
(ފޮޓޯ ކްރެޑިޓްސް: ގެޓީ އިމޭޖާސް)
ސްވިޒަލެންޑުގެ ޒިއުރިކުން ގްރީސްގެ ކްރީޓަށް ދިޔުމަށް ކޮންޑޯ އެއަރލައިންގެ ޑީއީ1234 މަތިންދާބޯޓު ފުރީ މެއި މަހުގެ 24ވަނަ ދުވަހުއެވެ. އެ މަތިންދާބޯޓުގައި 137 ފަސިންޖަރުންނާއި ހަ ފަޅުވެރިން ތިއްބެވެ. ވައިގެ މަގުން ޒިއުރިކުން ކްރީޓް ދާން އާންމު ގޮތެއްގައި ހޭދަ ވަނީ ގާތްގަނޑަކަށް ތިން ގަޑިއިރެއްހާއިރެވެ. ނަމަވެސް ޑީއީ1234ގައި ތިބި މީހުންނަށް އެ ދަތުރުގައި ދިމާވީ ތަފާތު ހާދިޘާއެކެވެ. ތިން ގަޑިއިރުގެ ދަތުރު 32 ގަޑިއިރަށް ދެމިގެންގޮސް، ދަތުރު މަތީގައި ފަސް ފަހަރެއްގެ މަތިންދާބޯޓު ޖައްސަން ޖެހުނެވެ. އެންމެ ފަހުން ދަތުރު ނިމުނީ ދާންވީ މަންޒިލަށް ވެސް ނުދެވި، ފުރި ޤައުމަށް އަނބުރާ ދާން ޖެހިގެންނެވެ.
ކޮންޑޯ އެއާލައިނުން ވާހަކަ ދެއްކެވި މަންދޫބަކު ވިދާޅުވީ މަތިންދާބޯޓަށް މަންޒިލަށް ނުޖެއްސުނީ އާދަޔާ ޚިލާފަށް މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. ވައި ގަދަވުމުގެ ސަބަބުން ކްރީޓްގެ ހެރަކްލިއަން ވައިގެބަނދަރަށް ޖެއްސުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވިއެވެ. ހެރަކްލިއަންގައި މަތިންދާބޯޓު ޖެއްސުމަށް އެތައް ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް މަތިންދާބޯޓު ޖެއްސޭ ގޮތް ނުވި ކަމަށް އެ އެއާލައިނުން ބުނެއެވެ. ކްރީޓް މަތީގައި ހައެއްކަ ފަހަރު ބުރު ޖެހުމަށް ފަހު އެންމެ ފަހުން އެ މަތިންދާބޯޓު ގޮސް ޖެއްސީ ގްރީސްގެ ވެރިކަންކުރާ އެތަންސްއަށެވެ. އެތަންސުން މަތިންދާބޯޓަށް ތެޔޮ އެޅުމަށްފަހު އެ އުޅަނދު އަނެއްކާ ވެސް މިސްރާބު ޖެހީ ހެރަކްލިއަން ވައިގެބަނދަރަށް ދިޔުމަށެވެ. އެ ފަހަރު ވެސް މަތިންދާބޯޓު ވައިގެބަނދަރުގައި ޖެއްސޭ ގޮތެއް ނުވިއެވެ. އެ މަތިންދާބޯޓު ދެން ދިޔައީ ގްރީސްގެ ކޮސްއަށެވެ. ކޮސްއަށް ގޮސް އަލުން މަތިންދާބޯޓަށް ތެެޔޮ އަޅައިގެން ދެން މަތިންދާބޯޓު ދިޔައީ ގްރީސްގެ ތެސަނޮލީކީއަށެވެ. ރޭގަނޑުވުމުން އެ ރޭ މަތިންދާބޯޓު ބޭއްވީ ތެސަނޮލީކީގައެވެ. އެއަށްފަހު މެއި 25ވަނަ ދުވަހުގެ ހެނދުނު އަނެއްކާ ވެސް ހެރަކްލިއަންއަށް ޖެއްސޭތޯ އެ ދިމާލަށް މަތިންދާބޯޓު މިސްރާބު ޖެހިއެވެ. އެ ސަރަޙައްދުގައި އޮވެ 30 މިނެޓެއްހާއިރު ޖެއްސޭތޯ މަސައްކަތް ކުރުމަށް ފަހު، އަނެއްކާ ވެސް ނާކާމިޔާބުވުމުން، ދެވަނަ ފަހަރަށް އެތަންސްއަށް ދިޔައެވެ. އެއަށްފަހު، ހެރަކްލިއަންއަށް ދެވޭތޯ އިތުރަށް މަސައްކަތް ނުކޮށް މަތިންދާބޯޓު ދެން ދަތުރު ކުރީ ދަތުރަށް ފެށި ޒިއުރިކްއަށެވެ.
ކޮންޑޯ އެއަރލައިނުން ބުނީ މަތިންދާބޯޓުގައި ތިބި ފަސިންޖަރުންނަށް އެ އެއަރލައިންގެ މަތިންދާބޯޓުގައި ކުރި ދިގު ދަތުރުގައި ކާބޯތަކެތި ފޯރު ކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އެ ދަތުރުމަތީގައި ޚިދުމަތް ދީފައިވާ ގޮތާ މެދު ގިނަ ޢަދަދެއްގެ ފަސިންޖަރުން ޝަކުވާ ކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ. ހެރަކްލިއަން ވައިގެ ބަނދަރަށް ޖެއްސުމަށް މަސައްކަތް ކުރި ކޮންމެވެސް އެއް ފަހަރު، ގިނަ ޢަދަދެއްގެ ފަސިންޖަރުންނަށް ހޮޑު ލެވުނު ކަމަށް ވެސް ވެއެވެ. އެ ދަތުރު މަތީގައި ހޮޓާތަކުގައި މަޑުކުރަން ޖެހުނު ޙާލަތްތަކުގައި ޚަރަދު ކުރަން ޖެހުނީ ފަސިންޖަރުންގެ އަމިއްލަ ޖީބުން ކަމަށް ވެސް ފަސިންޖަރުން ވަނީ ބުނެފައައެވެ. އަނބުރާ ޒިއުރިކްއަށް ދިޔުމުގެ ކުރިން ފަހު ފަހަރަށް އެތަންސްއަށް ޖައްސައި، މަތިންދާބޯޓުންން ފައިބާ އެ ހިސާބުން ދަތުރު ކުރު ކޮށްލަން ބޭނުން މީހުންނަށް އެ ފުރުޞަތު ދީފައިވެއެވެ. ނަމަވެސް އެއީ މަތިންދާބޯޓުގައި ހުރި ލަގެޖު އެ ވަގުތު ނުލިބޭ ގޮތަށެވެ.
ފާޑުކިޔުންތަކާ ގުޅޭ ގޮތުން ކޮންޑޯގެ ތަރުޖަމާނު ވިދާޅުވީ ދަތުރުމަތީގައި ފަސިންޖަރުންނަށް އެކިކަހަލަ ދިޔާއެއްޗެހި ފޯރު ކޮށްދީފައިވާ ކަމަށެވެ. އަދި އެ ރޭ ހޮޓަލުގައި ތިބުމުގެ އިންތިޒާމުތައް ވެސް ހަމަ ޖެއްސީ އެއާލައިނުން ކަމަށެވެ. މަންޒިލާ ހަމައަށް ވާޞިލް ނުވެވި ކުރަން ޖެހުނު ދިގު ދަތުރުގެ ޓިކެޓުގެ އަގު އަނބުރާ ހޯދުމަށް ފަސިންޖަރުންނަށް އެދެވޭނެ ކަމަށް ކޮންޑޯއިން ވަނީ ބުނެފައެވެ. އަދި އަލުން އެ ދަތުރު ބުކް ކުރަން ބޭނުން ނަމަ ކަސްޓަމަރ ސާވިސްއާ ގުޅައިގެން އެ ކަން ކުރިއަށް ގެންދިޔުމަށް އެއަރލައިނުން ވަނީ އިރުޝާދު ދީފައެވެ.
About Post Author
މާދަމާ ނިއުސް
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ޝަޓާރ ސްޓޮކް) އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ...
އީރާނުގެ އާ ރޫހާނީ ލީޑަރަކީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖްތަބާ
އިސްރާއީލާއި އެމެރިކާގެ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކޮށްފި...
ފޯޅަވަހި މައްސަލައިގައި މިދިޔަ ސަރުކާރުން ސިއްރުން ސިޓީ ފޮނުވުމަކީ އެންމެ މަތީ ހިޔާނާތުގެ ކުށެއް!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ފޯޅަވަހި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ސަރުކާރަށް ސިއްރު ސިޓީއެއް ފޮނުއްވުމަކީ ގާނޫނުއަސާސީއާ ހިލާފު، ގައުމަށް...
ދެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ، ގާނޫނު އަސާސީގެ މުސައްނިފުންގެ ވިސްނުމެއް ނޫން: ނާޒިމް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީއެންސީންނާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް...
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުން ވަނީ ގައުމުގެ ހަމަޖެހުމަށް:ފަލާހް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ...
މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮަށްގެން، 164 އުމްރާވެރިން ރޭ ފުރައިފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އެކި ސަބަބުތަކާހުރެ އުމްރާއަށް ނުފުރި ތިބި 164 މީހަކު، ސަރުކާރުގެ އެހީތެރިކަމާއެކު ރޭ ފުރައިފި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ...
