
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށް ޕޯޗުގަލް އިން ހޯދައިފި އެވެ. ޖަރުމަނުގެ މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ކުޅުމަށްފަހު މެޗުގެ ނަތީޖާއަށް ބަދަލެއް އައިސްފައިނުވާތީ ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް އިން ކުރި ހޯދާފައިވަނީ 5-3 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 21 ވަނަ މިނިޓުގައި ސްޕެއިންގެ މާޓިން ޒުބިމެންޑީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ ފަސް މިނިޓު ފަހުން ޕޯޗުގަލްގެ ޕެޑްރޯ ނެޓޯ ދިން ޕާހަކުން ނޫނޯ މެންޑޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ސްޕެއިންގެ މިކޭލް އޮޔަރްޒަބާލް ވަނީ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އޮޔަރްޒަބާލް އަކީ ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕެއިން އަށް ކާމިޔާބުކޮށްދިން ލަނޑުވެސް ޖަހައިދިން ކުޅުންތެރިޔާ އެވެ. ޕޯޗުގަލް އިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުގައި ޕޯޗުގަލް އިން ޖެހި ފަސް ޕެނަލްޓީވެސް އެ ޓީމުން ކާމިޔާބުކޮށްފައިވާއިރު ސްޕެއިން އިން ޖެހި ހަތަރުވަނަ ޕެނަލްޓީ އަލްވާރޯ މޮރާޓާ ފޮނުވާލިއިރު ޕޯޗުގަލްގެ ކީޕަރު ޑިއޮގޯ ކޮސްޓާ ވަނީ އެ ޕެނަލްޓީ މަތަކޮށްފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އިން ތަށި ދިފާއުކުރަން ނިކުތް މި މެޗުން ޕޯޗުގަލް މޮޅުވެ މުބާރާތް ކާމިޔާބު ކުރުމާއިއެކު އެ ގައުމުން ވަނީ ނޭޝަންސް ލީގުގެ ހަތަރު މުބާރާތުގެ ތެރެއިން ދެ ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
