
ނެޓްބޯޅަ ކުރިއަރުވަން ބޭނުންނަމަ ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭކަމަށް ކުލަބު ގްރީން ސްޓްރީޓްސް ކޯޗު ޢާއިޝަތު ލޫނާ މޫސާ ބުނެފިއެވެ. ނިމިދިޔަ މަހުގެ ތެރޭގައި ކުރިއަށްދިޔަ 22 ވަނަ ގައުމީ ނެޓްބޯޅަ މުބާރާތުގެ ރަނަރަޕްކަން ހޯދި ގްރީން ސްޓްރީޓްސްގެ ކޯޗު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނީ މިފަދަ މުބާރާތްތަކުގައި ވާދަކުރުމުގައި ގިނަ ގޮންޖެހުންތަކެއް ދިމާވާކަމަށެވެ. އެހެންކަމުން ނެޓްބޯޅަ ކުރިއަރުވަން ބޭނުންނަމަ މިކަންކަމަށް އަވަސް ހައްލެއް ބޭނުންވާކަމަށް ލޫނާވަނީ ފާހަގަކޮށްފައެވެ.
ނެޓްބޯޅައިގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ލޫނާ ބުނީ ގައުމީ މުބާރާތުގައި ވާދަކުރުމަށް ނުކުންނަ ބައެއް ޓީމުތަކުގައި ގިނަ އަދަދަކަށް ގައުމީ ޓީމުގެ ކުޅުންތެރިން ތިބޭކަމަށާ، އެކުޅުންތެރިންނަކީ އަބަދުވެސް ރަނގަޅު ޕްރެކްޓިސްތަކެއް ކުރަމުންދާ ބަޔަކަށްވުމުން އެފަދަ ޓީމުތަކާ ވާދަކުރުމަށް ދަތިވާކަމަށެވެ. ލޫނާ ގަބޫލުކުރާގޮތުގައި ގައުމީ ޓީމުގައި ހިމެނި ފަރިތަކުރުންތަކުގައި ބައިވެރިވަމުންދާ ކުޅުންތެރިން އެއް ޓީމަކަށް ކުޅެން ލިބުމަކީ ނެޓްބޯޅައިގެ ޖޯޝާއި ފޯރި ގެއްލިގެންދާކަމެކެވެ.
“އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ފާއިތުވެދިޔަ ތިން އަހަރުވެސް އަޅުގަނޑުމެން ކުޅެން މިޖެހެނީ ގައުމީ ޓީމުގެ އެންމެ މޮޅު ހަތްކުޅުންތެރިންނާއެކީގަ އިދިކޮޅަށް. އެހެންވީމާ މިއީ އަސްލު ކުޅިވަރު ކުރިއެރުވުމަށްވެސް އެޅޭ ވަރަށް ބޮޑު ހުރަހެއްކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އަޅުގަނޑު އެސޯސިއޭޝަނާވެސް ވާނީ މިވާހަކަތައް ހިއްސާކޮށްފަ. އެއީ ގައުމީ ޓީމުގަ ކޮންޓިނިއުސްލީ ޕްރެކްޓިސްކުރަމުންދާ ހަތް ކުޅުންތެރިން އެއް ކުލަބަކަށް ކުޅުމަކީ ކުޅިވަރުގެ ރޫހާ ކޮމްޕެޓެޓިވްނެސްއަށްވެސް ވަރަށް ބޮޑަށް އަސަރުކުރާނެކަމެއް” ލޫނާ ބުނެފަވެއެވެ. މީގެ އިތުރުންވެސް ލޫނާ ވަނީ އިތުރު ކަންބޮޑުވުންތަކެއްވެސް ފާޅުކޮށްފައެވެ. އޭގެ ތެރޭގައި އެކަށީގެންވާ ވަރަށް ފަރިތަކުރުންތައް ބޭއްވޭނެ ފަދަ އިންތިޒާމެއް ގާއިމުވެފައިނެތުން ހިމެނެއެވެ. ކޯޓުގެ ދަތިކަމުގެ ސަބަބުން އެދެވޭ ވަރަށް ޕްރެކްޓިސް ނުކޮށް މުބާރާތާ ކުރިމަތިލާންޖެހޭކަމުގެ ޝަކުވާ ލޫނާވަނީ ކޮށްފައެވެ.
“ޕްރެކްޓިސްކުރަން އެއްވެސް ވަރަކަށް ނުލިބި އަޅުގަނޑުމެން އަރަން މިޖެހެނީ ކޮންމެ ފަހަރަކުވެސް. މިދިޔަ އަހަރު މުބާރާތް ނިންމާފަވެސް ޖުލައިމަހު އަޅުގަނޑުމެންވާނީ އެސޯސިއޭޝަނަށް ރިކުއެސްޓްކޮށްފަ ޕްރެކްޓިސްކުރުމަށް ކޯޓު ދިނުމަށް. އަދި އަދަށް ދާންދެންވެސް މެއިލްއަކަށް ރިޕްލައިކޮށްފައެއް ނެތް” ކޯޓުގެ ދަތިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަމުން ލޫނާ ބުންޏެވެ. ހަމައެއާއެކު މުބާރާތުގައި އިންސާފުކުރުމަށް ހުރީ އެންމެ އަމްޕަޔަރެއްކަމަށާ، 2019 ވަނަ އަހަރަށްފަހު ތަމްރީނުކުރެވިފައިވާ ހަމައެކަނި އަމްޕަޔަރަކީ އެއީކަމަށް ލޫނާ ފާހަގަކުރިއެވެ. މިކަމުގެ ކަންބޮޑުވުންފާޅުކުރަމުން ލޫނާ ބުނީ ތަމްރީނުވުމަށް ފުރުސަތު ފަހިވީ ހަމައެކަނި އެފަރާތަށްކަމަށާ، އަދި އެއީ ގައުމީ ޓީމުގެ ޕްރެކްޓިސްތަކުގައިވެސް ބައިވެރިވަމުންދާ ފަރާތެއްކަމަށެވެ. އެހެންކަމުން މުބާރާތަށް އިންސާފުކުރުމުގައި ހަމަހަމަކަން ފެނިގެންނުދާކަމަށް ލޫނާވަނީ ބުނެފައެވެ.
“ރާއްޖޭގަ ވޭތުވެދިޔަ 2019 އިންފެށިގެން ތަމްރީނުކުރެވިގެން މިދިޔައީ އެންމެ އަމްޕަޔަރެއް. އެންމެ އަމްޕަޔަރަކަށް ފުރުސަތުތަކެއްވެސް ލިބިގެންދިޔައީ. އަދި މި އަމްޕަޔަރަކީ އެސޯސިއޭޝަނާ އެކީގަވެސް އަދި ނެޝަނަލް ޓީމާއެކީގަވެސް މުބާރާތްތަކުގަވެސް ބައިވެރިވާ ފަރާތެއް. އަނެއްކާ އެމީހުންނާއެކީގަ ވަރަށް ގިނައިން އުޅޭ ފަރާތެއް. އެހެންކަމުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ޕީނަލައިޒްކުރާކަން ފާހަގަކުރެވޭ” ލޫނާ ބުންޏެވެ. މީގެ އިތުރުން މުބާރާތަށް ގެންނަ ބިދޭސީ އަމްޕަޔަރުންނަކީވެސް އެންމެ ފެންވަރު ރަނގަޅު އަމްޕަޔަރުން ނޫންކަމަށް ލޫނާ ވަނީ ބުނެފައެވެ. އެހެންކަމުން ބޮޑު ޚަރަދެއްކޮށްގެން އަމްޕަޔަރުން ގެންނައިރު މިފަދަ ކަންކަމަށް ވިސްނާލުން މުހިންމުކަމަށް ލޫނާ ވަނީ ފާހަގަކޮށްފައެވެ.
ލޫނާ ބުނީ ނެޓްބޯޅަ ކުރިއަރުވަން ބޭނުންނަމަ މިކަންކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ. އުންމީދަކީ ނެޓްބޯޅަ އެސޯސިއޭޝަނުން މިކަންކަމާމެދު ފުންކޮށް ވިސްނާ ކުރިއަށް ހުރި މުބާރާތްތަކުގައި މިފަދަ ކަންކަން ތަކުރާރުނުވުންކަމަށް ކުލަބު ގްރީން ސްޓްރީޓްސް ކޯޗު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނެފަވެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
