
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ޑޭޝް8 މަރުކާގެ ހުރިހާ ބޯޓެއް، 2027ވަނަ އަހަރުގެ ކުރިން އޭޓީއާރުގެ ބޯޓުތަކަށް ބަދަލުކުރެވިގެންދާނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް އިޔާސް ވިދާޅުވެއްޖެއެވެ. އިބްރާޙީމް އިޔާސް މިހެން ވިދާޅުވީ، މޯލްޑިވިއަންގެ ފްލީޓަށް 5ވަނަ އޭޓީއާރް ގެނައުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ޑޭޝް8 މަރުކާގެ ބޯޓުތައް، އޭޓީއާރުގެ ބޯޓުތަކަށް ބަދަލުކުރުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 2022ވަނަ އަހަރުއެވެ.
މޯލްޑިވިއަންގެ މެނޭޖިންގ ޑީރެކްޓަރ އިބްރާޙީމް އިޔާސް ވިދާޅުވީ، އޭޓީއާރު ފްލީޓަކަށް ބަދަލުކުރަން ނިންމީ، އެ އެއާލައިންގެ އުދުހުންތަކުގައި ބޭނުންކުރަމުން އަންނަ ޑޭޝް8 މަރުކާގެ ބޯޓުތައް ގިނަ ދުވަސްވެ، މެއިންޓެއިން ކުރަން އުނދަގޫވުމުންކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މޯލްޑިވިއަންގެ ފްލީޓު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް އޭޓީއާރު މަރުކާގެ 5 މަތިންދާބޯޓެއް އެ ކުންފުނީގެ ފްލީޓަށް ވަނީ އިތުރުކޮށްފައެވެ. އެއީ:
• ޖަނަވަރީ 2023 – އޭޓީއާރު-72ގެ 2 ބޯޓު
• އެޕްރީލް 2023 – އޭޓީއާރު-42ގެ ބޯޓެއް
• މެއި 2024 – އޭޓީއާރު-42ގެ ބޯޓެއް
• ޖޫން 2025 – އޭޓީއާރު-42ގެ ބޯޓެއް
އިބްރާޙީމް އިޔާސް ވިދާޅުވީ، 2027 ގެ ކުރިން އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ ޑޭޝް8 މަރުކާގެ ހުރިހާ ބޯޓެއް އޭޓީއާރު ބޯޓުތަކަށް ބަދަލުކުރެވިގެންދާނެކަމަށެވެ. “މި މަސައްކަތް އަޅުގަނޑުމެން ކުރާނަން ޑޭޝް8ގެ ހުރިހާ މަތިންދާބޯޓެއް އޭޓީއާރަށް ބަދަލުކުރެވެންދެން. ލަފާކުރެވެނީ 2027ވަނަ އަހަރު މި މަސައްކަތް އަޅުގަނޑުމެންނަށް ފުރިހަމަކުރެވިދާނެކަމަށް.” އިބްރާޙީމް އިޔާސް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެނައި އޭޓީއާރުގެ ސަބަބުން އޮޕަރޭޝަނަށް އަދި އެ އެއަރލައިނުން ޚިދުމަތް ހޯދާ ފަސިންޖަރުންނަށްވެސް ފަސޭހަތަކެއް ލިބިފައިވާކަމަށްވެސް އެމްޑީ އިބްރާޙީމް އިޔާސް ވިދާޅުވިއެވެ. “މި ބްރޭންޑް ނިއު މަތިންދާބޯޓުތައް ގެނެވެމުން އަޅުގަނޑުމެންގެ ޓެކްނިކަލް ރިލައިބިލިޓީ މިވަނީ މިހާރު ވަރަށް ބޮޑަށް އިމްޕްރޫވްކުރެވިފައި. އެއާއެއްކޮށް އަޅުގަނޑުމެންނަށް އޮންޓައިމް ޕާފޯމެންސްވެސް ވަރަށް ބޮޑަށް ރަނގަޅުކުރެވިއްޖެ. މިއީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ކެބިންއެއްކަމަށް ވުމުން ދަތުރުކުރާ ފަސިންޖަރުންގެ އެކްސްޕީރިއެންސްވެސް ވަރަށް ބޮޑަށް ރަނގަޅުކުރެވިފަ.” އެމްޑީ އިބްރާޙީމް އިޔާސް ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި 25 މަތިންދާބޯޓެއް ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ 5 މަތިންދާބޯޓަކާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ. މޯލްޑިވިއަންގެ ޚިދުމަތް ފުޅާކޮށް ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް އިތުރު ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
