
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަތްކަނޑުގައި އޮންނަ ޔަމަނުގެ ޙުދައިދާ ބަނދަރަށް ޔަހޫދީންގެ ނިރުބަވެރި ކަނޑުގެ ސިފައިން ބޮން އަޅައިފިއެވެ. މި ޙަމަލާދީފައިވަނީ ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީން ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ވައިގެ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އަދި ޔަހޫދީންގެ ރަށްތަކަށް ދޭ ޙަމަލާތައް ނުހުއްޓައިފިނަމަ، ކަނޑާއި ވައިގެ މަގުން އެ ބަނދަރު ފުރަބަންދުކުރާނެކަމުގެ އިންޒާރުވެސް ޔަހޫދީންގެ ނިރުބަވެރި ސިފައިން ވަނީ ދީފައެވެ. ޙުދައިދާ ބަނދަރަށް ވައިގެ ދެ ޙަމަލާއެއް އަމާޒުވެފައިވާއިރު، އެ ޙަމަލާތަކުގައި މީހަކަށް ގެއްލުމެއް ލިބުނުކަމެއް އަދި ނޭނގެއެވެ. ޙުދައިދާއަށް ޙަމަލާދީފައި މި ވަނީ، ޙުދައިގެ އިތުރުން ރަސް ޢިއްސާއާއި ސާލިފް ބަނދަރު ސަރަޙައްދު ދޫކޮށް ޢާންމުން ދިޔުމަށް ޔަހޫދީން އިންޒާރުތަކެއް ދިނުމަށްފަހުއެވެ.
ޔަހޫދީންނާ ދެކޮޅަށް ޙޫޘީން އަސްކަރީ ޙަރަކާތެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފެށުމާ ގުޅިގެން އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ޙޫޘީން އަމާޒަކީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކާއި ފަލަސްޠީނުގެ ރައްޔިތުންނަށް ވާގިވެރިވުމެވެ. ބޭނުމަކީ ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ހުއްޓުމަކަށް ގެނައުމެވެ. ޙޫޘީންގެ އަސްކަރީ އޮޕަރޭޝަންގެ ދަށުން އެ ޖަމާޢަތުން ދަނީ ނުރައްކާތެރި މިސައިލްތަކާއި އަސްކަރީ ޑްރޯންތައް ބޭނުން ކޮށްގެން ޒަޔަނިސްޓުންގެ ރަށްތަކާއި، މަސްލަޙަތު އޮތް އުޅަނދުފަހަރަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ.
މީގެ އިތުރުން، ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް ވެސް ޙޫޘީން ދިޔަައީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. ނަމަވެސް، އެމެރިކާއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ޖަމާޢަތުން ވަނީ ރަތް ކަނޑުގައި ހިންގަމުން ދިޔަ އަސްކަރީ ޙަރަކާތްތައް މެދުކަނޑައިލާފައެވެ. އަދި، އޭގެ ބަދަލުގައި އެމެރިކާއިން ވަނީ ޔަމަންގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ބޮންއެޅުން ހުއްޓައިލާފައެވެ. ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ 100އެއްހާ އުޅަނދަށް ޙޫޘީންގެ ޙަމަލާތައް އަމާޒުކޮށްފައިވާއިރު، އޭގެ ތެރެއިން ދެ އުޅަނދު ވަނީ ފައްތައިލާފައެވެ. ޙޫޘީންގެ ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަހޫދީންގެ ރަށްތަކަށް މުދާ އުފުލާ އާގުބޯޓުފަހަރަށެވެ. އަދި، ޔަހޫދީންގެ މަސްލަޙަތު އޮތް ކުންފުނިތަކުން ހިންގާ އުޅަނދުފަހަރަށެވެ. މީގެ އިތުރުން، އެމެރިކާއާއި އިނގިރޭސިވިލާތުގެ އާގުބޯޓުފަހަރާއި އަސްކަރީ މަނަވަރުތަކަށް ވެސް ޙޫޘީން ކުރިން ޙަމަލާތައް އަމާޒު ކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
