
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ)
ރާއްޖޭގެ މެރިކަލްޗަރ ސިނާޢަތަށް އިންވެސްޓްކުރުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ މެރިކަލްޗަރ ސިނާޢަތް ކުރިއަރުވަން ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މެރިކަލްޗަރ އަކީ މި ސަރުކާރުން ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރަން ބޭނުންވާ ސިނާޢަތެއްކަމަށެވެ. އެގޮތުން ބޭރުގެ އިންވެސްޓަރުން އައިސް ރާއްޖޭގައި މެރިކަލްޗަރއަށް އިންވެސްޓްކުރާނެ މާހައުލެއް އުފައްދަމުންދާކަމަށް ވިދާޅުވިއެވެ.
ދުނިޔޭގައި މެރިކަލްޗަރ ކުރިއަރާފައި ހުރި ޤައުމުތަކުން ދޭ ލުއިތަކަށްވުރެ ރަނގަޅު ލުއިތައް ބޭރުގެ އިންވެސްޓަރުންނަށް އަމާޒުކޮށްގެން ރާއްޖެއިން ދެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މެރިކަލްޗަރ ކުރުމަށް ބޭރުގެ އިންވެސްޓަރުން ބޭނުންވާ ވަކި ސަރަހައްދުތަކެއް މިހާރު ކަނޑައަޅާފައިވާކަމަށް ވިދާޅުވިއެވެ. އިންވެސްޓަރުންނަށް ދީފައިވާ ލުއިތަކުގެ ތެރޭގައި އިކުއިޒިޝަން ކޮސްޓް ނުނެގުމާއި 3 އަހަރުދުވަހުގެ ލޭންޑް ރެންޓް ނުނެގުން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކަން ފަށާ ފަރާތްތަކަށް ކުރަންޖެހޭ އިންވެސްޓްމަންޓް ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
“މިހާރު އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ ހުޅުވާލުމުގެ މަސައްކަތްތައް. ބިޑް ޑޮކިއުމަންޓް ތައްޔާރުކުރެވިފައި މިގަސްތުކުރަނީ މިއަންނަ މަހުގައި އިރާދަކުރެއްވިއްޔާ ފަހުކޮޅު ހުޅުވާލެވި 3 މަސްދުވަސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޚާއްސަ މިކުރަނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް 3 މަސްދުވަސް ޚާއްސަކޮށްފައި އަޅުގަނޑުމެން ބަލާނަން ބޭރުގެ ރަނގަޅު އިންވެސްޓްމަންޓްތައް ރާއްޖެއަށް ލިބޭތޯ.” ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މެރިކަލޗަރ ޒޯންތަކުގެ ގައިޑްލައިންތައްވެސް މިހާރު ހަދާފައިވާކަމަށެވެ. އަދި އެކަމާއި ގުޅޭ ގަވާއިދުވެސް މިހާރު ގެޒެޓްކޮށްފައިވާކަމަށެވެ. ވަޒީރު ޝިޔާމް ވިދާޅުވީ، ރާއްޖޭގައި މިހާރު މެރިކަލްޗަރ ސިނާޢަތް އޮތީ ވަރަށް ޅަފަތުގައިކަމަށެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ މިސިނާޢަތް ފުޅާކޮށް ސީފުޑްގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރާ މިންވަރު މަދުކުރުންކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
