
(ފޮޓޯ ކްރެޑިޓްސް: އޭޕީ)
ވިސާގެ މައްްސަލައަކާ ގުޅިގެން އެމެރިކާގެ އިމިގްރޭޝަނުން ދުނިޔޭގެ އެންމެ މަޤުބޫލު ޓިކްޓޮކް ތަރި ކަމަށްވާ ކަބީ ލާމޭ ހިފެހެއްޓުމަށް ފަހު، އެ ޤައުމުން ފުރުމުގެ ފުރުޞަތު ދީފިއެވެ. ސެނެގަލްއާއި އިޓަލީވިލާތާ ދެ ޤައުމަށް ނިޞްބަތްވާ ޓިކްޓޮކް ތަރި އެމެރިކާގެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހު، ހެރީ ރީޑް ބައިނަލްއަޤްވާމީ ވައިގެ ބަނދަރުންނެވެ. އެއީ އޭނާގެ ވިސާގެ މުއްދަތު ހަމަވުމުން ވެސް އެމެރިކާއިން ފުރާފައި ނުވާތީއެވެ. މިފަދަ ޙާލަތްތަކުގައި ޤަވާއިދާ ޚިލާފުވާ މީހުން އާންމު ގޮތެއްގައި ވަކި މުއްދަތަކަށް އެމެރިކާއަށް އަނބުރާ ނާދެވޭ ގޮތަށް ޑިޕޯޓު ކޮށްލައެވެ. ނަމަވެެސް، ލާމޭ ޑިޕޯޓު ކޮށްލުމުގެ އަމުރެއް ނެރުމުގެ ބަދަލުގައި، އަމިއްލަ އިޚްތިޔާރުގައި އެމެރިކާއިން ފުރުމުގެ ފުރުޞަތު އޭނާއަށް ވަނީ ދީފައެވެ.
އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓު، އައިސްއިން ނެރުނު ބަޔާނެއްގައި ވަނީ އެ ކަން ޔަޤީން ކޮށްދީފައެވެ. އައިސްއިން ބުނީ ލާމޭ އެމެރިކާއަަށް އެތެރެވީ އޭޕްރިލް މަހުގެ 30ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ވިސާގައި ބަޔާން ކޮށްފައިވާ ޝަރުތުތަކާ ޚިލާފަށް ލާމޭ އެމެރިކާގައި މަޑުކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެމެރިކާގެ އިމިގްރޭޝަނުން ލާމޭ ހިފެހެއްޓުމަށްފަހު އަމިއްލަ އިޚްތިޔާރުގައި އެ ޤައުމުން ފުރުމުގެ ފުރުޞަތު ދީފައި ވަނީ އެ ޤަައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމިގްރޭޝަނާ ގުޅުންހުރި ހަރުކަށި ސިޔާސަތުތަކާމެދު އާންމުން ހިތްހަމަނުޖެހި، ލޮސް އެންޖެލީސްގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ މުޒާހަރާތައް ފަށާފައި ވަނީ އިމިގްރޭޝަނާ ގުޅުންހުރި މައްސަލަތަކުގައި އައިސްއިން ރޭޑުތައް ޖަހައި، ގިނަ ޢަދަދެއްގެ މީހުން ހައްޔަރު ކުރުމާ ގުޅިގެންނެވެ.
އުމުރުން 25 އަހަރުގެ ކަބީ ލާމޭއަށް މަޝްހޫރު ކަން ލިބުނީ ކޮވިޑް-19 ބަލިމަޑުކަމުގެ ދުވަސްވަރު ތައްޔާރު ކުރަން ފެށި ވީޑިޔޯތަކެއްގެ ސަބަބުންނެބެ. އެ ވީޑިޔޯތައް މަޝްހޫރުވީ އޭނާ އެންމެ ބަހެއް ވެސް ނުބުނެ މީހުންގެ މުނިފޫހިފިލުވައިދޭތީއެވެ. ޓިކްޓޮކުގައި އޭނާގެ 162 މިލިޔަނަށްވުރެ ގިނަ ފޮލޮވަރުން ހުރެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
