
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، ލޮސް އެންޖެލީސްގައި ބިދޭސީން އިސްވެ ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވަން، ރޭގަނޑުގެ ވަގުތުތަކުގައި ކާފިއު ހިންގަން ފަށައިފިއެވެ. ލޮސް އެންޖެލީސްގައި އެތަކެއް ސަތޭކަ ބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށާފައި ވަނީ، އިމިގްރޭޝަން އިދާރާ، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް (އައިސް)އިން ރޭޑު ޖަހައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރުމާ ގުޅިގެންނެވެ. އައިސްގެ އޮފިސަރުން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައި ވަނީ ނުޤަވާޢިދުން އެމެރިކާއަށް ހިޖުރަކޮށް، ސައްޙަ ލިޔެކިޔުންތައް ނެތި ދިރިއުޅެމުންދާ ކަމުގެ ތުހުމަތުގައެވެ.
ލޮސް އެންޖެލީސްގައި މުޒާހަރާތައް ކޮންޓްރޯލްކުރަން، އެމެރިކާގެ ނެޝަނަލް ގާޑުގެ ސިފައިންނާއި މެރީންސްގެ ސިފައިން ނެރެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންގެވި އެންގެވުން ވެސް ވަނީ ބޮޑު ބަހުސަކަށް ބަދަލުވެފައެވެ. ކެލިފޯނިއާ ސްޓޭޓްގެ ހުއްދަނެތި، މައި ސަރުކާރުން މި ނިންމުމަކީ، ރައީސްކަމުގެ ބާރާއި ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުންކަމަށް އެ ސްޓޭޓުގެ ގަވަރުނަރު ގެވިން ނިއުސަމް ވަނީ ސިފަކުރައްވައިފައެވެ. އެ ނިންމުމާ ދެކޮޅަށް ކެލިފޯނިއާ ސްޓޭޓުން މިހާރު ވަނީ ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ. ނެޝަނަލް ގާޑުގެ 4،000 އެއްހާ ސިފައިންގެ އިތުރުން މެރީންސްގެ 700 އެއްހާ ސިފައިން ހަރަކާތްތެރިވާނީ ދަޢުލަތުގެ މުދަލާއި އިމާރާތްތައް ހިމާޔަތްކުރަންކަމަށް ފެޑަރަލް ސަރުކާރުން ވަނީ ބުނެފައެވެ.
ނަމަވެސް، މުޒާހަރާތަކުގެ ތެރެއިން ލޫޓުވުމާއި އާންމުންގެ މުދަލަށް ގެއްލުންދިނުން އިތުރުވަމުންދާތީ، ލޮސް އެންޖެލީސްގެ 2.5 ކިލޯމީޓަރު ސަރަޙައްދަކަށް ހެނދުނު 6:00 އާ ހަމައަށް ކާފިއު ހިންގާނެކަމަށް، އެ ސިޓީގެ މޭޔަރު ކެރެން ބާސް ވަނީ އިޢުލާނުކުރައްވައިފައެވެ. މުޒާހަރާގެ ބައިވެރިން ވެސް ދަނީ ފުލުހުންނާ ކުރިމަތިލައި، ގަލާއި ފުޅި ފަދަ ތަކެތި ބޭނުން ކޮށްގެން ޙަމަލާ ދެމުންނެވެ. ބައެއް ހާލަތްތަކުގައި މުޒާހަރާގެ ބައިވެރިން ފަޓާސް ފަދަ ތަކެތި ހަތިޔާރުގެ ގޮތުގައި ބޭނުން ކޮށްފައިވާއިރު، އެއްގަމު އުޅަނދުތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދެމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އިއްޔެ އިން ފެށިގެން ހިންގަން ފަށާފައިވާ ކާފިއު އާ ޚިލާފަށް މަގުމައްޗަށް އެއްވި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މިގޮތުން، އިއްޔެ އެކަނިވެސް 197 މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ލޮސް އެންޖެލީސްގެ އިތުރުން ނިއު ޔޯކް، ޝިކާގޯ، އެޓަލާންޓާ އަދި ޓެކްސަސްގައި ވެސް ދަނީ މުޒާހަރާކުރަމުންނެވެ. ޓެކްސަސްގައި ވެސް މިއަދާއި ހޮނިހިރު ދުވަހު މުޒާހަރާތައް ރާވައިފާއިރު، ހަމަނުޖެހުން ހިންގަން ފުރުޞަތު ނުދިނުމަށްކަމަށް ބުނެ، ނެޝަނަލް ގާޑުގެ 4،000 ސިފައިން ނެރެން ވަނީ ނިންމައިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
