
ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދުގެ ޖަނާޒާގެ ކަންކަން ކޮށްދެއްވި ފުރިހަމަކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރަށް ފަރީދުގެ އާޢިލާއިން ޝުކުރު އަދާކޮށްފިއެވެ. ޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާ ބާއްވާފައިވަނީ އިއްޔެ މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ސެލަންގޯގެ ހާޖީ ފީސަބީލިﷲ މިސްކިތުގައެވެ. ޝައިޚް ފަރީދު ފަސްދާނު ލާފައިވަނީ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައެވެ.
ޝައިޚު ފަރީދުގެ އާއިލާއިން ވަނީ ޖަނާޒާގެ ކަންތައްތައް ފުރިހަމަ ކޮށްދެއްވިކަމަށްޓައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށް ޝުކުރު އަދާކޮށްފައެވެ. އަދި މެލޭޝިޔާގެ އެމްބެސަޑަރާއި ހައިކޮމިޝަންގެ ހުރިހާ ސްޓާފުންގެ އިތުރަށް ޖަނާޒާގެ ކަންކަން ފުރިހަމަކޮށްދެއްވުމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށްވެސް އާއިލާއިންވަނީ އިޚުލާސްތެރިކަމާއެކު ވަނީ ޝުކުރުއަދާކޮށްފައެވެ.
މީގެ އިތުރުން މަރުޙޫމް ފަރީދުގެ އާއިލާއަށް ތަޢުޒިޔާ ފޮނުވި ހުރިހާ ފަރާތްތަކަށްވެސް އާޢިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ޖަނާޒާގައި ބައިވެރިވި މެލޭޝިއާގައި ތިބި ފަރާތްތަކާއި، ދުރުގަތިބެގެން ޖަނާޒާގައި ބައިވެރިވި ފަރާތްތަކާއި، ސޯޝަލް މީޑިޔާގައި ޝައިޚް ފަރީދަށް ތަޢުރީފާއި ހެޔޮކަމުގެ ބަހެއް ބުނި ކޮންމެ މީހަކަށްވެސް އާޢިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
