
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރާ ސިޔާސަތާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އަންނަ ހަފްތާގައި ބާއްވާ އދގެ ބައްދަލުވުމެއްގައި ޤައުމުތަކުން ބައިވެރި ނުވުމަށް އެމެރިކާގެ ސަރުކާރުން ހިތްވަރުދޭ ލިޔުމެއް ޤައުމުތަކަށް ފޮނުވައިފިއެވެ. އެމެރިކާއިން ޤައުމުތަކަށް މި ގޮތަށް ހިތްވަރު ދީފައި ވަނީ އެ ޤައުމާ ގާތް ގުޅުމެއް ބާއްވާ ދެ ޤައުމު ކަމަށްވާ ފަރަންސޭސިވިލާތާއި ސަޢުދީ ޢަރަބިއްޔާއާ ދެ ކޮޅަށެވެ. އަންނަ ހަފްތާގައި ބާއްވާ ބައްދަލުވުމަކީ އެ ދެ ޤައުމުން ގުޅިގެން ބާއްވާ ބައްދަލުވުމެެކެވެ.
އެމެރިކާއިން ޤައުމުތަކުގެ ސަރުކާރުތަކަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނީ ބައްދަލުވުމަށް ފަހު އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅާ ކޮންމެ ޤައުމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކުގެ މަސްލަހަތާ ދެކޮޅަށް ޢަމަލު ކުރާ ޤައުމެއްގެ ގޮތުގައި އެމެރިކާއިން ދެކޭނެ ކަމަށެވެ. އެ ފަދަ ޤައުމުތަކާ ދެކޮޅަށް ޚާރިޖީ ފިޔަވަޅުތައް އެޅުން އެކަށީގެންވާ ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެއެވެ. ބައްދަލުވުމުގައި ފަލަަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް މަގުޗާޓެއް އެކުލަވާލުމަށް ބަލަންޖެހޭ ކަންކަމާމެދު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާއިރު، އެ މަސައްކަތަކީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތާއި އަސީރުން މިނިވަން ކުރުމަށް ކުަރަމުންދާ މަސައްކަތަށް ފުށުއަރާ މަސައްކަތެއް ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ވަނީ، ބައްދަލުވުމުގެ ތެރެއިން ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި އެ ޤައުމުން ބަލައިގަތުން އެކަށީގެންވާ ކަމަށް އިޝާރާތް ކުރައްވައިފައެވެ. ފަރަންސޭސިވިލާތުން ވަނީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއާއެކު ދެބަސްވުމަކަށް ނުގޮސް ވާނެ ގޮތެއް ވޭތޯ ބަލަމުންދާ ކަމަށް ވެސް ބުނެފައެވެ. މެޚްރޮން އިޝާރާތް ކުރައްވާފައިވާ ގޮތަށް ފަލަސްޠީނަކީ މިނިވަން ދައުލަތެއް ކަމަށް ފަރަންސޭސިވިލާތުން ބަލައިގެންފި ނަމަ، ޔަހޫދީންނާއި މުސްލިމުންގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ވިލާތުގެ ޤައުމު ކަމުގައި ފަރަންސޭސިވިލާތް ވެގެން ދާނީ ހުޅަނގުގެ ވަރުގަދަ ޤައުމުތަކުގެ ތެރެއިން ފަލަސްޠީނު ބަލައިގަންނަ ފުރަތަމަ ޤައުމަށެވެ. އެއާއެކު އެއީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ދުނިޔޭގެ ޤައުމުތަކުން ބަލައިގަތުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާ ބޮޑު ކުރިއެރުމަކާއި ހިތްވަރަކަށް ވެގެންދާނެއެވެ.
އެމެރިކާއިން ޤައުމުތަކަށް ފޮނުވި މެސެޖުގައި ބުނީ ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ކުރާ ކޮންމެ މަސައްކަތަކާ އެ ޤައުމުން ދެކޮޅު ހަދާ ކަމަށެވެ. ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަންނަ ނަމަ ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ޤާނޫނީ އަދި ސިޔާސީ ހުރަސްތައް އެޅޭނެ ކަމަށް އެ މެސެޖުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އިސްރާއީލުން ފަލަސްޠީނަށް ޢުދުވާނީ ޙަމަލާތައް ދެމުންދާއިރު، އެއީ މި ޙާލަތުގައި ޔަހޫދީންގެ ޢަދުއްވުންނަށް ވާގިވެރިވުން ކަމަށާއި އޭގެ ސަބަބުން ޔަހޫދީން ބަލިކަށިވުން އެކަށީގެންވާ ކަމަށް ވެސް އެމެރިކާއިން ބުނެފައިވެއެވެ.
އެމެރިކާއަކީ ފަލަސްޠިނާއި އިސްރާއީލުގެ މައްސަަލައިގައި ހުށަހަޅާފައިވާ ‘ޓޫ-ސްޓޭޓް ސޮލިއުޝަން’އަށް ތާއީދު ކުރާ ޤައުމެކެވެ. އެ ސިޔާސަތުގެ ދަށުން ފަލަސްޠީނުގެ ދައުލަތް ޤާއިމު ކުރާނީ ހުޅަނގު އައްސޭރިއާއި ޣައްޒާގައެވެ. އެ ސިޔާސަތަކީ އެމެރިކާ-މެދުއިރުމަތީގެ ޚާރިޖީ ސިޔާސަތުގެ މުހިންމު އަސާސެކެވެ. ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި މި ސިޔާސަތަށް މާ ބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ. އަދި ވެރިކަމުގެ ދެވަނަ ދައުރުގައި މިހާތަނަށް ޓްރަމްޕްގެ ވިސްނުންފުޅު ހުރި ގޮތް މާ ބޮޑަށް ހާމަ ކުރައްވާފައެއް ނުވެއެވެ. ނަމަވެސް އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މައިކް ހަކަބީ ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަކީ އެމެރިކާގެ މިހާރުގެ ޚާރިޖީ ސިޔާސަތުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ޣައްޒާ ޢުދުވާން
އެމެރިކާއިން ފޮނުވި މެސެޖުގައި ބުނެފައި ވަނީ ޤައުމަކުން ފަލަސްޠީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގެންފި ނަމަ އެ ބަލައިގަނެވެނީ އޮކްޓޯބަރު 7ވަނަ ދުވަހަކީ ފަލަސްޠީނުގެ މިނިވަން ދުވަސްކަމުގައި ކަމަށެވެ. އެމެރިކާއިން އެހެން ބުނެފައި ވަނީ ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އަސްކަރީ ގޮފިން ޔަހޫދީންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާއެއް ދިން ތާރީޚަށް އިޝާރާތް ކޮށްފައެެވެ. އެ ޙަމަލާއަށް ބަދަލުހިފުމުގެ ގޮތުން ޔަހޫދީން ވަނީ ހަމަ އެ ދުވަހު ޣައްޒާ ޢުދުވާން ފަށާފައެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 55،000އަށް އުފުލިފައިވާއިރު، އިތުރު 124،191 މީހުންނަށް ވަނީ ޒަޚަމު ވެފައެވެ. މީގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމް ކުޑަކުދިންނެވެ.
އެމެރިކާއިން ފޮނުވި މެސެޖުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ޣައްޒާ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވެއް ޤާއިމު ކުރުމަށް އެ ޤައުމުން މިޞްރާއި ޤަޠަރާއެކު ބުރަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ކުރިއަށް އޮތް ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގެ ސަބަބުން ޢުދުވާން ހުއްޓާލުމުގެ ނާޒުކު މަޝްވަރާތަކަށް ބުރޫއަރާނެ ކަމަށް އެމެރިކާއިން ބުނެއެވެ. ޢުދުވާން ހުއްޓާލުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޔަހޫދީން އެއްބެސްވެފައިވާއިރު އެ ހުށަހެޅުންތަކަށް ޙަމާސުން ދެކޮޅުހަދަމުންދާ ކަން ފާހަގަ ކޮށް، އެމެރިކާގެ މެސެޖުގައި ބުނީ ބައްދަލުވުމުގެ ސަބަބުން ޙަމާސްއަށް މި ޙާލަތުގައި އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.
މި ހަފްތާގެ ތެރޭގައި، އެމެރިކާއާ ގާތް ގުޅުމެއް ބާއްވާ އިނގިރޭސިވިލާތާއި ކެނެޑާ ހިމެނޭ ގޮތަށް ބައެއް ޤައުމުތަކުން ވަނީ ޣައްޒާ ޢުދުވާން ހުއްޓާލުމަށް ޔަހޫދީ ބޮދުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބާރުއެޅުމުގެ ގޮތުން ފިއްތުންތައް ކުރިމަތިކުރުވުމަށް އިސްރާއީލާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައިފައެވެ. އެމެރިކާއިން ބުނީ އދގެ ބައްދަލުވުމުގައި އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހިތްވަރު ދޭނަމަ އެއީ އެ ޤައުމުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އޭގެ ތެރޭގައި އިސްރާއީލު ބޮއިކޮޓް ކުރުމާއި އެހެނިހެން އަަދަބުތައް ދިނުން ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ޝަޓާރ ސްޓޮކް) އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ...
އީރާނުގެ އާ ރޫހާނީ ލީޑަރަކީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖްތަބާ
އިސްރާއީލާއި އެމެރިކާގެ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކޮށްފި...
ފޯޅަވަހި މައްސަލައިގައި މިދިޔަ ސަރުކާރުން ސިއްރުން ސިޓީ ފޮނުވުމަކީ އެންމެ މަތީ ހިޔާނާތުގެ ކުށެއް!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ފޯޅަވަހި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ސަރުކާރަށް ސިއްރު ސިޓީއެއް ފޮނުއްވުމަކީ ގާނޫނުއަސާސީއާ ހިލާފު، ގައުމަށް...
ދެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ، ގާނޫނު އަސާސީގެ މުސައްނިފުންގެ ވިސްނުމެއް ނޫން: ނާޒިމް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީއެންސީންނާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް...
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުން ވަނީ ގައުމުގެ ހަމަޖެހުމަށް:ފަލާހް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ...
މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮަށްގެން، 164 އުމްރާވެރިން ރޭ ފުރައިފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އެކި ސަބަބުތަކާހުރެ އުމްރާއަށް ނުފުރި ތިބި 164 މީހަކު، ސަރުކާރުގެ އެހީތެރިކަމާއެކު ރޭ ފުރައިފި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ...
