާ ދަތުރަށް ގެނައި ބަދަލަކީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް ގެންނެވި ބަދަލެއްގެ ގޮތުގައި ޝަކީލް ފާހަގަކުރެއްވިއެވެ.
ޝަކީލް ވިދާޅިވީ ޙައްޖުގެ އިންތިޒާމުތައް ހަމަޖެއްސިއިރު، މައްކާއިން މަދީނާއަށް ކުރާ ދަތުރު އެކުންފުނިން ހަމަޖެއްސީ ބަހުގައި ކުރުމަށްކަމަށާއި، ނަމަވެސް ފަހުވަގުތު އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ސާފުކުރައްވައި، ކަންކަން ރަނގަޅުކުރައްވާއިރު ޙައްޖާޖީންނަށް ދަތުރުތައް ލުއިވާނެގޮތަށް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދުދެއްވިކަމަށް ޝަކީލް ވިދާޅުވިއެވެ. “މިގޮތުން މައްކާއިން މަދީނާއަށް ދަތުރުކުރާއިރު ޙައްޖުވެރިންނަށް ވީހާވެސް ލުއިފަސޭހަ ގޮތްތަކަށް ހަމަޖެއްސުމުގެ ގޮތުން ހައި ސްޕީޑް ޓްރެއިންގައި އިންތިޒާމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެން އަޅުގަނޑުމެން މި އިންތިޒާކޮށްދިނީ. އެހެންކަމުން ޙައްޖުވެރިންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ޚައްޞަ ޝުކުރެއް ދަންނަވަން.” މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.
ޝަކީލް ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގެ ޙައްޖުގައިވެސް މަސައްކަތްކުރާނީ މިފަހަރު ކަނޑައެޅި އިންތިޒާމުތަކަށްވުރެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމަށްކަމަށެވެ. “ކުރިއަށް އޮތް ޙައްޖުތަކަށް ދަންނަވާނަމަ އަޅުގަނޑުމެން ބެންޗުމާކެއް ދެއްތޯ އަޅުގަނޑުމެންނަށް މި ކަނޑައެޅިގެންދިޔައީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އުންމީދަކީ އަދި އަޅުގަނޑުމެން މަސައްކަތްކުރާނީވެސް، މިފަހަރު މި ކަނޑައެޅި ބެންޗުމާކް، އެއަށްވުރެވެސް ކަންތައްތައް ރަނގަޅުކުރުމާއި ދެވޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް.” ޝަކީލް ވިދާޅުވިއެވެ.
މީގެ ކުރީގެ އަހަރުތަކާއި އަޅާބަލާއިރު، މިއަހަރަކީ ޙައްޖުގެ އިންތިޒާމުތައް އެންމެ ރަނގަޅު އަދި ފުރިހަމަ އަހަރެވެ. އެގޮތުން ރާއްޖެއިން ސަޢުދި ޢަރަބިއްޔާއަށް ދަތުރުކުރުމުގައި މައްކާ ރޫޓު އިނީޝިއޭޓިވް ހަމަޖެއްސުމާއި، މިނާ އަދި ޢަރަފާތުގައި ދިވެހީންނަށް ޚާއްޞަ ފޭލިގެތަކެއް ކަނޑައަޅައި، ފަސޭހައިން އަޅުކަމުގައި ތިބެވޭނެ އިންތިޒާމުތައް ހަމަޖެއްސިއެވެ. ޑޮކްޓަރަށް ދެއްކުމާއި ހިލޭ ބޭސް ލިބޭނެ އިންތިޒާމުވެސް ސަރުކާރުން ހަމަޖެއްސެވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
