
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވޯލްޑްކަޕް ކޮލިފައިންގައި ރޭ ބްރެޒިލް ކުޅުނު މެޗުން އެ ޓީމު މޮޅުވިއިރު އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ. ބްރެޒިލް އަމިއްލަ ގައުމުގައި ޕެރަގުއޭ އާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. މި މެޗުން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕުގައި މިހާތަނަށް ކުޅުނު 16 މެޗުން 25 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމު ލިބިފަ އެވެ. ޖުމްލަ 10 ޓީމު ހިމެނޭ ކޮލިފައިންގެ ގަދަ ހަ ޓީމަށް ވޯލްޑްކަޕްގެ ޖާގައެއް ލިބިގެންދާއިރު ހަތްވަނަ ޓީމަށް ޖެހޭނީ އިންޓަރ ކޮންޓިނެންޓަލް ޕްލޭއޮފް މެޗެއް ކުޅުމަށެވެ.
މި މެޗުގައި ބްރެޒިލް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެތިއުސް ކޫނިއާ ދިން ޕާހަކުން ވިނިޝިއަސް ޖޫނިއަރ އެވެ.

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އަމިއްލަ ގައުމުގައި ކޮލަމްބިއާ އާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އާޖެންޓީނާގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އަނިޔާއަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރި ކެޕްޓަން ލިއޮނެލް މެސީ ވަނީ ފުރަތަމަ ޓީމުގައި ހިމެނި މި މެޗުގައި ކުޅެފަ އެވެ. މި މެޗުގައި ލަނޑު ޖަހަން އާޖެންޓީނާއަށް ރަގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވަނިކޮށް މެޗުގެ 24 ވަނަ ލުއިސް ޑިއާޒް ވަނީ އާޖެންޓީނާގެ ތިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ދެވަނަ ހާފަށް ނިކުތްއިރު އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކެލޯނީ ވަނީ ޓީމަށް ދެ ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ނަހުއެލް މޮލީނާ އާއި ރޮޑްރިގޯ ޑިޕޯލްގެ ބަދަލުގައި ނިކޮލަސް ގޮންޒާލޭޒް އާއި ޖިއުލިއާނޯ ސިމިއޯނޭ ވަނީ ކުޅެން އަރުވާފަ އެވެ.
ދެވަނަ ހާފުގައިވެސް އާޖެންޓީނާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ވަނިކޮށް މެޗުގެ 70 ވަނަ މިނިޓުގައި މިޑްފީލްޑަރ އެންޒޯ ފެނާންޑޭޒް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. މި މެޗުގައި އާޖެންޓީނާއިން ނަތީޖާ އެއްވަރު ކުރި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ތިއާގޯ އަލްމާޑާ އެވެ. ވޯލްޑްކަޕަށް ކޮލިފައިވެފައިވާ އާޖެންޓީނާއަށް ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު 16 މެޗުން 35 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ކޮލިފައިންގައި ރޭ ވެނެޒުއޭލާ އާއި ދެކޮޅަށް އަމިއްލަ ގައުމުގައި އުރުގުއޭ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އުރުގުއޭ ވަނީ
މޮޅުވެ ގްރޫޕްގެ ހަތަރުވަނަ އަށް އަރާފަ އެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
