
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ. އޭޝިއަން ކަޕް ކޮލިފައިންގައި އަންގާރަ ދުވަހު ރާއްޖެއިން ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ޑާވިންގެ ޓެރެޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގައެވެ. އެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒެއިން ބުނީ މި މެޗަށް ތައްޔާރުވަމުން އަންނަނީ ރާއްޖޭގައި ބޭއްވި ކުރު މުބާރާތް ކަމަށްވާ އެފްއޭއެމް ލީގު ކަޕް 2025 ކުޅުމަށްފަހު، މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ތައްޔާރުވުމަށްޓަކައި ސިންގަޕޫރާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެ 3-1 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، އެ މެޗުގައި ދެވަނަ ހާފުގައި ވަރަށް ރަނގަޅަށް ކުޅުނު ކަމަށް ސުޒެއިން ވަނީ ބުނެފައެވެ.
ސުޒެއިން ބުނީ ޓިމޯ ލެސްޓޭ އަކީވެސް ވަރުގަދަ ޓީމެއް ކަމަށާއި، އެހެންކަމުން އެ މީހުންނަށް އިހުތިރާމްކޮށްގެން ކުޅެން ޖެހޭ ކަމަށެވެ. އަދި މިދިޔަ ދެ އަހަރު ރާއްޖޭގައި ލީގެއް ނެތްއިރު، ރާއްޖޭގެ ފުޓްބޯޅަ ދަނީ ތަންކޮޅެއް ދަށަށް ކަމަށްވެސް ވަނީ ބުނެފައެވެ. އެކަމަކު ލީގު ކަޕަށްފަހު ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅު ކަމަށާއި، މި މެޗުން ތިން ޕޮއިންޓް ހޯދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ކޯޗު ބުންޏެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަޙްމަދު އައިހަމް ބުނީ މި މެޗު ކުޅޭ އޮސްޓްރޭލިއާގެ ޑާވިންއަކީ ރާއްޖެއާ ވަރަށް ދުރު ސަރަހައްދެއް ކަމަށްވުމުން މި މެޗަށް ރާއްޖޭގެ ގިނަ ސަޕޯޓަރުން އަންނާނެ ކަމަށް އުއްމީދުނުކުރާ ކަމަށެވެ. އެކަމަކު ރާއްޖެއިން ވަގުތުން މެޗު ބަލާއިރު، އެ މީހުންގެ ސަޕޯޓު ޓީމަށް ލިބޭނެ ކަމަށާއި، ރަނގަޅު މެޗެއް ކުޅެވޭނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ވަނީ ބުނެފައެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ހަ މެޗެއް ރާއްޖެއިން ކުޅޭއިރު، ފުރަތަމަ ތިން މެޗު ކުޅޭނީ ރަށުން ބޭރުގައެވެ. އެގޮތުން ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ފިލިޕީންސްއާ ދެކޮޅަށް ނުކުތްއިރު، އެ މެޗުން ރާއްޖެ ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.
ކޮލިފައިންގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނައިރު، އެ މެޗު އޮންނާނީ މިއަދު ރާއްޖެ ގަޑިން ހެނދުނު 11:30 ގައެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
