
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި ހިންގާ މެރިޓައިމް ހަރަކާތްތަކުން ދައުލަތަށް މަންފާ ލިބެން ޖެހޭ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކޮށްފައިވަނީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ ބަސްތީގަތުމުގެ ތެރެއިން މެރިޓައިމް ދާއިރާގެ ކުރިއެރުވުމަށް ކުރެވޭ މަސައްކަތަށް އަލިއަޅުވައި ދެއްކެވި ވާހަކަފުޅުގައެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ދަށުން ބަލަހައްޓަމުންދާ މެރިޓައިމް ދާއިރާގެ ޚިދުމަތްތައް ފުޅާކޮށް އެ ދައިރާއިން އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މިދާއިރާގައި ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ ތެރެއިން ދައުލަތަށް އެއްވެސް މަންފާއެއް ނުލިބޭ ގޮތަށް ހަރަކާތްތަކެއް ހިނގަމުންދާ ކަމަށެވެ. ވަޒީރު ވިދާޅުވީ މިކަން މިގޮތަށް ހިނގަނީ، މި ވޭތުވެ ދިޔަ އަހަރުތަކުގައި ޤަވާއިދަށް ގެނެވިފައި ހުރި ބަދަލުތަކުގެ ސަބަބުން ކަމަށެވެ.
“އެއީ (އެސްޓީއެސް) ޝިޕް ޓު ޝިޕް ޓްރާންސްފަރ އޮއިލް އެންޑް ގޭސް، މަސައްކަތްތައް ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ތެރޭގައި ހިންގާ. އެކަމަކު މި ވޭތުވެ ދިޔަ ދުވަސްތަކުގައި ޤަވާއިދުތަކަށް ގެނެސްފައި ހުރި ބަދަލުތަކުން ދައުލަތައް މާ ބޮޑު މަންފާއެއް ނުލިބޭ. ޕްރައިވެޓް އެ ހޭންޑަލް ކުރާ ޕާޓީތަކަށް ލިބޭ ގޮތަށް ހުރީ.” ވަޒީރު ވިދާޅުވިއެވެ. ވަޒީރު އަމީން ޤަބޫލުކުރައްވާ ގޮތުގައި މިފަދަ ހަރަކާތްތައް ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި ހިންގާނަމަ އެކަމުން ދައުލަތަށް މަންފާ ކުރަންޖެހެއެވެ. އެހެން ކަމުން މިކަމުގައި ކުރެވޭނެ މަސައްކަތްތައް ދެނެގަތުމަށް އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ” އަޅުގަނޑުމެން ޤަބޫލުކުރަނީ މިކަމުގައި ޕްރައިވެޓް ޕާޓީތަކާއި، މިކަން ކުރުމުގެ “ނޯ ހައު” ހުރި ފަރާތްތަކާއި މިނިސްޓްރީއާއި ކޯސްޓް ގާޑާއި، އެމްޕީއެލްއާއި މި ހުރިހާ ފަރާތްތައް ގުޅިގެން އަޅުގަނޑު މިހާރު ފަށައިފިން މަސައްކަތެއް އެސްޓީއެސް އިން މި ޤައުމަށް ގެނެވޭނީ ކޮން ފައިދާތަކެއްތޯ ބެލުމުގެ. އިރާދަ ކުރެއްވިއްޔާ މިކަންވެސް ބާރު ސްޕީޑެއްގައި ގެންގޮސް ޤައުމަށް މީގެ ނަފާ ލިބޭނެ އުސޫލުތަކެއް ޤާއިމްކުރާނެ. ” ދަތުރުފަތުރާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި ބޯޓުތަކުން ތެޔޮއެޅުމުގެ ހަރަކާތްތަކެއް ހިންގަމުންދާއިރު، ސަރުކާރުން ވަނީ އާގު ބޯޓުތަކައް ބޭނުންވާ ތެލުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބަންކަރިން ޚިދުމަތްވެސް ފަށާފައެވެ. މިގޮތުން ލޯ ސަލްފަރ އޮއިލް އެސްޓީއޯ މެދުވެރިކޮށް ފޯރުކޮށްދެމުންދާއިރު މިކަމުން މިހާތަނަށް، 124 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
