
ނޭޝަނަލް ފިޝަރީޒް އިންފޯރމޭޝަން ސިސްޓަމް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ، އދ. ގެ އޯޝަން ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު ހުސައިން ޝަރީފްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ދިވެހިންނަށް ކިހާ މުހިންމު ސިނާއަތެއްކަމަށާއި، މަސްވެރިކަމުގެ ސިނާއަތައް ދިވެހިން ބަރޯސާވެފައިވާ މިންވަރު ވަނީ ހާމަކޮށްދެއްވާފައެވެ.
ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްތެރިން %11 ހިއްސާކުރާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެކްސްޕޯޓްގެ %90 ހިއްސާކުރާކަމަށް ވަނީ ވިދާޅުވެފައެވެ. ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ގައުމީ ފިޝަރީޒް އިންފޯރމޭޝަން ސިސްޓަމް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ ސަބަބުން ވަގުތުން ޑާޓާ ލިބިގެންދާނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެކަން ވަނީ ފާހަގަކުރައްވާފައެވެ. “ނޭޝަނަލް ފިޝަރީޒް އިންފޮމޭޝަން ސިސްޓަމް ފުޅާކުރުމުގެ މަސައްކަތް އެބަކުރަން. އެއްކޮށް ޑިޖިޓަލައިޒް ފިޝަރީޒް ޑޭޓާ ކަލެކްޝަން ސިސްޓަމަކަށް. މީގެ ސަބަބުން ރިއަލް ޓައިމް ޑޭޓާ ރިޕޯޓިންއަށް އެހީވެދޭނެ” ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
އދ. ގެ އޯޝަން ކޮންފަރެންސްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އާމިނަތު ހުސައިން ޝަރީފް ވިދާޅުވީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުހައްމަދުގެ ތަސައްވުރާއި އެއްގޮތައް މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މީގެ ސަބަބުން މަހުގެ ކޮލެޓީ އިތުރުވެ މަސް ދޯނިފަހަރަށް އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރާއި ހަރަދު ސަލާމަތްވެގެންދާނެކަން ފާހަގަކުރެއްވިއެވެ. މި ސަރުކާރުން ދަނީ ދޯނި ފަޖަރުގައި މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ މިހާތަނަށް ސަރުކާރަކުން މި ސިސްޓަމް ޤާއިމްކުރުމަށް ދޫކުރާ އެންމެ ލުއި ލޯނުކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
