
(ފޮޓޯ ކްރެޑިޓްސް: އެމްއެމްޕީއާރްސީ)
2.3 މިލިޔަން ފަތުރުވެރިންގެ އަމާޒާއެކު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. ސަރުކާރުން މިއަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފާފައިވަނީ 2.3 މިލިޔަން ފަތުރުވެރިންނެވެ. މިހާތަނަށް ރާއްޖެއަށް 1 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިހާތަނަށް 1 މިލިޔަން މިހާއަވަހަށް ހަމަވި ފުރަތަމަ އަހަރެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވީ، 2.3 މިލިޔަން ފަތުރުވެރިން ގެނައުމާއިއެކު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަނީ ކިހާދުވަހެއްތޯ ބަލަންޖެހޭކަމަށެވެ. ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު އިތުރުކުރުމަށް މަސައްކަތްތަކެއް ފަށައިގެން ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
“ރާއްޖޭގައި ހޭދަކުރާ ދުވަސް އެބަ އިތުރުކުރަން ޖެހޭ. އެހެންވީމަ އެކަމަށް އަޅުގަނޑުމެން އިތުރު މަސައްކަތްތަކެއް އެބަ ކުރަންޖެހޭ. އެބޭފުޅުން ރާއްޖޭގައި ސްޕެންޑްކުރާ ދުވަހާއި ރާއްޖޭގައި އެބޭފުޅުން ސްޕެންޑްކުރާ އަދަދާއި އެބޭފުޅުން ސްޕެންޑްކުރާ ކަންތައްތަކާއި. އެކަންތައްތަކަށްވެސް އިތުރު މަސައްކަތްތަކެއް އެބަ ކުރަންޖެހޭ. ދެން ހަމަ އެއާއިއެކު އަޅުގަނޑުމެން އެބަ ބަލަން ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ހައި އެންޑް ފަތުރުވެރިންވެސް ގެނައުމުގެ މަސައްކަތްތައް އެބަ ކުރަން.” ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވިޒިޓް މޯލްޑިވްސް)
މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި ހޭދަކޮށްފައިވަނީ 7.7 ދުވަހެވެ. މިއަހަރުގެ މިހާތަނަށް ބަލާއިރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6363 ފަތުރުވެރިން އަންނަކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތަކަށް ވަރަށް ބޮޑު އަހައްމިއްޔަތެއްދީގެން ކުރަމުންދާކަމަށެވެ. އެގޮތުން މިއަހަރުގެ އައިޓީބީގައިވެސް ވަރަށް މުހިންމު އިސްކަމެއްދީގެން ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހައި ބޮޑެތި އެއަރލައިންތަކެއްގެ އިސްވެރިންނާއި، ބޮޑެތި ޓްރެވެލް އެޖެންސީތަކާއި ބައްދަލުކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. އަދި 2 ފަރާތް ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މިބައްދަލުވުންތަކުގައި މަޝްވަރާކުރައްވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން ބޮޑެތި ޓްރެވެލް ފެއަރގައި ބައިވެރިވުމުގެ އިތުރުން ރާއްޖެ އިޝްތިހާރުކުރުމަށް ރޯޑްޝޯތައްވެސް ގިނަ އަދަދަކަށް މިހާރު ބާއްވަމުންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
