
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ޖޫން 12-14 އަށް މާލޭގައި ބާއްވާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސްގައި ވާދަކުރާ ރާއްޖޭގެ ކުޅުންތެރިންނަށް ޖޯޒީ ހަވާލުކޮށްފިއެވެ. ޖޯޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފއިވަނީ ހޯމަ ދުވަހުގެރޭ ދިރާގު ހެޑް އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިއު ބައިވެރިވަޑައިގެންނެވިއެވެ. އަދި މި މުބާރާތިުގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމާއި ފިރިހެން ޓީމުގެ ކުޅުންތެރިންނާ މުހާތަބުކުރައްވާ ވަޒީރު ވަނީ މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ހުރިހާ ކުޅުންތެރިން މަސައްކަތް ކުރުމަށް އެދިވަޑައިގެން ދެ ޓީމަށްވެސް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މި މުބާރާތުގައި ވާދަކުރަނީ ރާއްޖެ، އިންޑިއާ، ބަނގްލަދޭޝް އަދި އިންޑިއާއެވެ. މިއީ މި އުމުރުފުރައިގެ މުބާރާތެއްގައި ރާއްޖޭގެ އަންހެން ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި މި މުބާރާތް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. ޖޯޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ދެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަނީ ރާއްޖޭގެ ބާސްކެޓް އެސޯސިއޭޝަނާއި ކުޅީވަރު ވުޒާރާއިން މިފަދަ މުބާރާތެއްގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނީތީ އެފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 12:00 ގައެވެ. އެންމެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިންޑިއާ އަދި ބަންގްލަދޭޝްއެވެ. ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި އަންހެން ޓީމު ނިކުންނާނީ މާދަމާ ހަވީރު 17:30ގައި ބަނގްލަދޭޝް އާއި ދެކޮޅަށެވެ. މި މުބާރާތުގެ މެޗުތަށް ޕީއެސްއެމްގެ ޔޭސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
