
(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މިއަހަރުގެ ތެރޭގައި 59 މަޝްރޫއެއްގެ މަސައްކަތް ނިމޭނެކަމަށް އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ. ސައުދީ މިހެން ވިދާޅުވީ އެމްޓީސީސީގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ. އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވީ ކުރީ ސަރުކާރުގައި އެ ކުންފުންޏާ ހަވާލުކޮށްފައި ހުރި މަޝްރޫއުތަކާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހަވާލުކޮށްފައިވާ ޚާއްސަ މަޝްރޫއުތަކުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މިއަހަރު ޚާއްސަ މަޝްރޫއުތަކުގެ ގޮތުގައި ހަވާލުކޮށްފައިވާ 20 މަޝްރޫއަކާއި މިހާރު ކުރިއަށްދާ 39 މަޝްރޫޢު ހިމެނޭހެން 59 މަޝްރޫއެއްގެ މަސައްކަތް އެއްކޮށް ނިންމައި، ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ސައުދީ ވިދާޅުވީ މިހާރު މަސައްކަތްތައް ކުރިއަށްދާގޮތުން އެވްރެޖުކޮށް މަހެއްގެ ތެރޭގައި 6 މަޝްރޫއު ނުވަތަ 7 މަޝްރޫއުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. މިހާރު މަޝްރޫއުތައް ކުރިއަށްދާ ގޮތުން އަންނަ އަހަރު 72 މަޝްރޫއެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. “2026 ގައިވެސް އަޅުގަނޑުމެން ނިންމާނަން 72 ޕްރޮޖެކްޓްސް. އޭގެ ތެރޭގައި ހަމަ ސްޕެޝަލް ޕްރޮޖެކްޓާއި އޮންގޮއިން ޕްރޮޖެކްޓް ހިމެނޭނެ. ގޮސްސަ 2028 އާ ހަމައަށްދާއިރު އެމްޓީސީސީއާ ހަވާލުކޮށްފައިހުރި ޕްރޮޖެކްޓުތަކުގެ ތެރެއިން މަސައްކަތް ކުރަމުންދާ ޕްރޮޖެކްޓުގެ އަދަދަށް ބަލާނަމަ އެންމެ ފަހު ކުއާޓަރަށްދާއިރު ނުނިމި ހުންނާނީ 4ވަރަކަށް ޕްރޮޖެކްޓް،” އެމްޓީސީސީގެ ސީއީއޯ ވިދާޅުވިއެވެ.
އެމްޓީސީސީގެ ސީއީއޯ ވިދާޅުވީ، ކުންފުނީގެ މިހާރުގެ ޓާގެޓް ހާސިލް ކުރުމަށް ސަރުކާރާއި އެކި ވުޒާރާތަކާ ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި އެ ކުންފުނީގެ މަސައްކަތްތައް ނިމިގެންދާއިރު ރައީސް ޑރ. މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ގިނަ ވައުދުތަކެއް ފުދިގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. ސައުދީ ވިދާޅުވީ އެއްފަހަރާ ގިނަ މަޝްރޫއުތައް ކުރިއަށްގެންދާއިރު އިންސާނީ ވަސީލަތްތައްވެސް މުހިންމު ކަމަށާއި އެ ވަސީލަތްތައް ކުރިއެރުވުމަށްވެސް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ. އެެގޮތުން، އަންނަ އަހަރު ނިމޭއިރު އެއްފަހަރާ 150އަށްވުރެ ގިނަ މަޝްރޫއުތައް އެމްޓީސީސީން ކުރިއަށްގެންދަންޖެހޭ ކަމަށާއި އެ މަސައްކަތްތަކަށް ގިނަ މުވައްޒަފުން ބޭނުންވާނެ ކަމަށްވެސް އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
