
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
މިދައުރުގައި އެންމެ ބޮޑަށް ބޭނުންވަނީ ރީޖަނަލް ކުޅިވަރު މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ކަމަށާއި ކޮމަންވެލްތް ބީޗް ގޭމްސްއަކީ ފެށުމެއް ކަމަށް އެމްއޯސީގެ ނައިބު ރައީސް އަހުމަދު އިސްމާއިލް ބުނެފިއެވެ. އައު ދައުރަކަށް އެމްއޯސީގެ ނައިބު ރައީސްކަމާއި ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަހުމަދު ބުނީ މި ދައުރުގައި އެމްއޯސީން އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުން ހިމެނޭ ކަމަށެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރުގައި ކުޅުދުއްފުށީގައި ބާއްވާ ބީޗް ހޭންޑް ބޯޅަ މުބާރާތް ބޭއްވޭކަން އޭނާ ފަހަގަކުރިއެވެ.
ކުޅުދުއްފުށީގައި ބާއްވަން ތައްޔާރުވާ މުބާރާތަކީ ކޮމަންވެލްތްގެ ގައުމުތަކަށް ދައުވަތުދީގެން ހޭންޑްބޯލް މޯލްޑިވްސް އިން ކުޅިވަރު ވުޒާރާއާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ހޭންޑް ބޯޅަ މުބާރާތެކެވެ. ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ ބީޗް ހޭންޑްބޯޅަ މުބާރާތް ކަމަށްވާ “ކޮމަންވެލްތު ބީޗް ހޭންޑްބޯލް ގޭމްސް” ބާއްވަން ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 18-22 އަށް ކުޅުދުއްފުށީ ސިޓީގައި ގާއިމުކޮށްފައިވާ ބީޗް ހޭންޑް ބޯޅަ ކޯޓުތަކުގައެވެ. މިއީ ކުޅުދުއްފުށި ސިޓީގެ މޭޔަރާއި ކައުންސިލަރުންގެ ވަރަށް ބޮޑު އެއްބާރުލުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ތައްޔާރުވާ މުބާރާތެކެވެ.
އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަނާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ކުޅިވަރާ ބެހޭ ވުޒާރާއިން މަޝްވަރާކުރުމަށްފަހު މި މުބާރާތް ކުޅުދުއްފުށީގައި ބާއްވަން ނިންމަމާފައިވާއިރު ކުރިން މި މުބާރާތް ބާއްވަން އުޅުނީ މިދިޔަ އަހަރު ޕާކިސްތާނުގައެވެ. އެހެންނަމަވެސް އޭރުގެ ޕްލޭނާ އެއްގޮތަށް މުބާރާތް ބޭއްވޭ ގޮތެއް ނުވިއެވެ. ރާއްޖޭގައި މި މުބާރާތް ބޭއްވޭތޯ ބެލުމަށް ހެދި ފީސިލިބިޓީ ސްޓަޑީއަށް ބިނާކޮށް ރާއްޖޭގައި މި މުބާރާތް ބޭއްވިދާނެކަމުގެ ފެހި ސިގްނަލް މިއަހަރުގެ ކުރީކޮޅު ކޮމަންވެލުތުން ވަނީ ރާއްޖެއަށް ދީފައެވެ.
މިއަހަރު ބީޗް ވޮލީ އާއި ބާސްކެޓްގެ ބައިނަލްއަގްވާމީ މުބާރާތްތަކެއްވެސް ރާއްޖޭގައި ބާއްވާނެއެވެ. އެގޮތުން ކާވާ ބީޗް ވޮލީގެ ދެ މުބާރާތެއް އައްޑޫ ސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެމްއޯސީގެ ނައިބު ރައީސް އަހުމަދު ވިދާޅުވީ ރީޖަނަލް ގޭމްސް އެއް ހޯސްޓްކުރުމުގެ އިތުރަށް ދެން މިއަހަރުގެ ދައުރުގައި އެންމެ ބޮޑަށް ބަލާނީ ރާއްޖޭގެ އެތުލީޓުންނަށް ތަމްރީނު ފުރުސަތުތައް ހޯދައިދިނުމަށް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
