
މިއަހަރުގެ ޙައްޖު އޮޕަރޭޝަންގެ އެންމެ ބޮޑު ކާމިޔާބީއަކީ، ޙައްޖުގެ އެންމެ މުހިއްމު ރުކުންކަމުގައިވާ ޢަރަފާތުގައި ތިބުމުގެ އެންމެ ވަގުތުކޮޅެއްވެސް ދިވެހި ޙައްޖާޖީންނަށް ނުގެއްލި ޢަރަފާތް ލިބުންކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މިނާގައި ދިވެހި ޙައްޖާޖީން ތިބޭ ފޭލިގެއަށް ކުރެއްވި ޒިޔާރަތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުގައެވެ. ޢަރަފާތަކީ ޙައްޖުގެ އަޅުކަމުގެ އެންމެ މުހިންމު ރުކުނެވެ. ޢަރަފާތު ނުލިބިއްޖެނަމަ އެމީހަކަށް ޙައްޖު ނުލިބޭނެއެެވެ. ވުމާއެކު ޙައްޖުގެ އަޅުކަން އަދާކުރެވޭނީ ޢަރަފާތު ލިބުނު މީހަކަށެވެ. މިއަހަރަު ދިވެހި ހުރިހާ ޙައްޖާޖީންނަށްވެސް ވަނީ ޢަރަފާތް ލިބިފައެވެ. ޙައްޖާޖީން ޢަރަފާތަށް ދިޔައީ ޙައްޖު މަހުގެ އަށްވަނަ ދުވަހުގެ ރެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މީގެ ކުރިން ދިވެހި ޙައްޖާޖީންނަށް ޢަރަފާތަށް ލަހުން ދިވެފައިވެސް އެބަހުރިކަމަށެވެ. އެކި ސަބަބުތަކާއި ގުޅިގެން އެކި އަހަރުތަކުގއި ޢަރަފާތަށް ދެވުން ލަސްވިނަމަވެސް، މިއަހަރު ޢަރަފާތުގެ އެންމެ ވަގުތުކޮޅެއްވެސް އެއްވެސް ހައްޖާޖީއަކަށް ގެއްލިފައި ނުވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. “އަރަފާތުގެ އެންމެ ބޮޑު ރުކުނަކީ އަރަފާތު. އެހެންވީމަ އަރަފާތުގައި އެންމެ ވަގުތެއްވެސް ގެއްލިގެން ނުގޮސް ހެނދުނު ހެނދުނާގޮސް އިރުއޮއްސެންދެން އަރަފާތުގައި ތިބުމުގެ ފުރުޞަތު ޙައްޖު ކޯޕަރޭޝަނުން ވަނީ މިއަހަރު ހައްޖާޖީންނަށް ހޯދައިދީފައި. އެއީ ވަރަށް ބޮޑު ކާމިޔާބީއެއް. ވަރަށް ބޮޑު ކުރިއެރުމެއް. އެހެންނޫނީ އެހެން އަހަރުތަކުގައި ބަސްތަކަށް ލަހުން އަރަފާތަށް ވަދެވިފައި އެބަހުރި އެކިއެކި ސަބަބަުތަކާހުރެ. އެހެނަސް މިފަހަރު އެފަދަ އެއްވެސް ކަމެއް ދިމާނުވެ އަރަފާތުގައި މުޅި ދުވަސް އެއްކޮށް އެންމެހަ ހާޖީންނަށް ލިބުނުކަން ފާހަގަކުރަން.” އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
މިއަހަރުވެސް ޙައްޖުގެ އަޅިކަން އަދާކުރުމަށް ދިޔަ ޙައްޖާޖީންގެތެރޭގައި ޢުމުރުން ދުވަސްވީ މީހުންނާއި، ބޮޑރެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންވެސް ހިމެނެއެވެ. “ބަލި ހާލކުގައި ތިބި މީހުންނަށްވެސް އެންމެ ފުރަތަމަ ވަގުތު އަރަފާތަށްވަދެވި މިފަދަ ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިފައިހުރިކަން އަޅުގަނޑުމެން ވާނީ ވަރަށް ގާތުން ބަލާފައި. އެހެންވީމަ އަޅުގަނޑު ދަންނަވާނީ މިފަހަރުގެ ހައްޖުގެ އިންތިޒާމުތަކާމެދު ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެބައޮތޭ.” އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ޢުމުރުން ވަރަށް ދުވަސްވީ މީހުން ތިބިނަމަވެސް، އެމީހުގެ ފަރާތުން އެކަމަށް އޮތް އިޚްލާސްތެރިކަމާއި އަޅުކަމުގައި ފެންނަންޖެހޭ ރޫހު ފެނިފައިވާކަމަށެވެ. އެއީ މިފަދަ މަތިވެރި އަޅުކަމަކުން ފެންނަޖެހޭނެ ކަންކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
