
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސްގެ އަމާޒުތައް ހާސިލުކުރުމަށް މަސައްކަތް ކުރާނީ ޓީމެއްގެ ގޮތުގައި ކަމަށް އެމްއޯސީގެ ނައިބު ރައީސް އަހުމަދު މުންތަގިމް (މުންތޭ) ބުނެފިއެވެ. ކުރިޔަށް އޮތް ދައުރަށް ނައިބު ރައީސް ކަމަށް އިންތިހާބުވުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މުންތަގިމް ބުނީ ނައިބު ރައީސުންގެ ވަކި ޓާގެޓެއް ނޯންނާނެ ކަމަށާއި، މަސައްކަތް ކުރާނީ ޓީމެއްގެ ގޮތުގައި ކަމަށެވެ. އެމްއޯސީގެ އައު ދައުރަކަށް މުންތަގިމް އާއި އަހުމަދު އިސްމާއިލް ނައިބު ރައީސް ކަމަށް އިންތިހާބުކޮށްފައިވާއިރު ނިމިގެން ދިޔަ ދައުރުގައިވެސް ނައިބުންގެ މަގާމު ފުރީ އަހުމަދާއި މުންތަގިމްއެވެ. އެމްއޯސީގެ ނައިބު ރައީސުންގެ ފުރިހަމަ އެއްބާރުލުން ރައީސް މުހައްމަދު އަބްދުއްސަތާރު (ޗަމްޕީ) އަށް ދޭނެ ކަމަށް މުންތަގިމް ވިދާޅުވެފައިވާއިރު އަލަށް އިންތިހާބު ކުރެވުނު ހިންގާ ކޮމިޓީން މިއަހަރު އެންމެ އިސްކަންދޭނެ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވުމާއި، އޮލިމްޕިކްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރާއްޖޭގެ އިތުރު ކުޅިވަރުތައް ކޮލިފައިވޭތޯ ބެލުން ހިމެނެއެވެ.
އަދި ބައިނަލްއަގްވާމީ ބޮޑެތި މުބާރާތްތަކުން މަތީ ވަނަތައް ލިބޭ ފެންވަރަށް އެލީޓް އެތުލީޓް ޓްރޭނިންގ ޕްރޮގްރާމްތައް ހިންގާ ޓްރޭނިންތައް ވަރުގަދަ ކުރުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް ކުޅިވަރު އެސޯސިއޭޝަނަށް ދިމާވެފައިވާ މާލީ ދަތިތަކާއި ހިންގުމުގައި ހުރިކަންކަން އިސްލާހު ކުރުމަށް އެހީތެރިވެދިނުން ހިމެނެއެވެ. އެގޮތުން އެސޯސިއޭޝަންތަކުގެ އަހަރީ ރިޕޯޓް އެކުލަވާލުމާއި އޮޑިޓްކުރުންފަދަ ކަންކަމުގައި އެހީތެރިވެދިނުންވެސް ހިމެނެއެވެ. އަދި އެމްއޯސީން ހަދަން ޖެހޭ ކޮމިޓީތައް ހަދާ ކުޅިވަރު ވުޒާރާއަށް އެއްބާރުލުން ދިނުމާއި ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހަށް އެއްބާރުލުން ދިނުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމާއި، އެތުލީޓުންނަށް އެކަށީގެންވާ ތަމްރީނު ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެއެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާ ކުރުމަކީ މިދައުރުގައި އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަންތައް ކަމަށް އެމްއޯސީން ބުނެއެވެ.
2025-2029 އަށް އެމްއޯސީގެ ނައިބު ރައީސް ކަމަށް ޗެސް އެސޯސިއޭޝަންގެ ފަރާތުން ވާދަކުރި މުންތަގިމް އިންތިހާބުކޮށްފައިވަނީ 12 ވޯޓުންނެވެ. އޭނާ އާއި ވާދަކުރި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުސްތަފާ މުހައްމަދު (މުސްތޮ) އަށް 3 ވޯޓު ލިބުނު އިރު ނައިބު ރައީސް ކަމަށް އިންތިހާބުކުރި އަހުމަދަށް ލިބުނީ 15 ވޯޓެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
