(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބާރަ ޤަައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމަށް އަމަލު ކުރަން ފަށައިފިއެވެ. ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ އިމިގްރޭޝަނާ ގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން އެ ޤައުމަށް ކުރިމަތިވަމުންދާ ފާޑު ކިޔުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ޙާލަތުގައި ބާރަ ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާއަށް އެތެރެ ނުވެވޭނެ ކަމަށް ޓްރަމްޕް އިޢުލާނު ކުރެއްވީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އެ ނިންމުން ނިންމަވާފައި ވަނީ، އެމެރިކާގެ އިމިގްރޭޝަނާބެހޭ އިދާރާއިން ގިނަ ޢަދަދެއްގެ މީހުން ހައްޔަރު ކުރުމާ ގުޅިގެން ލޮސް އެންޖެލީސްގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުން ދަނިކޮށެވެ. މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި ނޭޝަނަލް ގާޑާ ދެމެދު ކުރިމަތިލުންތައް ވެސް ދަނީ ހިނގަމުންނެވެ.
ޓްރަމްޕް އެޅުއްވި ފިޔަވަޅުގެ އަސަރު ގިނައިން ކުރާނީ ހަނގުރާމައިގެ އަސަރު ކޮށްފައިވާ ނުވަތަ ކުރަމުންދާ ޤައުމުތަކާއި ގިނަ ޢަދަދެއްގެ މީހުންގެ ގެދޮރު ގެއްލިފައިވާ ޤައުމުތަކަށެވެ. އެގޮތުން ޓްރަމްޕްގެ ނިންމެވުމުގެ ދަށުން އަފްޣާނިސްތާނާއި މިޔަންމާއާއި ޗޭޑްއާއި ކޮންގޯއާއި އިކުަޓޯރިއަލް ގިނީއާއި އެރިިތުރިޔާއާއި ހެއިޓީއާއި އީރާނާއި ލީބިޔާއާއި ސޮމާލިޔާއާއި ސޫދާނާއި ޔަމަނުގެ ރައްޔިތުންނަށް ވަނީ އެމެރިކާއަށް އެތެރެވުން މަނާ ކޮށްފައެވެ. އޭގެ އިތުރުން އިތުރު ހަތް ޤައުމެއްގެ މީހުން އެމެރިކާއަށް އެތެރެވުން ވެސް ހަނި ކޮށްފައިވެއެވެ. އެ ގޮތުން ބުރުންޑީއާއި ކޫބާއާއި ލާއޯސްއާއި ސިއެރާ ލިއޯންއާއި ޓޯގޯއާއި ތުރުކުމެނިސްތާނާއި ވެނެޒުއެލާގެ ރަައްޔިތުން އެމެރިކާއަށް އެތެރެވުމަށް ދަތިތަކެއް ހުންނާނެއެވެ.
ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވެސް މި ފަދަ ފިޔަވަޅެއް އަޅުއްވާފައިވެއެވެ. އެ ގޮތުން ބޮޑު މުސްލިމް އާބާދީއެއް އޮންނަ ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން އެ ފަހަރު ވަނީ މަނާ ކޮށްފައެވެ. އެ ނިންމުމަށް ބޮޑެތި ފާޑުކިޔުން އަމާޒުވެ، އެ ނިންމުމަށް ކޯޓުތަކުގައި ގޮން ޖަހާފައިވެއެވެ. އެ ނިންމުަމަކީ ޤައުމުތަކުގެ މެދުގައި ތަފާތު ކުރާ ނިންމުމެއް ކަމަށާއި ޤާނޫނު އަސާސީއިން ކަށަވަރު ކޮށްދޭ ހައްޤުތަކަށް ފުށުއަރާ ނިންމުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އެއާއެކު އެ ނިންމުމައް އެތައް ފަހަރެއްގެ މަތިން ބަދަލު ގެނެސްފައިވެއެވެ. އެމެރިކާގެ ސުޕްރީމް ކޯޓު މެދުވެރިކޮށް އެ ސިޔާސަތު ދަމަހައްޓާފައި ވަނީ 2018ވަނަ އަހަރުގެ ތެރޭގައެވެ. ޓްރަމްޕަށް ފަހު އެމެރިކާގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ޖޯ ބައިޑަން ވަނީ އީރާނާއި ލީބިޔާއާއި ސޮމާލިޔާއާއި ސޫރިޔާއާއި ޔަމަނުގެ ރައްޔިތުން ޓްރަމްޕްގެ ނިންމެވުމުން އިސްތިސްނާވާނެ ގޮތަށް 2021ވަނަ އަހަރު އެ ނިންމުމަށް ބަދަލު ގެންނަވާފައެވެ. ހިނަގަމުންދާ ވެރިކަމުގެ ދައުރުގައި ޓްރަމްޕް ނިންމެވި އައު ނިންމެވުން އިޢުލާނު ކުރެއްވިއިރު އޭނާ ވިދާޅުވީ އެމެރިކާއަށް ގެއްލުންދޭން ބޭނުންވާ ބަޔަކަށް އެ ޤައުމަށް ވަނުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ. ފިޔަވަޅު އަޅާފައިވާ ޤައުމުތަކުގެ ލިސްޓު މުރާޖަޢާ ކޮށް އިތުރު ޤައުމުތައް ހިމަނުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް އިތުުރަށް ވިދާޅުވީ އެ ޤައުމުތަކާ ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާފައިވާ ޤައުމުތަކަކީ ފުޅާ ދާއިރާއެއްގައި ނިރުބަވެރިން ދިރިއުޅޭ ޤައުމުތައް ކަމަށެވެ. އެ ޤައުމުތަކުން ވިސާއާ ގުޅޭ ސަލާމަތީ ކަންކަމުގައި އެއްބާރުލުން ނުދޭ ކަމަށާއި އެ ޤައުމުތަކުން އެމެރިކާއަށް ދަތުރު ކުރާ މީހުންގެ ވަނަވަރު އެ ޤައުމުތަކަށް ކަށަވަރު ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން މުޖުރިމުންނާ ބެހޭ މަޢުލޫމާތު އެ ޤައުމުތަކުން އެދެވޭ ގޮތަަކަށް ނުބަލަހައްޓާ ކަމަށާއި އެ ޤައުމުތަކުން އެމެރިކާއަށް ޒިޔާރަތް ކުރާ މީހުން ވިސާގެ މުއްދަތަށް ވުރެ އިތުރަށް އެމެރިކާގައި މަޑުކުރާ ކަމަށް ވެސް ޓްރަމްޕް ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން އެ ފަދަ ޤައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ހުރަހެއް ނެތި އެތެރެވުމަށް ފުރުޞަތު ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް ވަނީ ޖޫން މަހުގެ 1ވަނަ ދުވަހު އެމެރިކާގެ ކޮލޮރާޑޯގައި ހިނގި ހާދިޘާއަކަށް ވެސް އަލިއަޅުވާލައްވައިފައެވެ. އެ ހާދިޘާގައި މިޞްރުގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ޞޮބްރީ ސުލައިމާން ވަނީ އިސްރާއީލަށް ތާއީދު ކުރާ ބަޔަކާ ދިމާލަށް ޕެޓްރޯލު ބޭނުން ކޮށްގެންހަދާފައިވާ ބޮމެއް އެއްލައިފައެވެ. ޞޮބްރީ އެމެރިކާގައި ހުރީ މުއްދަތު ހަމަވެފައިވާ ޓުއަރިސްޓު ވިސާއެއްގައެވެ. އަދި އޭނާގެ ވޯކު ޕާމިޓު ވެސް އޮތީ މުއްދަތު ހަމަވެފައެވެ. ޓްރަމްޕް ވިދާޅުވީ އެ ހާދިޘާއިން ވެސް އައު ފިޔަވަޅުތައް އަޅަންޖެހޭ ސަބަބު ދޭހަ ކޮށްދޭ ކަމަށެވެ.
ޓްރަމްޕްގެ ނިންމެވުމުގެ އަސަރު، ނިންމެވުމަށް ޢަމަލު ކުރަން ފެށި ތާރީޚުގެ ކުރިން ދޫކޮށްފައިވާ ވިސާތަކަކަށް ނުކުރާނެއެވެ. ނަމަވެސް އެމެރިކާއަށް ވަންނަ އެންމެހާ ބަނދަރުތަކުން އެ ނިންމުން ތަންފީޒު ކުރާނީ ކިހިނެތް ކަމެއް އަދި ސާފެއް ނުވެއެވެ. ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ނިންމެވި ނިންމެވުމުގެ ސަބަބުން ވެސް ކަންކަން އޮޅުންބޮޅުންވެ، ދަތުރުފަތުރަށް ބުރޫއަރާަފައިވެއެވެ. އދގެ އިންސާނީ ހައްޤުތަކާބެހޭ ހައި ކޮމިޝަނަރު ވޮލްކާ ޓަރކް ވިދާޅުވީ އަލަށް އަމަލު ކުރަން ފެށި ދަތުރުފަތުރު ކުރުން މަނާކުރާ ޤަވާއިދުގައި ބައިނަލްއަޤްވާމީ ޤާނޫނުގެ ނަޒަރުން ބޮޑެތި ކަންބޮޑުވުންތައް ހުރި ކަމަށެވެ.
About Post Author
މާދަމާ ނިއުސް
މުޅި ރާއްޖޭގައި ޝައިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރަނީ
ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދުގެ މައްޗަށް އަންނަ ހުކުރު ދުވަހު ހުކުރު ކުރާ ކޮންމެ މިސްކިތެއްގައިވެސް ޣައިބަށް...
މެޝިނަރީޒް ނެތުމުގެ ދަތިކަން މިއަހަރު ނިމެންވާއިރަށް ހައްލުވާނެކަމުގެ އުއްމީދު ބޮޑު: އާރްޑީސީގެ އެމްޑީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ބޭނުންވާ މެޝިނަރީޒްތައް މިއަހަރު ނިމެންވާއިރަށް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް އެކުންފުނީގެ...
ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދު އަވަހާރަވެއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދު އަވަހާރަވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ގައްދޫ ދާއިރާގެ ކުރީގެ...
ސުޒޭން ޤައުމީ ކޯޗުގެ މަގާމުން އިސްތިއުފާދީފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާދީފިއެވެ. އޭޝިޔަންކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ...
ޣައްޒާގައި އެހީ ބަހާ މަރުކަޒުތަކަށް ދޭ ޙަމަލާތަކުގައި ޒަޚަމްވާ މީހުންގެ ޢަދަދު އިތުރުވަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށް ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެތި ބެހުމުގެ ނަމުގައި ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ން ޤާއިމު ކޮށްފައިވާ...
ކޮލިފައިންގެ ދެވަނަ މެޗުން ވެސް ރާއްޖެ ބަލިވެއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ދެވަނަ މެޗުން ވެސް ރާއްޖެ ބަލިވެއްޖެއެވެ. ކޮލިފައިންގެ ގުރޫޕްއޭ ގައި ޓިމޯ...