
ޖަރުމަނުގެ ގައުމީ ކީޕަރު އަދި ބާސެލޯނާގެ ކެޕްޓަން މާކް އަންދްރޭ ޓާސްޓެގަން ގައުމީ ޓީމުގެ ޑިއުޓީ ނިންމައި އެނބުރި ބާސެލޯނާ އަށް ދިޔައީ ކުލަބުގެ ރައީސް ޖޯން ލަޕޯޓާއާ ކުރިމަތިލާން ނިންމައިގެން ކަމަށް ސްޕޭނުގެ މީޑިއާތަކުން ބުނެފި އެވެ. ޓާސްޓެގަން ސްޕޭނަށް ދިޔައީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި މާދަމާ އޭނާ ބާސެލޯނާގެ ރައީސް އާއި ކޯޗު ހަންސީ ފްލިކާއެކު ބައްދަލުކުރާނެ ކަމަށްވެ އެވެ. މި ބައްދަލުވުމުގައި ޓާސްޓެގަން ރުޅި އިސްކުރާނެ ކަމަށާއި އޭނާގެ ހިތްހަމަނުޖެހުން ފާޅު ކުރާނެ ކަމަށް ވެސް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.
ފާއިތވެދިޔަ 10 އަހަރު ބާސެލޯނާ އަށް ކުޅުނު ކީޕަރު ކުލަބާމެދު ހިތްހަމަ ނުޖެހުނީ އޭނާގެ ބަދަލުގައި އާ ގޯލްކީޕަރަކު ގެނެސް އަންނަ ސީޒަނުގައި ފުރަތަމަ 11އިން ޖާގަ ނުދޭން ނިންމުމުންނެވެ. ބާސެލޯނާއިން މި ގޮތަށް ނިންމީ ފާއިތުވެދިޔަ އަހަރުތަކުގައި ޓާސްޓެގަން މޮޅަށް ކުޅުނަސް އޭނާ އަށް ގާތްގާތުގައި އަނިޔާވާތީ އެވެ. ހާއްސަކޮށް އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާ މުޅިން ރަނގަޅު ނުވާތީ އެވެ. މި ގޮތުން ހުސްވި ސީޒަން އެއްކޮށް އޭނާ ހުރީ އަނިޔާގަ އެވެ. މިހެންވެ އުމުރުން 33 އަހަރުގެ ކީޕަރު އަލުން ފުލް ފޯމަށް އަންނާނެ ކަމަށް ބާސެލޯނާއިން ގަބޫލެއް ނުކުރެ އެވެ.
ސްޕޭނުގެ ނޫސްތަކުން ބުނަނީ ޓާސްޓެގަން އާއި ބާސެލޯނާގެ ބައްދަލުވުން ހޫނު ވާނެ ކަމަށެވެ. އަދި ކަންކަން ހައްލު ނުވާނެ ކަމަށް ފެންނަނަމަ ޓާސްޓެގަންގެ ކޮންޓްރެކްޓް ބާތިލް ކުރަން ވެސް ބާސެލޯނާ ވިސްނާ ކަމަށެވެ. އެ ކުލަބާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ދެ އަހަރު އެބައޮތެވެ. ބާސެލޯނާއިން ހުށަހަޅަނީ އެއް އަހަރުގެ މުސާރަ އެއްކޮށްދީފައި ޓާސްޓެގަން ބޭނުން ކުލަބަކަށް ދިއުމަށެވެ. ނަމަވެސް އޭނާ ހުރީ އެހާ ފަސޭހައިން ބާސެލޯނާ އަށް ދޫދޭ ގޮތަކަށް ނޫނެވެ.
ޓާސްޓެގަން އަށް ޝައުގުވެރިވާ ޔޫރަޕުގެ މަޝްހޫރު ކުލަބުތަކެއް އެބަތިއްބެވެ. އެއީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އާއި އިޓަލީގެ އިންޓަ މިލާނާއި ތުރުކީގެ ގަލަޓަސަރާއީ ހިމެނެ އެވެ.
ބާސެލޯނާ ގަބޫލު ކުރަނީ ކުރިއަށް އޮތް ވޯލްޑް ކަޕް އަހަރު ކަމަށް ވުމުން ފުރަތަމަ 11އިން ޖާގަ ނުދޭނަމަ ޓާސްޓެގަން އެހެން ކުލަބަކަށް ބަދަލުވާނެ ކަމަށެވެ. އެއީ ޖަރުމަނުގެ ގައުމީ ކީޕަރުކަން ކުރުމަށް އޭނާ ކުލަބުގައި ގަވާއިދުން ކުޅެންޖެހޭތީ އެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
