
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކައުންސިލްތަކަކީ ރައްޔިތުންނަށް ޖަވާބުދާރީ ވާން ތައްޔާރަށް އޮންނަ ކައުންސިލްތަކަކަށް ހަދަން ޖެހޭ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ކައުންސިލްތަކާއި ސަރުކާރާއި އޮންނަ ގުޅުން ރަނގަޅުކޮށް ލާމަރުކަޒީ ނިޒާމުގެ ހިންގުން ހަރުދަނާ ކުރުމަށް އަދުގެ ސަރުކާރުން ވަނީ ޙާއްސަ ވުޒާރާއެއް އުފައްދަވާފައެވެ. މި ވުޒާރާގެ މަސައްކަތް މިދިޔަ ދޮޅު އަހަރު ކުރިއަށް ގެންދެވުނު އިރު، ކައުންސިލްތަކުން މިހާރު އެ ވުޒާރާގެ މަސައްކަތްތައް ބަލައިގަނެފައިވާކަމަށް އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
އެ ވުޒާރާގެ މައިގަނޑު މަސައްކަތަކީ ސަރުކާރާއި ކައުންސިލްތަކާއި ދެމެދު މެދުވެރިއެއްގެ ރޯލު އަދާކުރުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިހާތަނަށް އައިއިރު ވުޒާރާގެ ހިންގުމުގެ މުހިންމު އުސޫލުތައް ހެދި ޢަމަލުކުރަން ފެށިފައިވާ ކަމަށެވެ. މިއާއެކު ނިޒާމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މި ނިޒާމުގެ ތެރެއިން އެންމެ އިސްކަމެއް ދެވެނީ، ރައްޔިތުން ބާރުވެރިކުރުވަން ކަމަށާއި އެކަން ކުރުމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބެންޖެހެނީ ކައުންސިލްތަކަށް ކަމަށެވެ.
“ކައުންސިލްތަކަށް ލިބޭ އިޙްތިޞާސްގެ ތެރޭގައި ކަންކަން ކުރެވޭނެ ފުރުސަތުތަކާއި އެކަންކަން ކުރާނެ ގޮތްތަކެއް ކަނޑައެޅިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް. ރައްޔިތުން އިތުބާރުކުރާ ރައްޔިތުންނަށް ބާރޯސާވެވޭ ބަޔަކަށް ކައުންސިލްތައް ހަދަން ޖެހޭ، އެކަމަށްޓަކައި ލާމަރުކަޒީ ޤާނޫނަށްވެސް ބަދަލުތަކެއް އަންނަން ޖެހޭ.” އިދާރީ ދައިރާތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. ވަޒީރު އާދަމް ޝަރީފް ވަނީ ނިޒާމީ ގޮތުން ބަދަލުތަކެއް ގެންނައިރު ކައުންސިލްތަކަކީ ރައްޔިތުން ޖަވާބުދާރީވާ އަދި ރައްޔިތުންނަށް ޖަވާބުދާރީ ވެވޭ ތަންތަނަށް ހަދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެ ވުޒާރާއިން ކުރިއަށް އޮތްތަނުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ކައުންސިލްތަކުން ދެމުންދާ ޚިދުމަތްތައް ފުޅާކޮށް ރައްޔިތުންގެ ބަސް އިއްވައިދޭ ތަނަކަށް ކައުންސިލްތައް ހެދުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރުވެސް ދައުލަތުގެ އެކި ވުޒާރާތަކުން ތަފާތު އެތަކެއް މަޝްރޫޢުތަކެއް ރަށްރަށުގައި ހިނގަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ އެ ރަށްތަކަށް ވަޑައިގަތުމުން، އެ މަޝްރޫޢުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައްޔިތުން އެދޭކަމަށް ވަޒީރު ވިދާޅުވިއެވެ. މިހެން މިކަން ދިމާވާ އެންމެ ބޮޑު ސަބަބަކީ މަޝްރޫޢުގެ ފުރަތަމަ މަރުހަލާގައި ރައްޔިތުންގެ ޚިޔާލު ރަނގަޅަށް ދެނެގަނެވިފައި ނެތުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. “އަޅުގަނޑުމެން މިނިސްޓްރީގައިވެސް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމެއް، އެކި މަޝްރޫޢުތައް ހިންގޭއިރުވެސް އަދި މިކަންކަން ތަންފީޒުކުރެވިގެންދާއިރުވެސް ކައުންސިލްތަކާއި ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން، ކައުންސިލްތަކާޢި ރައްޔިތުންގެ ލަފަޔާ އިރުޝާދުގެ ދަށުން މިކަންކަން ވެގެން ދިއުން.” ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ އިތުރުން ކައުންސިލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މި މަސައްކަތުގެ ފީސިބިލިޓީ ހެދުމަށް މިމަހުގެ ތެރޭގައި ކުރުމަށް ޗައިނާގެ ޓީމެއް އަންނަން ހަމަޖެހިފައިވާ ކަމަށް ވަޒީރު އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ސަރުކާރު ޚަރަދުގައި ތަރައްޤީކުރަމުންދާ 55 ކައުންސިލުގެ މަސައްކަތްވެސް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
