
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ޗައިނާގެ ހޮންގކޮންގުގައި ކުރިއަށްދިޔަ ބައިނަލް އަޤްވާމީ ދެމުބާރާތުން ފަޚުރުވެރި ވަނަތަކެއް ހޯދި ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމު ރޭގައި މާލެ އަތުވެއްޖެއެވެ. މިމަހުގެ ފަހަކުން އަށަކަށް ހޮންގކޮންގުގައި ކުރިއަށްދިޔަ ހޮންގކޮންގު ޗެލެންޖު ކަޕުގައި ރާއްޖޭގެ ސީނިއާރ ނެޓްބޯޅަ ޓީމުންވަނީ ވާދަކޮށް މުބާރާތުގެ ދެވަނަ ހޯދާފައެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ހޮންގކޮންގުން ހޯދާފަވާއިރު، ހޮންގކޮންގަކީ އޭޝިއާގެ ނެޓްބޯޅައިގެ ރޭންކިންގެ ހަތަރުވަނައިގައިވާ ޓީމެވެ. މީގެ އިތުރުން ރާއްޖޭގެ 21 އަހަރުންދަށުގެ ނެޓްބޯޅަ ޓީމުވެސްވަނީ ހޮންގކޮންގުގައި ކުރިއަށްދިޔަ ބައުހީނިއާ ކަޕުގައި ވާދަކޮށް ޗައިނީޒް ޓައިޕޭ ބަލިކުރުމަށްފަހު މުބާރާތުގެ ތިންވަނަ ކަށަވަރުކޮށްފައެވެ. ރާއްޖޭގެ އިތުރުން ދެން މިމުބާރާތުގައި ވާދަކޮށްފަވަނީ މުބާރާތް ބޭއްވި ގައުމުކަމަށްވާ ހޮންގކޮންގާއި، ޗައިނީޒް ޓައިޕޭ އަދި އަވަށްޓެރި އިންޑިއާއެވެ.
ނެޓްބޯޅަ ޓީމުން ހޯދި ކާމިޔާބީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ގައުމީ ނެޓްބޯޅަ ޓީމުގެ ކޯޗު ނީޝާ ސަލީމް ބުނީ ބައިނަލް އަޤްވާމީ މިފަދަ މުބާރާތްތަކުގައި ވާދަކުރަން ލިބުމަކީ ޓީމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. ވަކިން ޚާއްސަކޮށް ސީނިއާ ގައުމީ ނެޓްބޯޅަ ޓީމަކީ މިފަދަ ފުރުސަތުތައް މީގެ ކުރިން ނުލިބޭ ޓީމެއްކަމަށާ މިމުބާރާތުގެ ސަބަބުން ކުރިއަށް އޮތް އޭޝިއަން ޗެމްޕިއަންޝިޕަށް އެ ޓީމު ބައްޓަން ކުރުމުގައި ވިސްނަންވީ ދިމާތައް ދެނެގަތުމަށް ބާރަކަށްވެގެން ހިނގައްޖެކަމަށްވެސް ނީޝާގެ ވާހަކައިގައި ފާހަގަކުރިއެވެ.
“އަޅުގަނޑުމެން މިދިޔައީ ސީނިއާރ ޓީމާ އަންޑަރ 21 ޓީމާ އެއްކޮށް، ދެން އަންޑަރ 21 ޓީމު އަސްލުގަ އަޅުގަނޑުމެން ތައްޔާރުމިވަނީ ކުރިއަށް މިއޮތް ޖޫނިއާ އޭޝިއަން ޗެމްޕިއަންޝިޕަށް މުބާރާތަށް ކޮރެއާގަ އޮތް. ދެން ވަރަށް ރަނގަޅު އެކްސްޕީއަންސެއްކަމަށް މިބަލަނީ. އަޅުގަނޑުމެންނަށް ލިބުނީ އަނޑަރ 21އިން ތިންވަނަ. އަޅުގަނޑުމެންނަކަށް އަނެއްހެން ރާއްޖޭގަ ކުޅެލާނެ އިތުރު މާބައިވަރު ޓީމުތަކެއް ނުލިބޭ. އެހެންވީމަ އެމުބާރާތުގައި ވާދަކުރާ އެހެން ޓީމުތަކާ ވާދަކޮށްލަން ލިބުނީމަ ޚުދު އަޅުގަނޑަށްވެސް ޓީމު ބައްޓަންކުރާނެ ބައިވަރު ގޮތްތަކެއް އެނގިގެންދިޔަ” ނީޝާ ބުންޏެވެ.
މިމުބާރާތުގެ ސަބަބުން ރާއްޖޭގެ ދެ ޓީމަށްވެސް ފައިދާތަކެއްކޮށްފިކަމަށާ، ކުރިއަށް އޮތް ދެމުބާރާތައް މިއީ ލިބުނު ރަނގަޅު ފުރުސަތެއްކަމަށް ނީޝާ ވަނީ ބުނެފައެވެ. މިއީ އިންވިޓޭޝަނަލް މުބާރާތެއްގައި ބައިވެރިވުމަށް ގައުމީ ނެޓްބޯޅަ ޓީމަށް ލިބުނު ފުރަތަމަ ފުރުސަތެވެ. ސީނިއާރ ގައުމީ ނެޓްބޯޅަ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ އަހަރަށް ތާވަލުކޮށްފައިވާ އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށެވެ. އަދި 21 އަހަރުންދަށުގެ ގައުމީ ނެޓްބޯޅަ ޓީމުން ފަރިތަކުރަމުންދަނީ މިއަހަރު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖޫނިއާ އޭޝިއަން ޓޯރނަމެންޓުގައި ވާދަކުރުމަށެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
