
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެތައް ހާސް ބަޔަަކު ބަނޑަށް ޖެހެމުންދާ ފަލަސްޠީނުގެ ޣައްޒާއަށް އދ މެދުވެރިވެ މިހާތަނަށް ގެންދެވިފައި ވަނީ މަދު ޢަދަދެއްގެ ފުށް ކަމަށާއި، އެތެރެކުރާ މަދު މިންވަރު ވެސް ގޮތްހުސްވެފައިވާ ޣައްޒާގެ ރައްޔިތުންނާއި ލޫޓުވާ މީހުންގެ ޝިކާރައަކަށް ވެފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ. ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންނަށް އަމާޒު ކޮށް ދިން ޖިހާދީ ޙަމަލާއަކާ ގުޅިގެން، އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ދުވަސްކޮޅެއް ކުރިން، މާރިޗު މަހުގެ 2ވަނަ ދުވަހު ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސް އަޅާފައެވެ.
ތިން މަހެއްހާ ދުވަހު ޣައްޒާއަށް އެއްވެސް މިންވަރަކަށް އެހީގެ ސާމާނު ނުވެއްދި އޮތުމަށްފަހު، މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން ޔަހޫދީން ވަނީ ޣައްޒާއަށް މަދު މިންވަރެއްގެ ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމުގެ ފުރުޞަތު ދީފައެވެ. އެ ފުރުޞަތު ދީފައި ވަނީ އެތައް ހާސް ބަޔަކު ފާޅުގައި ބަނޑަށް ޖައްސަމުންދާތީ ބައިނަލްްއަޤްވާމީ ދުނިޔެއިން ޔަހޫދީންނަށް ފިއްތުންތައް ކުރުމަތި ކުރަން ފެށުމުންނެވެ. ނަމަވެސް ފާއިތުވީ މުއްދަތުގައި އެދެވޭ މިންވަރަށް ޣައްޒާއަށް ކާބޯތަކެތި އެތެރެކުރެވިފައި ނުވާ ކަމަށް އދން ބުނެއެވެ. ވެއްދޭ މަދު ޢަދަދެއްގެ ސާމާނު ވެސް ލޫޓުވާ މީހުންގެ ޝިކާރައަކަށް ވަމުންދާ ކަމަށާއި ގޮތް ހުސްވެ ބަނޑަށް ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުން ވެސް އެ ތަކެތި ނިޒާމުން ބޭރުން ނަގަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.
އދގެ ތަރުޖަމާނުގެ ނައިބު، ފަހަން ހައްޤު ވިދާޅުވީ އެހީހެ ސާމާނު ވެއްދުމަށް ޔަހޫދީން ޙުއްދަ ދީފައިވާ ހަމައެކަނި މަގު ކަމަށްވާ ކެރެމް ޝަލޯމް ކްރޮސިންގ މެދުވެރި ކޮށް، އދން 4،600 މެޓްރިކް ޓަނުގެ ގޮދަން ފުށް ޣައްޒާއަށް އެތެރެ ކޮށްފައިވާ ކަމަށެވެ. ޣައްޒާގައި ޙަރަކާތްތެރިވާ އެހީދޭ ޖަމްޢިއްޔާތަކުން މަޢުލޫމާތު ދޭ ގޮތުގައި، ޣައްޒާގެ ކޮންމެ ޢާއިލާއަކަށް ގޮދަން ފުށް ކޮތަޅެއް ފޯރު ކޮށްދިނުމަށް 8،000އާއި 10،000 މެޓްރިކް ޓަނުގެ ގޮދަންފުށް ޣައްޒާއަށް އެތެރެ ކުރަން ޖެހެއެވެ. ޣައްޒާގެ ރައްޔިތުން ތަޙައްމަލް ކުރަމުންދާ ގޮތް ހުސްވެފައިވާ ކަމުގެ އިޙްސާސަށް ކިރިޔާ ވެސް ލުޔެއް ލިބި، ތަކެތީގެ އަގުތައް އެތަައް ގުނައަކުން އުފުލިފައިވާ ބާޒާރުތަކަށް ލުޔެއް ލިބޭނީ ވެސް އޭރުން ކަމަށް ހައްޤު ވިދާޅުވިއެވެ.
“ޣައްޒާއަށް އެތެރެކުރި ސާމާނުގެ ތެރެއިން ބޮޑު ބައެއް، އެ ސާމާނު ގެންދަންޖެހޭ މަންޒިލްތަކަށް ގެންދެވުމުގެ ކުރިން، ގެންގޮސްފައި ވަނީ ގޮތް ހުސްވެ، ބަނޑުހައި ހޫނުކަން އިންތިހާ ދަރަޖައަށް ތަހައްމަލް ކުރަމުންދާ ޛައްޒާގެ ރައްޔިތުން. ބައެއް ޙާލަތްތަކުގައި ހަތިޔާރުއެޅި ލޫޓުވާ މީހުން ވެސް ސާމާނު ގެންގޮސްފައިވޭ”، ހައްޤު ވިދާޅުވިއެވެ. ޙައްޤު ވަނީ އެކި މަގުމަގުން ޣައްޒާއަށް އެހީ ވެއްދުމަށް ފުރުޞަތު ދީ، އެހީ ވައްދާ ޢަދަދު ބޮޑުތަނުން އިތުރު ކުރުމަށް ޔަހޫދީންނަށް ގޮވާލައްވައިފައެވެ. ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޕްރޮގްރާމް، ޑަބްލިޔުއެފްޕީން ބުނީ 4،600 މެޓްރިކް ޓަނުގެ ފުށުން ޣައްޒާގެ 2 މިލިޔަން ރައްޔިތުންނަށް އަށް ދުވަހަށް ފުދޭ ވަރަށް ޕާން ފިހެވޭނެ ކަމަށެވެ. އެއީ ކޮންމެ މީހަކަށް ދުވާލަކަށް 300 ގުރާމުގެ މަގުންނެވެ.
މިދިޔަ މެއި މަހުގެ މެދުތެރޭގައި، އެގާރަ ހަފްތާއަށް ފަހު ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުއްދަ ދިނުމުން އދން މައިގަނޑު ގޮތެއްގައި އެ ސަހަރަށް އެތެރެ ކޮށްފައި ވަނީ ފުށާއި މަދު ޢަދަދެއްގެ ޞިއްޙީ ސާމާނެވެ. ކަމާބެހޭ ތަޖުރިބާކާރުން ވަނީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހެމުންދާ ކަން ފާހަގަ ކޮށް، ހަށިގަނޑަށް ބޭނުންވާ ބައިތައް ނުލިބުމުގެ ސަބަބުން މެލްނިއުޓްރިޝަން ޙާލަތު ކުރިމަތިވަމުންދާ ކުޑަކުދިންގެ ޢަދަދު ޣައްޒާގައި ތިން ގުނައަށް އިތުރުވެފައިވާ ކަމަށް ބުނެފައެވެ.
ޔަހޫދީންނާއި އެމެރިކާއިން ބޭނުން ވަނީ އެމެރިކާއާ ގުޅުންހުރި ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ބެލުމުގެ ދަށުން ޣައްޒާއަށް އެތެރެކުރާ އެހީގެ ސާމާނު ބަހާށެެ. ޖީއެޗްއެފުން އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ކުރަނީ އެމެރިކާގެ އަމިއްލަ ސަލާމަތީ ކުންފުންޏަކާ ގުޅިގެންނެވެ. ޣައްޒާގައި ޖީއެޗްއެފުން ޙަރަކާތްތެރިވާން ފަށާފައި ވަނީ މިދިޔަ މެއި މަހުގެ 26ވަނަ ދުވަހުއެވެ. ނަމަވެސް އދން ވަނީ އެ ޖަމްޢިއްޔާ މެދިވެރިކޮށް އެހީގެ ސާމާނު ބެހުމަށް ދެކޮޅު ހަދާފައެވެ. ޖީއެޗްއެފަކީ މިނިވަން އަދި ވަކި ފަރާތަކަށް ނުޖެހޭ ފައުންޑޭޝަނެއް ކަމަށް އދން ޤަބޫލެއް ނުކުރެއެވެ. އދން ވަނީ ޖީއެޗްްއެފުން އެހީގެ ސާމާނު ބަހާ ނިޒާމަކީ އެހީގެ ސާމާނު ހަނގުރާމައިގެ ހަތިޔާރަށް ހަދައި، ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކުރުވާ ނިޒާމެއް ކަމަށް ތުހުމަތު ކޮށްފައެވެ.
ޔަހޫދީން އދން ޣައްޒާއަށް އެތެރެކުރާ އެހީގެ ސާމާނު ކެރެމް ޝަލޯމް ކްރޮސިންގެ ފަލަސްޠީނާވީ ފަޅިއަށް ބާލުވައެވެ. އެއަށްފަހު ޣައްޒާގައި މިހާރު ވެސް ޙަރަކާތްތެރިވަމުންދާ އދއާއި އެހެން އެހީދޭ ޖަމާޢަތްތަކުގެ މަންދޫބުން އެ ތަކެތި އެ ސަރަޙައްދުން ބަލާ ދާން ޖެހެއެވެ. އދން ވަނީ ތަކެތި ހުރި ސަރަޙައްދަށް ތަކެތި ބަލާ ދާން އެދުމުން ޔަހޫދީން އެ ކަމަށް ވަރަށް ގިނައިިން ދެކޮޅު ހަދާ ކަމަށް ފާހަގަ ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
