
ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތަކުން ލައިބާ އަޙްމަދު މަޚްލޫފް ރާއްޖެއަށް ހޯދައިދިން ތާރީޚީ ކާމިޔާބީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވިކަމީ ލައިބާއަށް އަދި އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްވަރެއް ކަމަށް އޭނާ ބައްޕަ އަދި ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. މަޚްލޫފް މިހެން ވިދާޅުވީ ސޯޝަލް މީޑީއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. ބައިނަލްއަޤުވާމީ މުބާރާތްތަކާއި ޤައުމީ މުބާރާތްތަކުގެ ކާމިޔާބީތައް ފާހަގަކުރައްވާ، ލައިބާގެ އިތުރު ކުރިއެރުމަށް ސަރުކާރުގެ އަރުތަ ޕްރޮގްރާމުގައި ހިމަނުއްވާދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އަދި ކުޅިވަރާއިބެހޭ ވަޒީރު އަބުދުالله ރާފިއުއަށް ޝުކުރު އަދާކުރައްވާކަމަށް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ اللَّهْ އިރާދަފުޅާއެކު އިތުރު ކާމިޔާބީއަށް ވާސިލުވުމަށް ލައިބާ މަސައްކަތްކުރާނެ ކަމަށެވެ. ކުރިއަރަމުން އަންނަ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާވަނީ އަރްމޭނިއާގައި ކުރިޔަށް ދިޔަ، އަރްމޭނިއަން ޔޫތް އޯޕަން 2025 ގައި ވާދަކޮށް 3 ރަން މެޑަލް ހޯދާފައެވެ. 12 އަހަރުގެ ލައިބާ އަރްމޭނިއަން ޔޫތް އޯޕަން 2025 ގައި ރަން މެޑަލް ހޯދީ ސިންގަލްސް އަދި ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިވެންޓުންނެވެ. މިކަން ފާހަގަ ކުރައްވާ ސޯސަލް މީޑީއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ލައިބާ ހޯދި ކާމިޔާބީ އަކީ ދިވެހި ޤައުމަށް ލިބުނު ބޮޑު ފަޚުރެއްކަމަށް ވިދާޅުވެ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. މިއީ ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތެއްގެ ޖޫނިއާ ކެޓަގަރީން ރާއްޖެއަށް ރަން މެޑައްޔެއް ލިބުނު ފުރަތަމަ ފަހަރެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލައިބާއަކީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށެވެ.
“ބައިނަލްއަޤްވާމީ ޖޫނިއަރ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ މި ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް. އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް” ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް އެދިވަޑައިގެން ރައީސް ވަނީ ހިތްވަރު ދެއްވާފައެވެ. މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި ލައިބާ ރަން މެޑަލް ހާސިލްކުރި ފުރަތަމަ ފަހަރެވެ. އޭނާ އަންނަނީ 2022 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރަމުންނެވެ. ޔޫރަޕްގެ މުބާރާތްތަކުގައި ބައިވެރިވެ ލައިބާ ވަނީ 5 ރިހި މެޑަލް އަދި 15 ލޯ މެޑަލް ހާސިލްކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
