
ކަނޑުފަޅުގެ ދިރުންތަކާއި މާހައުލު ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެފަދަ އިންވެސްޓްމަންޓްތައް އިތުރުކުރަންޖެހޭކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އދ. ގެ އޯޝަން ކޮންފަރެންސްގެ ހަވާސާގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވަނީ ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކާއި މާހައުލުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަވާފައެވެ. އަދި ރާއްޖެއިން ވިލުންވެރި ކަނޑުގެ މާހައުލެއް ޤާއިމްކުރަން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ.
ޕްރޮފެޝަނަލް އަދި އަމިއްލަ ތަޖުރިބާއިން ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވަނީ މުޅި ދުނިޔެއަށް ރާއްޖޭގެ ދެމިއޮތުމާއި އަދި ދިވެހިންގެ ދިރިއުޅުމާއި ކަނޑުފަޅުގެ ދިރުންތަކުގެ މުހިންމުކަން ހަނދާންކޮށްދެއްވާފައެވެ. ވަޒީރު ޝިޔާމް ވަނީ ރާއްޖެއިން ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށާއި މުރަކަ އާލާކޮށް ދިރުވުމަށް ރާއްޖެއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. ވަޒީރު ޝިޔާމް ވިދާޅުވީ މި ދާއިރާއިން ރާއްޖެއިން މުޅި ދުނިޔެއަށްވެސް މިސާލު ދައްކަމުންދާކަމަށެވެ. ނަމަވެސް މިއީ ރާއްޖެއިން އެކަނި ކުރެވޭނެކަމެއް ނޫންކަމަށާއި މިކަމުގައި އެހެން ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށެވެ.

ވަޒީރު ވަނީ ކަނޑުފަޅުގެ ދިރުންތަކާއި މާހައުލު ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެފަދަ އިންވެސްޓްމަންޓްތައް އިތުރުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އދ. ގެ އޯޝަން ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ވަޒީރު ޝިޔާމް ވަނީ ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވާ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އަދިވެސް މާލީ އެހީތެރިކަން ހޯދުމުގައި ގޮންޖެހުންތައް ހުންނަ ކަމަށާއި އެފަދަ ޤައުމުތަކަށް އަތްފޯރާ ފަށުގައި މާލީއެހީތެރިކަން ފޯރުކޮށްދިނުމަށް ތަރައްގީވެފައިވާ ޤައުމުތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
