
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީންގެ ނިރުބަވެރި ފައުޖުން ދެމުންދާ ލާއިންސާނީ ޙަމަލާތައް ހުއްޓާލައި، އަސީރުންނާއި ޤައިދީން ބަދަލުކުރުމަށް ކުރަމުން އަންނަ މަޝްވަރާތަކުގައި، އީރާނުގެ ދައުރެއް ވެސް އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ. “ޣައްޒާއާ ގުޅޭގޮތުން، މިވަގުތު އޮތީ އަޅުގަނޑުމެންނާއި [އެމެރިކާ] ޙާމާސް އާއި އިސްރާއީލާ ދެމެދު ވަރުގަދަ މަޝްވަރާތަކެއްގެ ތެރޭގައި. އަދި އީރާނުން ވެސް އެކަމުގައި ބައިވެރިވަމުންދަނީ. އެހެންވީމާ މިކަމުގައި ވާނެ ގޮތެއް ދެން ބަލަންޖެހޭނީ. އަޅުގަނޑުމެން ބޭނުންވަނީ އަސީރުން އަނބުރާ ހޯދަން،” ވައިޓް ހައުސްގައި ބޭއްވި ޙަފްލާއެއްގައި ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް، މި މަޝްވަރާތަކުގައި އީރާނުން އަދާ ކުރާ ސީދާ ދައުރެއް ޓްރަމްޕް ހާމަކުރައްވާފައެއްނުވެއެވެ. އަދި މިކަމާ ގުޅޭގޮތުން، އީރާނުން ވެސް އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއްނުވެއެވެ. އެމެރިކާއިން ހުށަހަޅާފައިވަނީ، ޣައްޒާގައި ޔަހޫދީންގެ ނިރުބަވެރި ފައުޖުން ދެމުންދާ ލާއިންސާނީ ޙަމަލާތައް 60 ދުވަހަށް ހުއްޓާލައި، ޙަމާސްގެ ބެލުމުގައި ދަށުގައި ތިބި 28 އަސީރުންނާއި ޔަހޫދީންގެ ޖަލުތަކުގައި ތިބި 1،000 އަށް ވުރެ ގިނަ ޤައިދީން މިނިވަން ކުރުމުގެ ޕްލޭނެކެވެ. ޣައްޒާގައި ޙަމަލާތައް ހުއްޓައިލުމުގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދަޢުރު އަދާކުރަމުންދާ މިޞްރާއި ޤަތަރުގެ ރުހުމާއެކު، އެމެރިކާއިން ހުށަހަޅާފައިވާ ޕްލޭނުގައި ޔަހޫދީންގެ ޖަލުތަކުގައި ނުހައްޤުން ބަންދުކޮށްފައިވާ 1،236 ޤައިދީންނާއި 180 ފަލަސްޠީނުގެ ރައްޔިތުންގެ ހަށިތައް އާއިލާތަކާ ޙަވާލުކުރަން ހިމަނާފައިވާކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.
އެ އެއްބަސްވުމަށް ޔަހޫދީންނާއި ޙަމާސްއިން އެއްބަސްވުމާއެކު، ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ހުޅުވާލެވި، އދ. އާއި ރެޑްކްރެސެންޓު ފަދަ ބައިނަލްއަޤްވާމީ އެހީ ދޭ ޖަމްޢިއްޔާތަކުން، ނިކަމެތި ޙާލުގައި ދިރިއުޅެމުންދާ ޣައްޒާގެ ރައްޔިތުންނަށް އެހީ ބެހުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ވެސް އެ ޕްލޭނާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުންޏެވެ. ޣައްޒާގައި ޙަމަލާތައް ހުއްޓައިލަން އެމެރިކާއިން ހުށަހަޅާފައިވާ އެ ހުށަހެޅުމަށް ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން އެއްބަސްވެފައިވާ ކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ. ނަމަވެސް، އެމެރިކާގެ އެ ހުށަހެޅުމުގައި ވެސް ޣައްޒާގެ ރައްޔިތުންގެ ހައްޤުތައް އެކަށީގެންވާ ގޮތެއްގައި ހިމާޔަތް ކުރުމުގެ ފުރުޞަތު ލިބިދީފައިނުވާ ކަމަށް ބުނެ، އެ ހުށަހެޅުން ބަލައިގަންނަން ދަތިކަމަށް ޙަމާސްއިން ވަނީ ބުނެފައެވެ. އެމެރިކާގެ މި ޕްލޭނަށް ދެ ފަރާތުން އެއްބަސްވުމާއެކު، ޣައްޒާގައި ޔަހޫދީންގެ ނިރުބަވެރި ފައުޖުން ހިންގަމުންދާ އަސްކަރީ ހުރިހާ ހަރަކާތްތަކެއް ހުއްޓައިލެވޭނެއެވެ.
އަދި އެ 60 ދުވަހުގެ ތެރޭގައި، ހަނގުރާމަ ދާއިމީކޮށް ހުއްޓައިލުމުގެ އެއްބަސްވުމަކާ ހަމައަށް ނުދެވިއްޖެނަމަ، ޙަމަލާތައް ހުއްޓައިލުމުގެ މި އެއްބަސްވުން އިތުރުކުރުމުގެ ފުރުޞަތު ވެސް އޮންނާނެއެވެ.ޔަހޫދީ ފައުޖުން ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ހުރަސް އަޅާފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެއީ، ޣައްޒާގެ ރައްޔިތުން ގަސްދުގައި ހައިހޫނުގައި ޖައްސައި، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމުގެ ނިޔަތުގައި ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާތަކުގެ އިތުރުން އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވެސް ވަނީ ސިފަކޮށްފައެވެ. ބައިނަލްއަޤްވާމީ ފިއްތުންތަކާ ގުޅިގެން ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީ ފައުޖުން އަލުން ދީފައި ވަނީ 11 ހަފުތާއަށް ފަހުއެވެ. ނަމަވެސް، އެތެރެ ކުރުމުގެ ހުއްދަ ދީފައި ވަނީ މަދު އަދަދެއްގެ ކާބޯތަކެއްޗާއި އެހީއަށެވެ.
About Post Author
މާދަމާ ނިއުސް
ސްރީލަންކާއިން ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި
ސްރީލަންކާއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެ ކަނބަލުންނަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ. ލަންކާއިން ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މަރުޙަބާ ދަންނަވާފައިވަނީ...
ތިމާވެށްޓާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ލަންކާއާއެކު މަޝްވަރާކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ޜައީސް އޮފީސް) ތިމާވެއްޓާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއާއި ލަންކާއާދެމެދު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ސްރީލަންކާގެ ރައީސް...
“މާލޭގެ މަގުތަކުގެ ޑިޒައިން މަސައްކަތް ކުރަން ޗައިނާގެ ޓީމެއް މިމަހު ރާއްޖެ އަންނާނެ”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ޗައިނާގެ ހިލޭ އެހީގައި ކުރިއަށްގެންދާ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ޑިޒައިން މަސައްކަތަށް މި މަހު ޗައިނާގެ ޓީމެއް...
“ޕީއެސްއެމް ނިއުސްއަކީ ޤައުމިއްޔަތަށް ހިތްވަރުދޭ ޗެނަލެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕީއެސްއެމް ނިއުސްގެ 9 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި، ދިވެހި ބަހާއި ޤައުމިއްޔަތާއި ސަޤާފީ ތަރިކަ ރައްކާތެރިކުރުމަށް އިސްކަންދޭ...
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ލަންކާއިން ހޫނު މަރުޙަބާއެއް!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސްރީލަންކާގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި...
މިދިޔަ މަހު ރާއްޖެއަށް 152,000އަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: ވިލާ ރިސޯޓްސް) ނިމިދިޔަ މަހު ރާއްޖެއަށް 152,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 8 ލައްކައަށްވުރެ ގިނަ...
