
މި ޖޫން މަހުގެ ތެރޭގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ލިވަޕޫލްގެ ލެޖެންޑެއް ރާއްޖެ ގެނައުމަށް ހަމަޖައްސައިފިއެވެ. އިނގިރޭސި ފުޓްބޯޅަ ކުލަބު ލިވަޕޫލްއެފްސީގެ ފޭން ޒޯނެއް ގޮތުގައި މިމަހު ފުޓް ފެސްޓިވަލެއް ކުރިޔަށް ގެންދަން ނިންމާފައިވާކަމަށާއި، އެ ފުޓް ފެސްޓިވަލަށް ލިވަޕޫލުގެ ލެޖެންޑެއް ގެންނަން ނިންމާފައިވާ ކަމަށް އެމްއެމްޕީއާރްސީގެ ޗެއާމަން ޝިއުރީ ވަނީ ވިދާޅުވެފައެވެ. ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝިއުރީ ވިދާޅުވީ މަޝްހޫރު އިނގިރޭސި ފުޓްބޯޅަ ކުލަބު ލިވަޕޫލް އާއިއެކު ރާއްޖެ އިސްތިހާރު ކުރުމަށް ފަށާފައިވާ ކެމްޕޭންގެ ދަށުން ދާދިފަހުން ރާއްޖެ އައި ލިވަޕޫލުގެ އިސް ވެރިން ވަނީ ރާއްޖޭގައި މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.
އެގޮތުން ރާއްޖޭގެ ފުޓްބޯޅަ ދަނޑުތަކާއި، އެހެން ވަސީލަތްތައް ހުރިގޮތް ބަލާ ރާއްޖޭގައި ފުޓްބޯޅައިގެ ކަންކަން ހުރިގޮތް ދިރާސާކޮށްފައިވާ ކަމަށެވެ. “އެބޭފުޅުންގެ ހައިލެވެލް ޓީމެއް ރާއްޖެއައިސް ރާއްޖޭގެ ކަންތައްތައް ބަލާ ހާސިލުކުރަން ބޭނުންވާ ކަންކަން އޮޅުންފިލުވާފައި ދިޔައީ. ރާއްޖޭގެ ދަނޑުތަކާއި ފެސިލިޓީސްތައްވެސް ބަލާ ވަރަށް ރަނގަޅަށް ސްޓަޑީތަކެއް ހަދާފަ ދިޔައީ” ޝިއުރީ ވިދާޅުވިއެވެ. ލިވަޕޫލްގެ ބްރޭންޑިންއަށް އެންމެ ފަހުން ބޭއްވި އޭޓީއެމް ފެއާގެ ތެރެއިންވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ޝިއުރީ ފާހަގަ ކުރިއެވެ. އެގޮތުން ސަލާ، ވެންޑައިކް އަދި ނޫނޭޒްގެ ކަޓްއައުޓްސް އޭޓީއެމް ފެއާރގައި ރާއްޖޭގެ ސްޓޯލްގައި ބެހެއްޓިކަމަށާއި، އެ ކަޓްއައުޓްސްތަކާއި އެކު ފޮޓޯނެގުމަށް ގިނައަދަދެއްގެ ބަޔަކު ދިޔަކަމަށް ޝިއުރީ ވިދާޅުވިއެވެ.
“ލިވަޕޫލާއި ގުޅިގެން އެމީހުންގެ މި އޮންނަ އެޕްލިކޭޝަންގެ ތެރޭގައި މައިއެލްއެފްސީ ކެމްޕޭނެއްވެސް ރަންކޮށްފައި ވާނީ. އެބޭފުޅުން ފާހަގަކުރެއްވި މިއަށްވެސް ގާތްގަނޑަކަށް ތިރީސް ހާހަށްވުރެ ގިނަ އައު ފޮލޯވާސް ބައިވެރިވި ކަމަށް. އޭގެ ތެރެއިން އެއްވަނައަށް ދިޔަ ފަރާތަށް ވަނީ ރާއްޖެއައުމުގެ ފުރުސަތު ދީފަ” ޝިއުރީ ވިދާޅުވިއެވެ. މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކުން މައުލޫމާތު ލިބުނު ގޮތުގައި ލިވަޕޫލް ފުޓްބޯލް ކުލަބަކީ އެންމެ އެންގޭޖްމެންޓް ގިނަ ފުޓްބޯޅަ ކުލަބު ކަމަށާއި، އޭގެތެރޭގައި މިދިޔަ އަހަރު އެއް ބިލިއަނަށްވުރެ ގިނަ އެންގޭޖްމަންޓްތައް ކުރިޔަށް ދިޔަކަމަށްވެސް ޝިއުރީ ފާހަގަ ކުރެއްވިއެވެ. ލިވަޕޫލްއެފްސީ އާއި އެކު ހަދާފައިވާ އެއްބަސްވުމުގެ ތެރެއިން މިހާރުވެސް ބައިވަރު ކަންތައް ކުރެވިއްޖެ ކަމަށް ޝިއުރީ ވިދާޅުވިއެވެ. ލިވަޕޫލްއެފްސީ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީމު ކަމަށާއި، ޗެމްޕިއަން ޓީމުގެ ފޮލޯވާސް ނުވަތަ ފޭން ބޭސް ވަރަށް ބޮޑުކަމަށް ފާހަގަކޮށް ޝިއުރީ ވިދާޅުވީ ލިވަޕޫލާއެކު ކުރިޔަށް ގެންދާ ކެމްޕޭން ވަރަށް ރަނގަޅަށް ކުރިޔަށްދާ ކަމަށެވެ.
ޝިއުރީ ވިދާޅުވީ ލިވަޕޫލަކީ ސަތޭކަ އަހަރަށްވުރެ ދުވަސްވީ ފުޓްބޯޅައިގެ ގަދަބާރެއް ކަމަށާއި، އެއީ ފުޓްބޯޅައިގެ ޕްރިމިއަމް ބްރޭންޑެއް ކަމަށެވެ. އަދި ރާއްޖެއަކީވެސް ފަތުރުވެރިކަމުގެ ޕްރިމިއަމް ބްރޭންޑެއް ކަމަށާއި، ދެ ޕްރިމިއަމް ބްރޭންޑް ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ރާއްޖެ އާއި ލިވަޕޫލް އެފްސީ އާއި ދެމެދު ވެފައިވާ ތާރީހީ އެއްބަސްވުމާއި އެކު ލިވަޕޫލްގެ ކުޅުންތެރިންނާ އޮފިޝަލުން ހިމެނޭހެން އެ ކުލަބުން ރާއްޖެ އިޝްތިހާރުކުރުމުގެ ބޮޑު ކެމްޕޭނެއް ފަށާފައިވާއިރު މި ކެމްޕޭން އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމަށް ކުރެއްވި ޒިޔާރަތެއްގައި 3 އޭފްރީލް 2025 ގައެވެ.
ލިވަޕޫލް ގެ “އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު” ގެ ގޮތުގައި ރާއްޖެ ހަމަޖެއްސީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރުދިނުމުގެ ގޮތުން، ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށްގެންދާ ކެމްޕޭނެއްގެ ދަށުންނެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
