
ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަހުމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ. އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝައިޚް ފަރީދު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ. ޝައިޚް ފަރީދަކީ އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ ޢިލްމު ވެރިއެއް ކަމަށާއި އެއީ ޚުލްޤު ހެޔޮ، އަޅުވެރިއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި ޝައިޚް ފަރީދު އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ މަރްޙޫމް ޝައިޚް ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިޙްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ޘަވާބު، އެންމެ ހެޔޮ ގޮތުގައި މާތްﷲ ދެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާ، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް ދުޢާ ކުރައްވާ ކަމަށްވެސް ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވި ޚަބަރު އަޅުގަނޑު އަޑު އެހީ ފުން ހިތާމައާ އެކުއެވެ.
އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި… pic.twitter.com/pWUlTy4USX
— Dr Mohamed Muizzu (@MMuizzu) June 9, 2025
ޝައިޚް ފަރީދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފުވެސް ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ. އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޝައިޚް ފަރީދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާއި ޝައިޚު ފަރީދު ވަކިވެދިއުމަކީ ދިވެހި ޤައުމަށް އަދި އިސްލާމީ ޚިދުމަތަށް ލިބިގެން ދިޔަ ނިކަމެތި ކަމެއް ކަމަށެވެ. އަދި ޝައިޚު ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވޭ އުސްތާޛެއް ކަމަށާއި އެއީ ޚިދުމަތްތެރި ޝަޚްޞިއްޔަތެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޝައިޚް ފަރީދަކީ އިސްލާމީދީނުގެ ކަންކަން ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވުމަށް ވަރަށް ބޮޑު ޤުރުބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައާ އެކުގައެވެ. ޝައިޚު ފަރީދު ވަކިވެދިއުމަކީ ދިވެހި ޤައުމަށް އަދި އިސްލާމީ ޚިދުމަތަށް ލިބިގެން ދިޔަ ނިކަމެތި ކަމެކެވެ. ޝައިޚު ފަރީދަކީ އިސްލާމީ މަސައްކަތުގައި… pic.twitter.com/bpD6xymTK2
— Hussain Mohamed Latheef (@HucenSembe) June 9, 2025
ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބުގެ އިތުރުންވެސް ސިޔާސީ އެކި ލީޑަރުންނާއި ދައުލަތުގެ އިސްބޭފުޅުންވެސް ވަނީ ޝައިޚް ފަރީދު އަވަހާރަވުމާ ގުޅިގެން އެ ބޭފުޅާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ރާއްޖެއާއި ލަންކާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރަން ގަސް އިންދުމުގެ ރަސްމިއްޔާތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލަންކާއަށް ކުރައްވާ...
ބަނގުރަލުގެ ހިދުމަތް ދޭން އުޅޭ ވާހަކަ މޯލްޑިވިއަން އިން ދޮގުކޮށްފި
މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބަނގުރާ ދޭން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް އެ އެއާލައިނުން ދޮގުކޮށްފިއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ...
އެޕްރީލް މަހު މިފްކޯއަށް ކިރުވި މަހަށް 78 މިލިޔަން ރުފިޔާ
މިދިޔަ އެޕްރީލް މަހު މިފްކޯއަށް 1068 ދޯންޏަކުން 4414 ޓަނުގެ މަސް ކިރުވައި، އެ މަހަށް 78 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ...
“އަމާޒަކީ އެއްބަސްވުންތައް ހަގީގަތަކަށްވެ، ރައްޔިތުންނަށް ފައިދާވުން”
& (ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް...
ރާއްޖެއާއި ލަންކާ ދެމެދު 7 ދާއިރާއަކުން ފަހުމުނާމާ ބަދަލުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ރަޢީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި 7...
އެންސްޕާގެ ސީއީއޯއަކަށް ޝިރުނާ
(ފޮޓޯ ކްރެޑިޓްސް: ސިއްޙީ ވުޒާރާ) ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު...
