
ވޯލްޑްކަޕް ކޮލިފައިން އޭޝިޔާ ބައްރުގައި ރޭ ސައުދި އަރަބިއްޔާ އާއި ދެކޮޅަށް އޮސްޓްރޭލިއާ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ސައުދި އަރަބިއްޔާ ބަލިކޮށް އޮސްޓްރޭލިއާ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ އެވެ. މި މެޗުން މޮޅުވެ އޮސްޓްރޭލިއާ ވޯލްޑްކަޕަށް ކޮލިފައިވިއިރު މިއީ ޖެހިޖެހިގެން އެ ގައުމުން ވޯލްޑްކަޕަށް ކޮލިފައިވި ހަވަނަ ފަހަރެވެ. މިހާތަނަށް އޮސްޓްރޭލިއާއަށް ވޯލްޑްކަޕްގައި ހޯދިފައިވާ އެންމެ ރަގަޅު ނަތީޖާ އަކީ 2006 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ދެވަނަ ބުރަށް ދަތުރު ކުރެވުމެވެ. އޮސްޓްރޭލިއާ މި މެޗުން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ކޮލިފައިންގެ ގްރޫޕް ސީގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮވެ މީގެ ކުރިން ޖަޕާން ވަނީ ވޯލްޑްކަޕްގެ ޖާގައެއް ހޯދާފަ އެވެ. މި މެޗުން ބަލިވި އޮސްޓްރޭލިއާ އަށް ޖެހޭނީ އިތުރު މެޗުތަކެއް ކުޅުމަށެވެ.
އެގޮތުން ކޮންމެ ގްރޫޕަކުންވެސް ތިންވަނަ އަދި ހަތަރުވަނަ އަށް ދިޔަ ޓީމުތަކުގެ މެދުގައި އިތުރު ބުރެއް ކުޅުމަށްފަހު އެންމެ މޮޅު ދެ ޓީމަށް ވޯލްޑްކަޕްގެ ޖާގައެއް ލިބިގެންދާނެ އެވެ. ސައުދި އަރަބިއްޔާގެ ޖިއްދާގައި ކުޅުނު މި މެޗުގެ 19 ވަނަ މިނިޓުގައި ސާލިމް އަލް ދައުސާރީ ދިން ޕާހަކުން އަބްދުލްރަހްމާން އަލް އަބުދު ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް އޮސްޓްރޭލިއާގެ ކޮނޯ މެޓްކާފް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި މެޗުން އޮސްޓްރޭލިއާ މޮޅުވި ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މިޗެލް ޑޫކް އެވެ.
ސައުދީ ބަލިކޮށް އޮސްޓްރޭލިއާ އިން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު މިއީ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް ކޮލިފައިވި 11 ވަނަ ގައުމެވެ. އޭޝިޔާއަށް ލިބިފައިވާ 8 ޖާގައިގެ ތެރެއިން ހަ ގައުމެއް މިހާރު ވަނީ ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. އެއީ އޮސްޓްރޭލިއާގެ އިތުރުން އިރާން, ޖަޕާން, ޖޯޑަން, ސައުތު ކޮރެއާ އަދި އުޒްބެކިސްތާން އެވެ. މީގެ ތެރެއިން ޖޯޑަން އާއި އުޒްބެކިސްތާން މިއީ ވޯލްޑްކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
އޯޝެނިޔާ އިން ނިއު ޒިލޭންޑްގެ ވޯލްޑްކަޕަށް ކޮލިފައިވެފައިވާއިރު އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާވެސް ވަނީ މުބާރާތަށް ކޮލިފައިވެފަ އެވެ. އަދި މި މުބާރާތް ބާއްވާ ތިން ގައުމު ކަމުގައިވާ އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާވެސް ވަނީ މުބާރާތަށް ކޮލިފައިވެފަ އެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
