
ދިމާވި ޓެކްނިކަލް މައްސަލަ ޙައްލުކޮށް ފުނަދޫ އެއަރޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފިއެވެ. ފުނަދޫ އެއަރޕޯޓަށް ކުރަމުންގެންދިޔަ މޯލްޑިވިއަންގެ ދަތުރުތައް މެދުކަނޑާލީ، އެ އެއަރޕޯޓުގެ ފަޔަރ ލޮރީއަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. ރީޖަނަލް އެއަޕޯޓްސްއިން ވިދާޅުވީ މައްސަލަ ޙައްލުކޮށް މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާކަމަށެވެ. ރީޖަނަލް އެއަޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާކަމަށް އެކުންފުނިން އަބަދުވެސް ކުރާނެކަމަށެވެ. ރީޖަނަލް އެއަޕޯޓްސްއިން ބަލަހައްޓަމުންދާ އެއަޕޯޓްތަކެއްގައިވެސް ހުރީ ދުވަސްވެ ބާވެފައި ހުރި ފަޔަރ ޓްރަކްތަކެއްކަމަށެވެ. ނަމަވެސް މިހާރު އެމްއޭސީއެލްއާއި ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން ފަޔަރ ޓްރަކްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މުބީން ވިދާޅުވިއެވެ.
މިފަދަ މައްސަލަތަކަކީ ކުރީ ސަރުކާރުތަކުން އެއަޕޯޓްތަކަށް އަޅާނުލައި ފަރުވާ ކުޑަކުރުުގެ ނަތީޖާ ކަމަށާއި އެތައްދުވަހެއް ވީއިރުވެސް އެއަޕޯޓްތަކުގައި ހުރި ބައު ޓްރަކްތައް އާނުކޮށް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރާނެކަމަށްވެސް މުބީން ވިދާޅުވިއެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަނުން އަންނަނީ ފުނަދޫ އެއަރޕޯޓަށް ހަފްތާއަކު 3 ދުވަހު ދަތުރުތައް ބާއްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
