
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ސޯޅަ އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކުއަލިފައަރސްއަށް ވަދަކުރާ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ފިރިހެން ބާސްކެޓް ޓީމުގައި ތިބީ ވަރަށް ހުނަރުވެރި ކުދިން ކަމަށާއި، އެހެންނަމަވެސް އަދިވެސް އެ ކުދިންނަށް އިތުރު ތަމްރީން ބޭނުންވާކަމަށް ރާއްޖޭގެ ޓީމަށް އިރުޝާދު ދެމުން އަންނަ ސާބިއާގެ ކޯޗު ވްލަޑިމިއަރ ތްރިޗް ބުނެފިއެވެ. ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކޯޗު ބުނީ ކުދިން ތަމްރީނުކުރުމަށް އަދި ވަގުތު ބޭނުންވާކަމަށާއި، އެހެންނަމަވެސް 3 މަސް ދުވަހުގެ މަސައްކަތުގެ ކުރިއެރުންތަކެއް ހޯދިއްޖެ ކަމަށެވެ.
މީގެ ކުރިން މިޓީމު ވާދަވެރި މުބާރާތެއް ކުޅެފައިނުވާތީ މިއީ އުނދަގޫ މުބާރާތަކަށްވާނެ ކަމަށާއި، އެހެންނަމަވެސް އެކުދިންނަކީ ވަރަށް ކޮލިޓީ ރަނގަޅު ހުނަރުހުރި ކުދިން ކަމަށް ކޯޗު ބުންޏެވެ. މި މުބާރާތުގައި ރަނގަޅު ހިސާބަކަށް ދެވޭނެކަމަށް އުންމީދު ކުރާ ކަމަށާއި، ބަނގްލަދޭޝް އާއި ސްރީލަންކާ އާއި ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދު ކުރާކަމަށްވެސް ކޯޗު ބުންޏެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މީގެ ކުރިން މެދު އިރުމަތީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗު ވްލަދިމިއާ ތްރިޗްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ފަރިތަކުރަމުން އަންނަތާ މިހާރުވަނީ 3 މަސް ވެފައެވެ. ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން މި ކޯޗު ވަނީ ފަލަސްތީނުގެ ޗެމްޕިއަން ޓީމާއި، ލީބިއާ އަދި ލުބުނާންގެ 16 އަހަރުން ދަށުގެ ޓީމުތަކަށް ކޯޗުކޮށްދީ ކާމިޔާބީތަކެއް ހޯދައިދީފައެވެ. އޭނާގެ ސްޓައިލަށް ރާއްޖޭގެ ކުޅުންތެރިން އަދި އާ ކަމަށާއި، އެހެންނަމަވެސް ކުރިޔަށް އޮތްތަނުގައި ރަނގަޅު ޓީމެއް އުފެއްދޭވަރުގެ ޤާބިލު ކުޅުންތެރިން 16 އަހަރުން ދަށުގެ މިޓީމުގައި އެބަތިބި ކަމަށް ކޯޗު ފާހަގަކުރިއެވެ.
ގައުމީ ޓީމުތަކުގެ ފަރިތަކުރުންތަކަށް އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވީ އެކަށީގެންވާ ވަސީލަތްތައް ނެތުމާއި ކޯތު ލިބުމުގައި ހުރި ދަތިތަކެވެ. އެހެންނަމަވެސް މުބާރާތުގައި ރާއްޖޭގެ ދެ ޓީމުންވެސް ރަނގަޅު ކާމިޔާބީއެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން އުންމީދުކުރެއެވެ. ޖޫން 12-14 އަށް ޒުވާނުންގެ މަރުކަޒުގައި ކުރިޔަށް ގެންދާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކުއަލިފައަރސްއަށް ވާދަކުރަނީ ރާއްޖޭގެ އިތުރުން އިންޑިއާ، ބަނގްލަދޭޝް އަދި ސްރީލަންކާއެވެ. މިއީ ރާއްޖޭން މި މުބާރާތް ހޯސްޓް ކުރާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ މެޗުތަށް ޕީއެސްއެމްގެ ޔޭސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
