
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މިލްކުވެރިކަމާ މެދު ސުވާލު އުފެދިފައިވާ ތައިލެންޑް-ކެމްބޯޑިޔާ ސަރަޙައްދީ ރޮނގު ކައިރިއަށް ސިފައިން ޖަމާކޮށް، ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކުރަން ފަށާފައިވާ ކަން ތައިލެންޑުން ހާމަކޮށްފިއެވެ. ތައިލެންޑުގެ ބޮޑުވަޒީރުގެ ނައިބު އަދި ދިފާޢީ ވަޒީރު ޕުމްތާމް ވޭޗަޔަޗާއީ ވިދާޅުވީ، ސަރަޙައްދީ ރޮނގު ކައިރިއަށް އެ ޤައުމުން ސިފައިން ޖަމާ ކުރަން ފަށާފައި ވަނީ، ކެމްބޯޑިޔާއިން ވެސް އެ ޤައުމުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ގިނަ އަދަދެއްގެ ސިފައިން ޖަމާ ކުރަމުންދާތީ ކަމުގައެވެ. ދެ ޤައުމުން ވެސް ސަރަޙައްދީ ރޮނގު ކައިރިއަށް ސިފައިން ޖަމާ ކުރަމުން މި ދަނީ، ސަރަޙައްދީ ރޮނގުގެ މިލްކުވެރިކަމާ މެދު ދެ ޤައުމުގެ ދެމެދުގައި އޮތް ދެބަސްވުންތަކާ ގުޅިގެން މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ދެެ ޤައުމުގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިންގެ މެދުގައި ހުސްވި މޭ މަހުގެ 28ވަނަ ދުވަހު ކުރިމަތިލުންތަކެއް ހިނގައި، ޙަމަލާ ބަދަލު ކޮށްފައިވެއެވެ. އެ ހާދިސާގައި ކެމްބޯޑިޔާ ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ. އެ ހާދިސާއާ ގުޅިގެން ދެ ޤައުމުން ދަނީ ބަހުގެ ޙަމަލާތައް ބަދަލު ކުރަމުންނެވެ.
ޕުމްތާމް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސް ކަން ހައްލު ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމުގައެވެ. ނަމަވެސް، ޖޫން 5ވަނަ ދުވަހު ބޭއްވި މަޝްވަރާތަކުގައި، ނުތަނަވަސް ކަމަށް ހައްލު ހޯދުމަށް އޮތް ފުރުޞަތުތައް ކެމްބޯޑިޔާގެ ސަރުކާރުން ނަގައިލާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. “އޭގެ އިތުރުން، [ކެމްބޯޑިޔާގެ] ސަރަޙައްދީ ރޮނގު ކައިރިއަށް ގިނަ އަދަދެއްގެ ސިފައިން ދަނީ ޖަމާ ކުރަމުން، އެއާއެކު ސަރަޙައްދީ ރޮނގު ކައިރީގައި ނުތަނަވަސް ކަން ވަނީ ބޮޑުވެފައި. އެ ކަމާ ގުޅިގެން، ތައިލެންޑުގެ ސަރުކާރުން ވަނީ ސަރަޙައްދީ ރޮނގު ކައިރީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އިތުރު ސިފައިން ފޮނުވަން ނިންމާފައި،” އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ސަރަޙައްދީ ރޮނގު ހުރަސްކޮށް ކެމްބޯޑިޔާގެ ސިފައިންނާއި ޢާންމު ރައްޔިތުން ތައިލެންޑުގެ ސަރަޙައްދަށް ވަދެނިކުމެ ހަދަމުންދާ ކަމުގައި ތައިލެންޑުގެ އަސްކަރިއްޔާއިން ވެސް ވަނީ ތުހުމަތު ކޮށްފައެވެ. “ހަތުރުވެރިކަމުގެ އެ ފަދަ އަމަލުތަކާއި، [ސަރަޙައްދީ ރޮނގު ކައިރިއަށް] ސިފައިން ޖަމާ ކުރުމަކީ ބާރުގެ ބޭނުން ކުރުމަށް ތައްޔާރުވަމުންދާ ކަމުގެ ނިޝާނެއް،” ތައިލެންޑުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ތައިލެންޑުގެ ޗެކް ޕޮއިންޓުތައް އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންދިއުމަށް ނިންމާފައިވާ ކަން ވެސް ތައިލެންޑުގެ އަސްކަރިއްޔާއިން ހާމަކުރިއެވެ. ނަމަވެސް، ދެ ޤައުމުގެ ސަރަޙައްދީ ހުރަސްތައް ކައިރީގައިވާ އިމިގްރޭޝަން އަދި ކަސްޓަމްސްގެ ޗެކް ޕޮއިންޓުތައް ބަންދު ކޮށްފައި ނުވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު ދަތުރު ކުރުމަށް 17 ސަރަޙައްދީ ހުރަސް ޤާއިމު ކޮށްފައިވެއެވެ. އޭގެ ތެރެއިން ގިނަ ޗެކް ޕޮއިންޓްތައް ހުރަސްކޮށް ދެ ޤައުމުގެ ދެމެދުގައި ދަތުރު ކުރުމުގެ ފުރުޞަތު ޢާންމުންނަށް އަދިވެސް ހުޅުވައިލާފައި އޮތް ކަން ފާހަގަ ކުރެވެއެވެ.
ދެ ޤައުމު ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ނުތަނަވަސް ކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މައްސަލަ އިތުރަށް ހޫނުވިިޔަ ނުދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ކެމްބޯޑިޔާގެ ބޮޑުވަޒީރު ހުން މަނެޓް ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ ސިޔާސަތަކީ، އިސްވެ ޙަމަލާ ނުދިނުން، ނަމަވެސް ދިފާޢީ ފިޔަވަޅުތައް އެޅުން. އަޅުގަނޑުމެންގެ އެންމެ އިސް ސިޔާސަތަކީ ބައިނަލްއަޤްވާމީ ޤާނޫނީ އޮނިގަނޑަށް އިޙްތިރާމު ކުރުން. އޭގެ އެންމެ މުހިންމު ބޭނުމަކީ އަޅުގަނޑުމެންގެ ސިޔާދަތީ މިނިވަން ކަން ދިފާޢުކޮށް ރައްކާތެރި ކުރުން،” އޭނާ ވިދާޅުވިއެވެ. ކެމްބޯޑިޔާ ދިފާޢު ކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ތައްޔާރީ ހާލަތެއްގައި އޮތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ތައިލެންޑުގެ ޚާރިޖީ ވުޒާރާއިން ބުނީ، މަޝްވަރާ ކޮށްގެން ދެ ޤައުމުގެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސް ކަން ފިނި ކުރުމަށް އެ ޤައުމުން އިސްކަންދޭނެ ކަމުގައެވެ. ސަރަޙައްދީ ރޮނގުގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ ދެބަސްވުންތަކަށް ހައްލު ހޯދުމަށް ޖޫން 14ގައި ދެ ޤައުމުގެ ދެމެދުގައި ބޭއްވުމަށް ތާވަލު ކޮށްފައިވާ މަޝްވަރާތަކުގެ ތެރެއިން އެ ކަމަށް ހައްލު ހޯދޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި އެ ވުޒާރާގެ ތަރުޖަމާނު ނިކޯންޑޭޑް ބަލަންކޫރާ ވިދާޅުވިއެވެ. ތައިލެންޑާއި ކެމްބޯޑިޔާގެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސް ކަން ހައްލު ކުރުމަށް މެލޭޝިޔާއާއި ޗައިނާއިން ދަނީ މަސައްކަތް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
