
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫއެފާ ނޭޝަންސް ލީގުގެ ތިންވަނަ މަގާމް 2-0 ގެ ނަތީޖާއަކުން ޖަރުމަން ބަލިކުރުމަށްފަހު ފްރާންސް އިން ހޯދައިފި އެވެ. ޖަރުމަނުގެ އެމްއެޗްޕީ އެރީނާގައި ފަންސާށް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުން ފްރާންސް މޮޅުވެފައިވާއިރި މި މެޗުގައި ފްރާންސްގެ ފޯވަޑް ކިލިއަން އެމްބާޕޭ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އެމްބާޕޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑާއެކު އޭނާ ގައުމީ ޓީމަށް ޖައިދިން ލަނޑުގެ އަދަދު ވަނީ 50 އަށް އަރާފަ އެވެ. އެމްބާޕޭ ވެފައިވަނީ އޮލިވިއާ ޖިރޫ އާއި ތިއެރީ އޮންރީއަށް ފަހު ގައުމީ ޓީމަށް 50 ލަނޑު ޖަހައިދިން ތިންވަނަ ކުޅުންތެރިޔާއަށް ވެފަ އެވެ. ޖިރޫ 57 ލަނޑު ޖަހާފައިވާއިރު އޮންރީ ވަނީ 51 ލަނޑު ޖަހާފަ އެވެ.
ފްރާންސް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް އެމްބާޕޭ ދިން ޕާހަކުން މައިކަލް އިލިސޭ ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ. އަމިއްލަ ގައުމުގައި މެޗު ކުޅެމުންދިޔަ ޖަރުމަނުން ވަނީ މި މެޗުގައި ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ހޯދާފަ އެވެ. އެގޮތުން އަޑެޔޭމީ ފޮނުވާލި ނުރައްކާތެރި ތިން ހަމަލައެއް ފްރާންސްގެ ކީޕަރު މައިގްނަން ވަނީ ދިފާއުކޮށްފަ އެވެ. މި މެޗުގައި ޖަރުމަނަށް ރެފްރީ ޕެނަލްޓީއެއް ދިން ނަމަވެސް ފަހުން އެ ނިންމުން ރެފްރީ ވަނީ ބަދަލުކޮށްފަ އެވެ. އަދި އެ ޓީމުން ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ ބެލުމަށްފަހު އެ ލަނޑު ޖެހުމުގެ ކުރިން ޖަރުމަނުގެ ނިކްލަސް ފުލްކްރުގް ފައުލް ކޮށްފައިވާތީވެ ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.
ފްރާންސް އަށް މި މެޗުގައި ވަނީ އިތުރު ލަނޑު ޖަހަންވެސް ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އެންމެ ރަގަޅު އެއް ފުރުސަތު ލިބިގެން ގޮސްފައިވަނީ މާކަސް ތުރާމް އަށެވެ. އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާއިރު އެމްބާޕޭ އަށް ވެސް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. މި މެޗުން ޖަރުމަން ބަލިވެފައިވާއިރު ޖޫލިއަން ނަގެލްސްމަންގެ އިރުޝާދުގެ ދަށުން ޖަރުމަން އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފަ އެވެ. ޖަރުމަންގެ ކެޕްޓަން ޖޯޝުއާ ކިމިޗް ބުނެފައިވަނީ މެޗުގެ ފުރަތަމަ 10 މިނިޓުގެ ތެރޭގައި ތިން ލަނޑު ޖަހާނެ ރަގަޅު ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް އެ ފުރުސަތުގެ ބޭނުން ނުކުރެވި ފުރަތަމަ ހާފު ނިންމާލަން ޖެހުނީ ބައިކޮޅަށް ވަން ލަނޑާ އެކު ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
