
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މި މަހުގެ ފަހުކޮޅު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކުލަބު ވޯލްޑް ކަޕުގައި ކުޅެން ލިބުނު ފުރުސަތުތައް ދޫކޮށްލާފައިވާ ކަމަށާއި، އެ މުބާރާތުގައި ނުކުޅޭނެ ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. އުމުރުން 40 އަހަރުގެ ރޮނާލްޑޯ ކުޅެމުންދާ ސައުދި އަރަބިއްޔާގެ އަލް ނަސްރާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. ނަމަވެސް އަލް ނަސްރު ކްލަބް ވޯލްޑްކަޕަށް ކޮލިފައިވެފައިނުވާއިރު އޭނާއަށް އެހެން ކްލަބްތަކުން ވަނީ ހުށައެޅުންތަކެއް ލިބިފަ އެވެ.
ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި މިރޭ ސްޕެއިން އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނެފައިވަނީ އޭނާ މި މުބާރާތުގައި ނުކުޅޭނެ ކަމަށެވެ. “ކްލަބް ވޯލްޑްކަޕްގައި އަހަރެން ނުކުޅޭނަން. މި މުބާރާތުގައި ވާދަކުރާ ބައެއް ޓީމުތަކުން އަހަރެންނަށް ހުށައެޅުންތަކެއް ލިބިފައި އެބަހުރި. އޭގެ ތެރޭގައި ރަގަޅު ހުށައެޅުންތަކެއްވެސް އެބަހުރި ނަމަވެސް ހުރިހާ ކްލަބަކަށް ކުޅުމަކީ ކުރެވޭނެ ކަމެއް ނޫން.” ރޮނާލްޑޯ ބުންޏެވެ. މިދިޔަ މެއި މަހު ސައުދީ ލީގުގައި އަލް ނަސްރު ކުޅުނު ފަހު މެޗަށްފަހު ރޮނާލްޑޯ ވަނީ އޭނާގެ އިންސްޓަގްރާމްގައި މި ޗެޕްޓަރ ނިމުނު ކަމަށް ބުނެ ޕޯސްޓެއް ކޮށްފަ އެވެ.
ނަމަވެސް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އަލް ނަސްރު އިން ދަނީ ރޮނާލްޑޯގެ އެގްރިމެންޓް އައު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ރޮނާލްޑޯ އަލް ނަސްރު އާއި ގުޅިފައިވަނީ 2023 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހުގަ އެވެ. ރޮނާލްޑޯ ވަނީ އަލް ނަސްރަށް ކުޅުނު 111 މެޗުގައި 99 ގޯލު ޖަހާފަ އެވެ. އޭގެ ތެރެއިން ނިމިގެންދިޔަ ސީޒަނުގައި އޭނާ ވަނީ 35 ލަނޑު ޖަހާފަ އެވެ. ޕޯޗުގަލް އިން ސްޕެއިން އާއި ދެކޮޅަށް މިރޭ ނޭޝަންސް ލީގުގެ ފައިނަލަށް ނިކުންނައިރު ސެމީ ފައިނަލުގައި ޖަރުމަން އަތުން 2-1 ގެ ނަތީޖާއަކުން ޕޯޗުގަލް މޮޅުވި ލަނޑު ޖަހާފައިވަނީ ރޮނާލްޑޯ އެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
