
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ފާއިތުވި 50 އަހަރު މެދުކެނޑުމެއްނެތި އަނދަމުންދާ ތުރުކްމެނިސްތާނުގެ މާސިންގާ ވަޅުގަނޑެއް އަނދާ މިންވަރު މަޑުޖެހިފައިވާ ކަމަށް ސައިންސުވެރިން ބުނެފިއެވެ. މި އަލިފާންގަނޑަކީ 1971ވަނަ އަހަރުން ފެށިގެން އަނދަމުންދާ ބިޔަ އަލިފާންގަނޑެކެވެ. ސޯވިއެޓް ޔޫނިއަންގެ ޒަމާނުގަައި ސޯވިއެޓުގެ ސައިންޓިސްޓުން ބިން ތޮރުފަނިކޮށް، ޤުދުރަތީ ގޮތުން ގޭސް ހުންނަ ގޭސް ޕޮކެޓެއްގެ ތެރެއަށް އޮޅުމަކުން ތޮރުފުނެވެ. އެއާއެކު ވިހަ ގޭސްތައް އެ ޕޮކެޓުން ބޭރުވާން ފެށިއެވެ. ވިހަ ގޭސް އިތުރަށް ބޭރުވިޔަ ނުދިނުމަށް ކުރެވޭނެ އެންމެ މޮޅު ކަމަކީ އެ ގޭހުގައި ރޯ ކޮށް އަނދާލައި ހުސްކޮށްލުން ކަމަށް އޭރު ސައިންސުވެރިންނަށް ޤަބޫލު ކުރެވުނެވެ. ސައިންސުވެރިން ޤަބޫލުކުރި ގޮތުގައި ގާސް ޕޮކެޓުގައި ހުރި ގޭސްތައް އަނދާ ނިމުމުން އޭގެ ސަބަބުން ކުރިމަތިވާ ނުރައްކަލަށް ވެސް ނިމުމެެއް އައީއެވެ.
ނަމަވެސް ކަން ދިމާވީ އެހެނެއް ނޫނެވެ. ގޭސް ޕޮކެތުގައި ގޭސް ހުރިލެއް ގިނަ ކަމުންނާއި ފުން ކަމުން، ވަރަށް އަވަހަށް އަނދާ ހުސްވާނެ ކަމަށް ބެލެވުނު އެ ގޭސްތައް ހުސްނުވެ އަދިވެސް އަނދަނީއެވެ. މި އަލިފާންގަނޑުގެ ސަބަބުން ދުނިޔެ ހޫނުވުމަށް މެދުވެރި ކޮށްދޭ އެންމެ ނުރައްކާތެރި އެއް ގޭސް ކަމަށްވާ މީތޭން ގޭސް ދަނީ ގިނަ ޢަދަދަކަށް ޖައްވަށް ބޭރުވަމުންނެވެ. މި ގޭހުގެ ސަބަބުން މޫސުމަށް ނޭދެވޭ ބަދަލުތައް އައުމަށް ވަނީ މެދިވެރިވެއެވެ. ތުރުކްމެނިސްތާނުގެ ޤައުމީ ހަކަތައާ ބެހޭ އިދާރާ، ތުރުކްމެންގަޒުން ބުނީ އަލިފާންގަނޑުގެ ބޮޑުމިނާއި ވަރުގަދަކަން ކުރިއާ އަޅާ ބަލައި އިރު މިހާރު ތިން ގުނައަށް ދަށަށް ގޮސްފައިވާ ކަމަށެވެ. މީގެ ކުރިން ގޭސް ވަޅުގަނޑުގައި ރޯވެފައިވާ އަލިފާނުގެ އަލިކަން އެތައް ކިލޯމީޓަރެއް ދުރުން ފެނުނު ނަަމަވެސް މިހާރު ފެންނަމުން ދަނީ ގޭސް އަނދަމުންދާ ކަމުގެ ވަރަށް ކުޑަ ނިޝާނެއް ކަމަށް އެ އިދާރާގެ ޑިރެކްޓަރު، އައިރީނާ ލުރުވެޔާ ވިދާޅުވިއެވެ.
އަލިފާންގަނޑު ފެތުރުން ހުއްޓުވުމަށް ވަޅުގަނޑުގެ ވަށައިގެން ގިނަ ޢަދަދެއްގެ ލޯވަޅުތަކެއް ވަނީ އަޅައިފައެވެ. އެއީ ވައިގެ ތެރެއަށް ދޫ ވެގެން ދާ ގޭސްތައް ހިފުމަށް ޓަކައެއެވެ. މި ލޯވަޅުތަކުން އެ ގޭސްތައް އެއްކުރުމުން ތަފާތު ބޭނުންތަކަށް ގޭސްތައް އެކި ބޭނުން ކުރުމަށް ފުރުޞަތު ލިބިގެންދެއެވެ. އެއާއެކު ވައިގެ ތެރެއަށް ވިހަ ގޭސް ދޫވެ ތިމާވެއްޓަށް ލިބޭ ގެއްލުން ކޮންމެވެސް ވަރަކަށް ކުޑަ ކޮށްދެއެވެ. ނަމަވެސް މި ކަން ޙާޞިލް ކުރީ ކިހާ ދުވަހަކުން ކަމެއް ސާފެއް ނުވެއެވެ. ތުރުކްމެނިސްތާނަކީ ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު ގޭސް ރިޒާވް އޮންނަ ޤައުމެވެ. މި އަލިފާން ވަޅުގަނޑު މިހާރު ވެފައި މި ވަނީ ތުރުކްމެނިސްތާނަށް ދަތުރުކުރާ ފަތުރުވެރިން އެންމެ ގަޔާވާ އެއް މަންޒިލަށެވެ. ބައިނަލްއަޤްވާމީ ހަކަތައާބެހޭ އިދާރާއިން ދޭ މަޢުލޫމާތަށް ބަލާއިތު ތުރުކްމެނިސްތާނަކީ އެންމެ ގިނައިން ވިހަ ގޭސް ޖައްވަށް ދޫކުރާ އެއް ޤައުމެވެ. މީގެ މައިގަނޑު ސަބަބަކީ ގޭސް ލީކުވުމެވެ. ނަމަވެސް ތުރުކްމެނިސްތާނުން އެ ކަން ދޮގު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
