
ބާސެލޯނާގެ އަށް ކުރިމަތިވެފައިވާ މާލީ ހަރުކަށި ކަމަށް ލުއިތަކެއް ލިބޭނެ ކަމުގެ ފެހި ސިގްނަލް ދީފި އެވެ. މި ގޮތަށް ހަމަޖެހުނީ ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ، ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ (ޔޫއޭފާ)ގެ ރައީސް އެލެގެޒެންޑާ ސެފެރިންއާ ބައްދަލު ކުރުމުންނެވެ. މި ދެ ބޭފުޅުން ބައްދަލުކުރީ ނޭޝަންސް ލީގުގައި ސްޕޭނާއި ޕޯޗުގަލް ކުޅުނު މެޗަށް ފަހު އެވެ. މި މެޗުގ ބަލަން ލަޕޯޓާ ދަތުރުކުރި މައިގަނޑު ސަބަބަކީ ވެސް ސެފެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރުމަށެވެ. އޭނާ ވަނީ ބާސެލޯނާ އަށް ސްޕެނިޝް ލީގުން ހަރުކަށިކޮށްފައިވާ މާލީ ކަންކަމާ މެދު ވެސް ވާހަކަ ދައްކައިފަ އެވެ. މި ގޮތުން އެ ކުލަބުގެ އައު ސްޓޭޑިއަމުން ނިމުމުން މާލީ ގޮތުން ލިބޭނެ ކުރިއެރުންތަކާއި މިހާރުގެ ހާލަތު ވެސް ވަނީ ތަފްސީލުކޮށްދީފަ އެވެ. އަދި ޔޫއޭފާގެ ފައިނޭންޝަލް ފެއާޕްލޭއާ ޖެހިޖެހިގެން ބާސެލޯނާއިން ހިލާފު ނުވާކން ހެއްކާއެކު ލަޕޯޓާ ވަނީ ސެފެރިންނަށް އޮޅު ފިލުވައިދީފަ އެވެ.
ސްޕޭނުގެ މީޑިއާތަކުން ބުނަނީ ވިދިވިދިގެން ދެ ސީޒަނެއްގައި ފައިނޭންޝަލް ފެއާ ޕްލޭއާ ހިލާފުވުމުން ބާސެލޯނާއަށް ދީފައިވާ 60 މިލިއަން ޔޫރީގެ ޖޫރިމަނާ 15 މިލިއަނަށް ކުޑަކޮށްދޭން ޔޫއޭފާއިން ނިންމާފައިވާ ކަމަށެވެ. އަދި މިއާއެކު ސްޕެނިޝް ލީގުން ބާސެލޯނާ އަށް މާލީ ގޮތުން ހަރުކަށިކޮށްފައިވާ ކަންކަމަށް ލުއިތަކެއް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ބޭނުން ކުޅުންތެރިއަކު ގަތުމުގެ ހުއްދަ އާއި މުސާރައިގެ ގޮތުގައި ހަރަދު ކުރެވޭނެ މިންގަނޑުތަކަށް ބަދަލު ގެންނާނެ ކަމަށެވެ. ނަމަވެސް މިއީ ޔޫއޭފާ އާއި ސްޕެނިޝް ލީގުން ތައާރަފް ކުރަން ބޭނުންވާ ކަންކަމަށް ބާސެލޯނާ އެއްބަސްވާ މަތިން ގެންނަ ބަދަލުތަކެކެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
