
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުގައި 36 ވަދު ކަނދުފަތި އެޅުމަށްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތަކާގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ރާއްޖޭގައި ސްޕޯރޓްސް ފިޝިން ކުރިއެރުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ސްޕޯރޓްސް ފިޝިންއަކީ މަސްވެރިކަން އަދި ފަތުރުވެރިކަންވެސް ސިންދަފާތުވެގެންދާނެ ކަމެއްކަމަށެވެ. ސްޕޯރޓްސް ފިޝިންއަށް ވަރަށް ބޮޑު އާބާދީއެއް މުޅި ދުނިޔޭގައިވެސް އެބައޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރާއްޖޭގައިވެސް މިކަން މިހާރު ވަރަށް މަޤްބޫލު ކަމަކަށް ވެފައިވާކަމަށެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، ސްޕޯރޓްސް ފިޝިންއަކީ ރާއްޖެއަށް އާމްދަނީ ވައްދާނެ ދާއިރާއަކަށް ރައީސް ހައްދަވަން ބޭނުންފުޅުވާތީ ސްޕޯރޓްސް ފިޝިންއަށް ވަކި ސަރަހައްދުތަކެއް ފާހަގަކުރެވިފައިވާކަމަށެވެ. ރާއްޖޭގެ ވަކި ސަރަހައްދުތަކެއް ސްޕޯރޓްސް ފިޝިން ހާބަރުތައް ޤާއިމްކުރުމަށްވެސް މިނިސްޓްރީން މިހާރު ފާހަގަކޮށް ކެބިނެޓްގެ ރުހުންވެސް ލިބިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު ކުރަމުންދަނީ ސީދާ އެ ސަރަހައްދުތައް އިއުލާންކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްތައްކަން ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަދު ކަނދުފަތިތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަމާޒަކީ މުޅި ޖުމްލަ 36 ވަދު ކަނދުފަތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުންކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
“އަޅުގަނޑުމެން މި ޤާއިމްކުރަނީ ވަދު ކަނދުފަތީގެވެސް ނެޓްވާކެއް މުޅި ރާއްޖޭގައި. މިވަގުތައް އަޅުގަނޑުމެންނަށް ހެދިފައިހުރި ދިރާސާތަކުގެ އަލީގައި މި ފެޑްތައް އަޅުގަނޑުމެން މި އިންސްޓޯލްކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒު ހިފާފައި މިހުރީ 36 ވަދު ކަނދުފަތި ރާއްޖޭގެ އެކި ސަރަހައްދުގައި އަޅަން. އެއީ މަސް ކަނދުފަތީގެ އިތުރުން. މަސް ކަނދުފަތި ތަންކޮޅެއް ބޭރުގައި މިއަޅަނީ. ވަދު ކަނދުފަތިތައް ތަންކޮޅެއް ކައިރީގައި މިއަޅާނީ.” ޝިޔާމް ވިދާޅުވިއެވެ.
ވަދު ކަނދުފައްޗަށް ރާއްޖޭގައި ވަރަށް ބޮޑު ޑިމާންޑެއް އެބަ އޮތްކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ކެޕޭސިޓީ އޮތްގޮތުން މިވަގުތު ޑިމާންޑާއި އެއްވަރަށް މި މަސައްކަތް ކުރުމަށް ދަތިތަކެއް ހުރިކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ. ކަނދުފަތި ސެންޓަރު މިހާރު ހުރީ ހުޅުމާލޭގައި އެކަންޏެވެ. އެހެންކަމުން ސަރުކާރުން ދަނީ ރާއްޖޭގެ 2 ސަރަހައްދެއްގައި ކަނދުފަތި އަޅާ ސެންޓަރު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ށ. ފުނަދޫގައި ކަނދުފަތި ސެންޓަރު އެޅުމަށް މިހާރު ބިންވެސް ހަމަޖެހިފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. ރާއްޖޭގައި މިވަގުތު އަޅާފައިވަނީ ދޮށީގެ މަސްވެރިކަމަށް އަޅާފައިވާ 65 ކަނދުފައްޗާއި ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ 26 ކަނދުފައްޗެވެ.
About Post Author
މާދަމާ ނިއުސް
“ރާއްޖެއަކީ ލަންކާގެ އިޤްތިޞާދުގެ މުހިއްމު ބައިވެރިއެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ، ރާއްޖެއަކީ އެޤައުމުގެ އިޤްތިޞާދީ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، ދެޤައުމުގެ ޒަމާންވީ...
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ލަންކާގެ ބޮޑުވަޒީރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ބޮޑުވަޒީރު ޑޮކްޓަރ...
ރައީސް އަރިހަށް ލަންކާގެ މަޖިލީހުގެ ރައީސް ޒިޔާރަތް ކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް...
ރާއްޖެއާއި ލަންކާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރަން ގަސް އިންދުމުގެ ރަސްމިއްޔާތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލަންކާއަށް ކުރައްވާ...
ބަނގުރަލުގެ ހިދުމަތް ދޭން އުޅޭ ވާހަކަ މޯލްޑިވިއަން އިން ދޮގުކޮށްފި
މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބަނގުރާ ދޭން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް އެ އެއާލައިނުން ދޮގުކޮށްފިއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ...
އެޕްރީލް މަހު މިފްކޯއަށް ކިރުވި މަހަށް 78 މިލިޔަން ރުފިޔާ
މިދިޔަ އެޕްރީލް މަހު މިފްކޯއަށް 1068 ދޯންޏަކުން 4414 ޓަނުގެ މަސް ކިރުވައި، އެ މަހަށް 78 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ...
