
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ މޮލްޑޯވާއާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން އިޓަލީ މޮޅުވެއްޖެއެވެ. އިޓަލީގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވެފައިވާއިރު މިއީ އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި ލޫސިއާނޯ ސްޕަލޭޓީ އެ ގައުމަށް އިރުޝާދު ދިން ފަހު މެޗެވެ. މިދިޔަ ހަފްތާގައި ނޯވޭ އާއި ދެކޮޅަށް ކޮލިފައިންގައި ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން އިޓަލީ ބަލިވުމާއިއެކު އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ސްޕަލޭޓީ މަގާމުން ވަކިކުރަން ނިންމާފަ އެވެ. އަދި ކައިރީގައި މޮލްޑޯވާ މެޗު އޮތުމާއިއެކު އެއީ އޭނާގެ ފަހު މެޗުކަމަށް ވަނީ ނިންމާފަ އެވެ.
އިޓަލީގެ ފަރާތުން ރަގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި އެ ޓީމުން ވަނީ މޮލްޑޯވާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލތަކެއް އުފައްދާފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އިޓަލީއަށް ކާމިޔާބު ކޮށްދީފައިވަނީ ޖިއާކޯމޯ ރެސްޕަރޯޑީ އެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ޔުވެންޓަސްގެ ޑިފެންޑަރ އެންޑްރިއާ ކެމްބިއާސޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މި މެޗުން އިޓަލީ މޮޅުވުމާއިއެކު ގްރޫޕް އައި ގައި ކުޅުނު ދެ މެޗުން އެ ޓީމަށް ލިބިފައިވާ ތިން ޕޮއިންޓާއެކު އޮތީ ގްރޫޕްގެ ތިންވަނައިގަ އެވެ. އެއްވަނައިގައި އޮތް ނޯވޭ އަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އިޒްރޭލް އަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.
2023 ވަނަ އަހަރުގެ އޮގަސްޓް މަހު އިޓަލީގެ ކޯޗު ކަމާއި ހަވާލުވި ސްޕަލޭޓީ ވަނީ މި މެޗަށް ނިކުތުމުގެ ކުރިން މިއީ އޭނާގެ ފަހު މެޗު ކަމަށް ބުނެފަ އެވެ. މިއީ އޭނާ އިޓަލީގެ ކޯޗުގެ މަގާމުގައި ހުރެ އެ ގައުމު ކުޅުނު 23 ވަނަ މެޗެވެ. އޭގެ ތެރެއިން މޮޅުވެފައިވަނީ 12 މެޗުންނެވެ. ސްޕަލޭޓީގެ އިރުޝާދުގެ ދަށުން ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތާއި އިޓަލީ ކުރިމަތިލާފައިވަނީ އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގަ އެވެ. ނަމަވެސް މުބާރާތުގެ ދެވަނަ ބުރުން ވަނީ ސްވިޒަލޭންޑް އަތުން ބަލިވެ މުބާރާތުން ކަޓާފަ އެވެ.
ސްޕަލޭޓީ ބުނެފައިވަނީ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ހުންނައިރު ދެއްކޭނެ އިތުރު ވާހަކަތަކެއް ނޯންނާނެ ކަމަށާއި ސްކޮޑަށް ކުޅުންތެރިން ނަގަނީ ސީދާ ކޯޗު ކަމަށްވާއިރު ނަތީޖާ ނެރެވެން ޖެހޭނެ ކަމަށެވެ. އަދި ދިގު ސީޒަނަކަށްފަހު ކުޅުންތެރިން މިހިސާބަށްއައިއިރު ވަރުބަލިވެފައިވާކަން ފެނިގެންގޮސްފައިވާކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. ވޯލްޑްކަޕް ކޮލިފައިންގައި އަންނަ ސެޕްޓެމްބަރ މަހު އިޓަލީ ނިކުންނާނީ އެސްޓޯނިއާ އާއި އިޒްރޭލް އާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
