
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިމަހުގެ 13-15 އަށް ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްރީލަންކަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރުމަށްދާ ޓްރެކް އެންޑް ފީލްޑުގެ 19 އެތުލީޓުން އިއްޔެ ފުރައިފިއެވެ. މިމުބާރާތަށް އަމާޒުކޮށްގެން މަހެއްހާ ދުވަހަށް ކުރިއަށް ގެންދިޔަ ޚާއްސަ ފަރިތަކުރުންތަކަކަށްފަހު އެޓީމު މިއަދު ފުރާފައިވާއިރު، ޓްރެކް އެންޑް ފީލްޑުން ދަނީ އެތުލީޓުން ތަމްރީނުކުރުމަށްޓަކައި ހުއްޓުމެއްނެތި ޕްރެކްޓިސްތައް ބާއްވަމުންނެވެ. ސްރީލަންކަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ޓީއެންއެފްއޭގެ ޓީމުން ފަސް ކެޓެގަރީއެއްގައި ވާދަކުރާނެއެވެ. އެއީ 16 އަހަރުންދަށާ، 18 އަހަރުންދަށާ، 19 އަހަރުންދަށާ، 20 އަހަރުންދަށުގެ އިތުރުން 23 އަހަރުންދަށުގެ އުމުރުފުރާގައެވެ.
މިއަންނަ ހުކުރުދުވަހު ފަށާ މުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޓީއެންއެފްއޭގެ ރައީސް ޢަބްދުﷲ އިބްރާހިމް (އަބުޅޮ) ވިދާޅުވީ އެކުލަބުން ފަރިތަކުރުންތައް އަބަދުވެސް ބާއްވަމުން އަންނަނީ ދުރުރާސްތާ ޕްލޭނެއްގެ ދަށުންކަމަށެވެ. މިގޮތުން މިމުބާރާތުގެ ބައިވެރިވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ އެކުލަބުގެ ކުދިންނަށް ބައިނަލްއަގްވާމީ މުބާރާތްތަކުގެ ތަޖުރިބާ ހޯދައިދިނުންކަމަށެވެ. އެހެންނަމަވެސް މިމުބާރާތުގައި ޓީއެންއެފްއޭގެ ފަރާތުން ވާދަކުރާ ބައެއްކުދިންނަކީ މެޑައްޔަކަށް އަމާޒުކޮށްގެން ގެންދާ އެތުލީޓުންތަކެއްކަމަށް ޢަބްދުﷲ ވަނީ ފާހަގަކޮށްފައެވެ.
“ބައިނަލް އަގްވާމީ މުބާރާތެއް މިމުބާރާތަކީ. އެހެންވީމަ މުބާރާތުގައި ވާދަކޮށްލުމުގެ އެކްސްޕީރިއަންސު ކުދިންނަށް ދޭން މިގެންދަނީ ގިނަ ކުދިން. އެކަމު ބައެއް ކުދިންނަށް ހުންނާނެ ޓާގެޓްސްދީފަ. މެޑަލް ހޯދުމުގެ ޓާގެޓްސް، ދެން ތިބި ކުދިންނަށް ހުންނާނީ އެކުދިންގެ ޕާސަނަލް ބެސްޓު ނޫނިއްޔާ ފައިނަލަށް ރީޗްވާވަރުކޮސްލުމުގެ ޓާގެޓްސްދީފަ” ޢަބްދުﷲ ވިދާޅުވިއެވެ. ޓްރެކް އެންޑް ފީލްޑުން ވަނީ މީގެ ކުރިންވެސް މިމުބާރާތުގައި ވާދަކޮށް ރިހި މެޑައްޔެއް ގެނެސްފައެވެ. އެހެންކަމުން މިއަހަރުގެ އުންމީދަކީ އިތުރު މެޑަލްތަކެއް ހޯދުންކަމަށާ، މިކާމިޔާބީ ހޯދުމަށް އެތުލީޓުންނާއި، ބެލެނިވެރިން އަދި ކޯޗުން މަސައްކަތްކުރަމުން އަންނަކަމަށް ޢަބްދުﷲ ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެން ބޭނުންވަނީ އިތުރު ކާމިޔާބީ ހޯދުން. ކުރީ ފަހަރު ސިލްވަރއެއް ލިބުނު. އެކަމަކު މިފަހަރު ބޭނުންވަނީ އިތުރު ކާމިޔާބީ ހޯދުން. އެގޮތަށް ހަމަ ހުރިހާ ކުދިންވެސް ހުރިހާ ޕޭރެންޓުންވެސް، ކޯޗުންވެސް މަސައްކަތްކުރަނީ” ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ޢަބްދުﷲ ވިދާޅުވިއެވެ. ސްރީލަންކަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕު ކުރިއަށްދާނީ މިމަހުގެ 13-15އަށް ސްރީލަންކާގެ މަޝްހޫރު ދިޔަގަމަ އިންޓަނޭޝަނަލް ސްޓޭޑިއަމްގައެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
