
(ފޮޓޯ ކްރެޑިޓްސް: ހަރަމައިން)
ކޮވިޑް-19 ބަލި އެންމެ ހަލުވިކޮށް ފެތުރުނު އަހަރުތައް ނުހިމަނާ، ފާއިތުވި 30 އަހަރުގެ ތެރޭގައި އެންމެ މަދު ޢަދަދަކަށް މުސްލިމުން ޙައްޖުވީ މި އަހަރު ކަމަށް ސަޢުދީ ޢަރަބިއްޔާއިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ސަޢުދީ ޢަރަބިއްޔާގެ ޙައްޖާބެހޭ ވުޒާރާއިން ބުނީ މި އަހަރުގެ ޙައްޖުގައި ބައިވެރިވެފައި ވަނީ ޖުމްލަ 1،673،230 މުސްލިމުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސަޢުދީ ޢަރަބިއްޔާއަށް ނިޞްބަތްވާ 166،654 ޙައްޖުވެރިންނާއި ޤައުމުން ބޭރުން ޒިޔާރަތް ކުރި 1،506.576 ޙައްޖުވެރިންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ޙައްޖުވީ މީހުންގެ ތެރޭގައި ހިމެނެނީ 877،841 ފިރިހެނުންނާއި 795،389 އަންހެނުންނެވެ.
މި އަހަރު ޙައްޖުވީ މީހުންގެ ޢަދައަކީ 2024ވަނަ އަހަރާއަޅާ ބަލާއިރު 160،000 މީހުން މަދު ޢަދަދެކެވެ. އެ ޢަދަދަކީ ކޮވިޑް-19ގެ ޢާލަމީ ވަބާ ފެތުރުމުގެ ކުރީގެ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް މަދު ޢަދަދެކެވެ. ކޮވިޑް-19 ފެތުރުމުގެ ކުރީގެ އަހަރުތަކުގައި ދެ މިލިޔަނަށްވުރެ ގިނަ މުސްލިމުން ދިޔައީ ކޮންމެ އަހަރަކު ވެސް ޙައްޖުވަމުންނެވެ. 2012ވަނަ އަހަރު 3.16 މިލިޔަނަށް ވުރެ ގިނަ މުސްލިމުންނާއެކު ރެކޯޑު ޢަދަދެއްގެ މީހުން ވަނީ ޙައްޖުގެ އަޅުކަމުގައި ބައިވެރިވެފައެވެ.
އެހެން އަހަރުތަކާ އަޅާބަލާއިރު މި އަހަރުގެ ޙައްޖުގައި ބައިވެރިވި މީހުންގެ ޢަދަދު އެހާ ބޮޑަށް ދަށަށް ދިޔައީ ކީއްވެ ކަމާމެދު ސަޢުދީ ޢަރަބިއްޔާގެ ރަސްމީ އިދާރާތަކުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި މި އަހަރު ޙައްޖުވެރިންގެ ޢަދަދު ދަށަށް ގޮސްފައި މި ވަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމާއި އިޤްތިޞާދުތަކަށް ހީނަރުކަން އައުމުގެ ސަބަބުން ޙައްޖަށް ދިޔުމަށް ކުރަންޖެހޭ ޚަރަދު ވެސް ބައެއް މީހުންނަށް އަތްނުފޯރާ ވަރަށް މައްޗަށް ދިޔުމުންނެވެ. އޭގެ އިތުރުން، މި އަހަރުގެ ޙައްޖުގެ ދުވަސްވަރު ސަޢުދީ ޢަރަބިއްޔާގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދިޔުމުގެ ސަބަބުން ވެސް ޙައްޖަށް ދިޔުމަށް ވިސްނައިގެން ތިބި ގިނަ ބަޔަކު އެ ޚިޔާލު ދޫކޮށްލާފައިވާ ކަމަށް ބެލެވެއެވެ. ހަމަ އެއާއެކު ސަޢުދީ ޢަރަބިއްޔާއިން ޙައްޖުގެ އަޅުކަން ކުރުމަށް އެ ޤައުމަށް އެތެރެވުމާ ގުޅޭ ގޮތުން ޤާއިމު ކޮށްފައިވާ ހަރުކަށި ޤާނޫނުތަކާއި ޤަވާއިދުތަކުގެ ސަބަބުން ވެސް ޙައްޖުގެ އަޅުކަމުގައި ބައިވެރިވި މީހުންގެ ޢަދަދު ދަށަަށް ދިޔަ ކަމަށް ބެލެވެއެވެ.
ކޮވިޑް-19ގެ ސަބަބުން 2020ވަނަ އަހަރާއި 2022ވަނަ އަހަރާ ދެމެދު ސަޢުދީ ޢަރަބިއްޔާއިން ވަނީ ޙައްޖުގެ އަޅުކަމުގައި ބައިވެރިވޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މަދު ކޮށްފައެވެ. އަދި ޙައްޖުގެ އަޅުކަން ޢަދާ ކުރުމުގައި ބޯލަނބަން ޖެހޭ ގިނަ ޤަވާއިދުތަކެއް ވަނީ ތަންފީޒު ކޮށްފައެވެ. ބަލިމަޑުކަން ފެށުނު ފަހުން، ކޮވިޑް-19ގެ ދުވަސްވަރު ޤާއިމު ކުރި ޤަވާއިދުތަކަށް ލުއި ދީ، އާންމު ޙާލަތަށް ރުޖޫޢަވެ ފުރަތަމަ ޙައްޖެއް ބޭއްވީ 2023ވަނަ އަހަރުއެވެ. ސަޢުދީ ޢަރަބިއްޔާގެ އިދާރާތަކުން މަޢުލޫމާތު ދޭ ގޮތުގައި މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް، މާރިޗު މަހުގެ ތެރޭގައި 122،286،712 މީހުން މާތްވެގެންވާ ޙަރަމަށް ޒިޔާރަތް ކޮށް އަޅުކަން ކޮށްފައިވެއެވެ. އެ ގޮތުން 16،558،241 މީހުން އެ ދުވަސްވަރު ޢުމްރާގެ އަޅުކަން ޢަދާ ކޮށްފައިވާ އިރު، 75،573،928 މީހުން ވަނީ މައްކާގައި ހުންނަ މަސްޖިދުމް ޙަރާމަށް ޒިޔާރަތް ކޮށްފައެވެ. އަދި 30،154،542 މީހުން ވަނީ މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއަށް ޒިޔާރަތް ކޮޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
