
އާންމު ރައްޔިތުން ދުއްވާ އުޅަނދުތަކަށް ރައްކާތެރިކަން ކަށަވަރުކުރެވޭނެ އެކަށީގެންވާ ނިޒާމެއް ތަޢާރަފް ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ. ރާއްޖޭގައި އެންމެ ގިނައިން ދުއްވަނީ އެއްގަމު އުޅަނދުތަކެވެ. މި އުޅަނދުތަކުގެ އިތުރަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަށާއި އެކި ބޭނުންތަކުގައި ކަނޑު އުޅަނދުތައްވެސް ބޭނުންކުރެއެވެ. ގިނަ އުޅަނދުތަކެއް ރާއްޖޭގައި ބޭނުން ކުރަމުންދިޔަ ނަމަވެސް މިތަކެއްޗަށް އެކަށީގެންވާ ރައްކާތެރިކަން ދެވޭނެ ވަކި ނިޒާމެއް ނޯވެއެވެ. އުޅަނދުތަކުން ވައްކަން ކުރުމާއި، ގެއްލުން ދިނުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.
ދަތުރުފަތުރާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، ގިނަ އުޅަނދުތަކެއް ރާއްޖޭގައި ބޭނުން ކުރަމުންދިޔަ ނަމަވެސް މި ތަކެއްޗަށް އެކަށީގެން ރައްކާތެރިކަމެއް ފޯރުކޮށް ނުދެވޭ ކަމަށެވެ. ” މިހާރު ފެނިވަޑައިގަންނަވާނެ ބައިވަރު ސައިކަލުތަކާއި ކާރުތަކާއި ލޯންޗުތަކާއި މިހުރިހާ އެއްޗެއް ހުރިއިރު، އޭގެ އޯނަރުންނަށް އޭގެ ސެކިއުރިޓީއެއް މިއަދަކު ނެތް. ވަގަށްވެސް ނަގަންވީ. ފުލުހުންނަށް މިހުރިހާ އެއްޗެހި ބެލެހެއްޓުމަކީ ޕްރެކްޓިކަލް ކަމެއް ނޫން. އެ ޔުނިޓެއްގެ ވެރިފަރާތަށް އެ މޫވްކޮށްލިއަސް ތަނަކަށް ގެންދިޔަޔަސް އެނގޭނެ ނިޒާމު އެބަހުރި މިހާރު ދުނިޔޭގައި. ސަރުކާރުގެ ޒިންމާއެއް އެ ޓެކްނޮލޮޖީ ގެނެސް ރައްޔިތުންނަށް ދިނުމަކީ.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އަމީން ވަނީ މި ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފްކުރެވިއްޖެ ނަމަ ގިނަ ފައިދާތަކެއް ކުރާނެކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ޤަވާއިދުތައް ތަންފީޒުކުރުމަށް ތަންފީޒީ އިދާރާތަކަށް ލުއިފަސޭހަކަން ލިބެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އާންމު ފަރާތެއްގެ އުޅަނދަކަށް ގެއްލުމެއް ދޭން އުޅޭނަމަ އެކަންވެސް އެނގޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. ” އާރްއެފްއައިޑީގެ ޓެކްނޮލޮޖީގެ ބޭނުން ކުރެވިއްޖެނަމަ ވަގު ނަންބަރު ޕްލޭޓް އަޅުވައިގެންވެސް ނޫޅެވެނެ. އެހެން ބަޔަކު އެޔާއި ބެހި ނޫނީ ގެންދާ ކަމަށްވަންޏާމު، އެލާޓު ސިސްޓަމްތައްވެސް ޤާއިމްކުރެވޭނެ. އަދި ބާރަށް ދުއްވުމާއި ސްޕީޑް ކޮންޓްރޯލް ނުކުރެވޭ ވަރަށް ބާރަށް ދުއްވީމަ ތަންފީޒީ އިދާރާތަކަށް އެނގޭނެ. އެހެންވީމަ އެ ޓެކްނޮލޮޖީ މިހާރު ދުނިޔޭގައި އެބަހުއްޓޭ. ޤަބޫލުކުރަންވީ ހަޤީޤަތަކީ އެ ޓެކްނޮލޮޖީ ރާއްޖެއަށް މިހާރު ގެންނަވީއްޔޭ.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ޓެކްނޮލޮޖީ ރާއްޖެ ގެނެވިއްޖެ ނަމަ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި މި ބޭނުންކުރަމުންދާ އުޅަނދުތަކަށް އެކަށީގެންވާ ރައްކާތެރިކަމެއް ފޯރުކޮށްދެވޭނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށްވެސް އެ ފަރާތެއްގެ މުދަލެއްގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށެވެ. ސަރުކާރުން ދަތުރުފަތުރުގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މާލެ ސަރަހައްދުގައި މިމައްސަލަ ހައްލުކުރުމަށް މާލެފަހި ނަމުގައި ޚާއްސަ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. ސަރުކާރުން މިދިޔަ އަހަރު އާންމުކޮށްފައިވާ ބައެއް ތަފާސްހިސާބުތަކަށް ބަލާއިރު މާލެ ސަރަހައްދުގައި އެކަނިވެސް 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކޮށްފައިވެއެވެ. މީގެ ތެރެއިން ގިނައި ދެފުރޮޅުލީ އުޅަނދުތައް ކަމަށްވާއިރު، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 2 ފުރޮޅުލީ އުޅަނދުގެ %70 އަކީ މާލެ ސަރަހައްދަށް ރަޖިސްޓްރީކުރެވިފައިވާ އުޅަނދުތައް ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
