
މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަން ކުރާ ފަރާތްތަކުގެ މެދުގައި ރާއްޖެ މަޤުބޫލު މަންޒިލަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ. ޝިއުރީ މިކަން ހާމަކުރެއްވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ސްޕޯޓްސް ފިޝިން އަކީ މިފަހަކަށް އައިސް ދިވެހިންގެ މެދުގައި މަޤްބޫލުކަން އިތުރުވެފައިވާ ހަރަކާތެކެވެ. އަދި ރާއްޖޭގެ ކަނޑުތަކުގައި މަސްވެރިކަން ކުރަންވެސް ރާއްޖެ ޒިޔާރަތް ކުރާ ފަރާތްތައް ތިބެއެވެ. އެހެންކަމުން މިކަން ކުރިއެރުވުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ދާދި ފަހުން އެމްއެމްޕީއާރްސީން ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެމެހެއްޓެނިވި މަސްވެރިކަން ޕްރޮމޯޓްކުރާ ބައިނަލްއަޤްވާމީ މަސްވެރިކަމުގެ މުބާރާތެއް ވަނީ ބާއްވާފައެވެ. ބުރުނު ބޮމަ ނަމުގައި ބޭއްވި މި މުބާރާތާއެކު ރާއްޖޭގައި މަސްވެރިކަން ކުރުމަށް ގިނަ ބަޔަކު ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ޝިއުރީ ވިދާޅުވިއެވެ.
” ބައިވެރިވި ބައެއް ބޭފުޅުންނަކީ ފިޝިންގް ސެގްމެންޓުގައި އަމިއްލަ ފަރާތްތަކުގެ ގޮތުގައި ބައިވެރިވީ މަސްވެރިންގެ ގޮތުގައި ފާހަގަކޮށްލެވޭ މީހުން. އޭގެ އިތުރަށް އަޅުގަނޑުމެންގެ އެމްބެސެޑަރ ފްލައި ނަވާރޯ އަކީ ބިލް ފިޝް ފައުންޑޭޝަންގެ މެންބަރެއް. އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ އެމީހުންވެސް ޝައުޤުވެރިވާ ކަމަށް ސްޕޯޓްސް ފިޝިން މުބާރާތްތައް ކުރިއަށް ގެންދަން.” އެމްއެމްޕީއާރްސީ މެނޭޖިން ޑިރެކްޓަރ ޝިއުރީ ވިދާޅުވިއެވެ. ބުރުނު ބޮމަ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މޭއި މަހުގެ 2 އިން 4 އަށެވެ. މި މުބާރާތުގައި 9 ޓީމެއް މިއަހަރު ބައިވެރިވި އިރު އެމްއެމްޕީއާރްސީގެ އަމާޒަކީ މުބާރާތް ފުޅާކޮށް ކޮންމެ އަހަރަކު ބާއްވާ ހަރަކާތަކަށް ހެދުމެވެ. އަދި މުބާރާތުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އެކުންފުނިން މަސައްކަތް ކުރާނެއެވެ.
” އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި 50 ޓީމު އިންޓްރެސްޓެޑް މުބާރާތުގައި ބައިވެރިވާން. އެހެންވީމަ މިއީ އެނުއަލް އިވެންޓެއްގެ ގޮތުގައި ޕްރޮމޯޓް ކުރެވިއްޖެއްޔާ މަސްވެރިކަމަށް ޚާއްސަކޮށް މީހުން އަންނާނެ، ގޮނޑުދޮށުގައި އޮންނަން އައުމުގެ ބަދަލުގައި. އެއީ އިތުރު އިންކަމެއް ރާއްޖެއަށް ލިބޭ. މިކަހަލަ ތަފާތު ކަންކަން ކުރަމުން މިދަނީ.” ޝިއުރީ ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ޝީއުރީ ވިދާޅުވި ގޮތުގައި މިފަދަ ހަރަކާތްތަކުގައި އާންމުކޮށް ބައިވެރިވެރިވާން އަންނަނީ މަތީ ފަންތީގެ ފަތުރުވެރިންނެވެ. ފަތުރުވެރިކަމުގެ މި ސެގްމެންޓް ކުރިއެރުވުމަށް ސްޕޯޓްސް ފިޝިން ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް މި ދާއިރާގައި މަޤްބޫލު ފަރާތެއް ކަމަށްވާ ފްލައި ނަވާރޯ އެމްއެމްޕީއާރްސީން ވަނީ މިދިޔަ އޭޕްރީލް މަހު ހަމަޖައްސާފައެވެ. އަދި ބޭރުގެ މާކެޓިން ހަރަކާތްތަކުގައި މި ސެގްމެންޓް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
