
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
މެލޭޝިޔާގެ ޔުނިވަރސިޓީއެއްގެ ދަރިވަރުންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް އެކްސިޑެންޓުވެ، 15 މީހުން މަރުވެފައިވާކަމަށް އެ ޤައުމުގެ ފުލުހުން ބުނެފިއެވެ. މެލޭޝިޔާގެ އުތުރުން ތައިލެންޑްގެ ބޯޑަރު ކައިރީގައި އޮންނަ ކާރޫބާރުބޮޑު ހައިވޭއެއްގައި ހިނގި މި އެކްސިޑެންޓުގައި 13 މީހަކު ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން ވެސް މަރުވެފައިވާކަމަށް ބުނެފައިވެއެވެ. އެކްސިޑެންޓު ހިނގީ، ދަރިވަރުން ގޮވައިގެން ދަތުރުކުރި ބަސް ކޮންޓްރޯލުން ނައްޓައިެގން ގޮސް ކުޑަވޭންއެއްގައި ޖެހިގެންނެވެ. މިއީ މެލޭޝިޔާގެ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ މީހުން މަރުވެފައިވާ އެކްސިޑެންޓް ކަމަށް ވެސް އިދާރާތަކުން ބުނެއެވެ.
މި އެކްސިޑެންޓުގައި މަރުވެފައިވަނީ މެލޭޝިޔާގެ ސުލްތާނު އިދްރީސް ޔުނިވަރިސިޓީގެ 14 ދަރިވަރަކާއި، ބަހުގައި ހުރި ބަސް އެޓެންޑެންޓެވެ. އެކްސިޑެންޓުގައި މަރުވެފައިވަނީ އުމުރުން 21 އަހަރާއި 23 ދެމެދުގެ ދަރިވަރުންތަކެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ، މި ހާދިސާގައި މަރުވި ދަރިވަރުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުގެ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއަށް އަންގަވައިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
